ކޯވިޑްގެ އައު ވޭރިއަންޓާއި ގުޅޭގޮތުން އަޅާނެ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި ގުޅޭގޮތުން ގޮތެއް ނިންމުމަށް މިއަދު ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުން ބައްދަލުވުމެއް ބާއްވާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
ކޯވިޑުގެ ނުރައްކާތެރި އައު ވޭރިއަންޓެއް ފެނުނުކަން ދުނިޔޭގެ ސިއްޙަތު ޖަމީއްޔާއަށް އަންގާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އަދި މި ވޭރިއަންޓަކީ ކަންބޮޑުވާންޖެހޭ އެއްޗެއްގެ ގޮތުގައި ބެލުމަށް އެ ޖަމިއްޔާއިން ވަނީ އަންގާފައެވެ.
ރައީސް ސާލިހު މިއަދު ވިދާޅުވީ ކޯވިޑްގެ އައު ވޭރިއަންޓަކީ ކަންބޮޑުވުމެއްކަމަށެވެ. އަދި މިކަމާއި ގުޅޭގޮތުން އަޅާނެ ފިޔަވަޅެއް ނިންމެވުމަށް މިއަދުގެ ވަގުތެއްގައި ކޯވިޑްގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުގެ ބައްދަލުވުމެއް ބާއްވާނެކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރާއްޖޭގައި މިހާރުވެސް 50 އަހަރުން މަތީގެ މީހުންނަށް ކޯވިޑްގެ ބޫސްޓަރ ޑޯޒް ދެމުން އަންނަކަމަށެވެ. އަދި މި ހަފްތާއިން ފެށިގެން ސިއްހީ ހިދުމަތްދޭ ފަރާތްތަކާއި އެއަރޕޯޓްގެ ފްރަންޓްލައިންގައި ހަރަކާތްތެރިވާ ފަރާތްތަކަށް ކޯވިޑްގެ ބޫސްޓަރ ޑޯޒްދޭން ފަށާނެކަމަށެވެ. މީގެއިތުރުން އަންނަމަހުގެ މެދު ތެރެއިން ފެށިގެން އާއްމުންނަށްވެސް ކޯވިޑްގެ 3 ވަނަ ޑޯޒް ދިނުމަށް ނިންމާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
ދެކުނު އެފްރިކާއިން ކޯވިޑްގެ އައު ވޭރިއަންޓް ފެނުނުކަން އިއުލާން ކުރުމާއެކު ބައެއް ޤައުމުތަކުން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައެވެ. އެގޮތުން އެފްރިކާގެ ދެކުނުގެ ސަރަޙައްދުތަކުން އަންނަ މީހުން އެތެރެވުން ވަނީ މަނާކޮށްފައެވެ.

News of a new Covid variant, Omicron is of great concern to us. The Technical Advisory Group is meeting today to decide on possible precautionary measures.
— Ibrahim Mohamed Solih (@ibusolih) November 27, 2021
ރައީސް ވިދާޅުވީ ރާއްޖޭގައި މިހާރުވެސް 50 އަހަރުން މަތީގެ މީހުންނަށް ކޯވިޑްގެ ބޫސްޓަރ ޑޯޒް ދެމުން އަންނަކަމަށެވެ. އަދި މި ހަފްތާއިން ފެށިގެން ސިއްހީ ހިދުމަތްދޭ ފަރާތްތަކާއި އެއަރޕޯޓްގެ ފްރަންޓްލައިންގައި ހަރަކާތްތެރިވާ ފަރާތްތަކަށް ކޯވިޑްގެ ބޫސްޓަރ ޑޯޒްދޭން ފަށާނެކަމަށެވެ. މީގެއިތުރުން އަންނަމަހުގެ މެދު ތެރެއިން ފެށިގެން އާއްމުންނަށްވެސް ކޯވިޑްގެ 3 ވަނަ ޑޯޒް ދިނުމަށް ނިންމާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
We’re presently giving booster vaccine shots to ages 50+. Booster shots for healthcare, tourism and airport frontline staff will start this week. Booster program for the general population will commence in mid December. I urge those eligible to get their booster shots ASAP.
— Ibrahim Mohamed Solih (@ibusolih) November 27, 2021
ދެކުނު އެފްރިކާއިން ކޯވިޑްގެ އައު ވޭރިއަންޓް ފެނުނުކަން އިއުލާން ކުރުމާއެކު ބައެއް ޤައުމުތަކުން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައެވެ. އެގޮތުން އެފްރިކާގެ ދެކުނުގެ ސަރަޙައްދުތަކުން އަންނަ މީހުން އެތެރެވުން ވަނީ މަނާކޮށްފައެވެ.
ކިޔުންތެރިންގެ ހިޔާލު