މާލެ އަތޮޅުގައި ހިންގާ އިތާފުށި ރިސޯޓުން ސަރވިސް ޗާޖުގެ ގޮތުގައި އެ ރިސޯޓުގެ މުވައްޒަފުންނަށް 24 ހާހެއްހާ ރުފިޔާ މިމަހު ދީފިއެވެ.
ރިސޯޓް ވޯކާސް ގްރޫޕުން ނެރުނު ސާވިސް ޗާޖު ލިސްޓުގައިވާ ގޮތުން މިމަހު ސަރވިސް ޗާޖުގެ ގޮތުގައި އެންމެ ގިނައިން ފައިސާ ދީފައިވަނީ 600 އެއްހާ މުވައްޒަފުން މަސައްކަތްކުރާ އިތާފުށިންނެެވެ. އެއީ 1589 ޑޮލަރު ނުވަތަ 24502 ރުފިޔާއެވެ.
އިތާފުށި ރިސޯޓް ނުވަތަ ހިލްޓަންގެ ލަގްޒަރީ ހޮޓެލް ބްރޭންޑް ވޮލްޑޯފް އެސްޓޯރިއާ ރިސޯޓަކީ މެދުއިރުމަތީގެ މަހުޖަނަކާއި ހ. ސީސައިޑް މުހައްމަދު އަލީ ޖަނާހު ގުޅިގެން މާލެ އަތޮޅު ފަޅެއް ހިއްކައިގެން ތަރައްގީ ކުރި ރަށެކެވެ. އަދި މި ރިސޯޓަކީ އަބަދުވެސް ސަރވިސް ޗާޖުގެ ގޮތުގައި ބޮޑު އަދަދެއް ދޭ ރިސޯޓެއްގެ ގޮތުގައި ފާހަގަވެފައިވާ ރަށެކެވެ.
ސަރވިސް ޗާޖުގެ ގޮތުގައި އެންމެ ގިނައިން މުވައްޒަފުންނަށް ފައިސާ ދިން ރިސޯޓްތަކުގެ ތެރޭގައި ދެން ހިމެނެނީ؛
- 1204 ޑޮލަރު - ފޯސީޒަން ރިސޯޓް
- 1191 ޑޮލަރު - ވަން އެންޑް އޮންލީ ރީތިރަށް
- 1175 ޑޮލަރު - ވައްކަރު މޯލްޑިވްސް
- 1040.22 ޑޮލަރު - އަނަންތާރާ ކިހަވަށް
- 1025 ޑޮލަރު - އަންސާނާ ވެލިގަނޑު
- 952.36 ޑޮލަރު ޅ. ނިޔާމަ ޕްރައިވެޓް އައިލެންޑް
- 883 ޑޮލަރު - މާފުށިވަރު
- 764.73 ޑޮލަރު - ޕުލްމަން
- 744 ޑޮލަރު - ޖޭއޭ މަނަފަރު
- 671 ޑޮލަރު - ހޮލިޑޭއިން މޯލްޑިވްސް ކަނޑޫމާ
ރާއްޖޭގައި ސަރވިސް ޗާޖު ނުދިނުމުގެ މައްސަލައަކީ މީގެކުރިން ބޮޑު މައްސަލައަކަށް ވެފައިވާ ކަމަކަށްވާއިރު، އެކަމާއި ގުޅޭ ޤާނޫނުތައް ވަނީ ހަރުދަނާކޮށް، މުވައްޒަފުންނަށް ސަރވިސް ޗާޖު ލިބޭނެކަން ޔަގީންކޮށްދީފައެވެ. އެގޮތުން ވަޒީފާއާ ބެހޭ ޤާނޫނަށް އިސްލާހު ގެނެސް، ސަރވިސް ޗާޖު ދިނުން ވަނީ ލާޒިމްކޮށްފައެވެ. އަދި ރާއްޖޭގައި އެންމެ ކުޑަ އުުޖޫރަ ކަނޑައަޅާއިރު ސަރވިސް ޗާޖު ނުހިމަނަން ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު