ޖުމްހޫރީ ޕާޓީގެ އަންހެން ކަނބަލުން އިސްނަގައިގެން ޕާޓީއަށް މެމްބަރުން އިތުރުކުރުމަށް ކުރާ މަސަައްކަތުގެ ސަބަބުން އެޕާޓީގެ ކުރިމަގު ވަރަށް އުޖާލާ ކަމަށް އެ ޕާޓީގެ ކައުންސިލް މެންބަރު އަދި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.
ޖުމުހޫރީ ޕާޓީއަށް މެންބަރުން އިތުރުކުރުމަށްޓަކައި ޕާޓީގެ އަންހެނުންގެ ގޮފިން އިސްނަގައިގެން އަތޮޅުތެރޭގެ ރަށްތަކަށް މިހާރު ވަނީ ދަތުރުތަކެއް ފަށާފައެވެ. އެގޮތުން އެންމެ ފަހުން އެޕާޓީން ދަތުރުކޮށްފައިވަނީ ފ. ނިލަންދޫއަށެވެ. އެ ދަތުރުގައި އިސްކޮށް ހުންނެވީ ޖުމުހޫރީ ޕާޓީގެ ކައުންސިލް މެމްބަރު އަދި ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ އެެވެ.
އެ ދަތުރާ ބެހޭގޮތުން ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އަނބިކަބަލުން އާއިޝަތު ނަހުލާ ވިދާޅުވީ ޖުމްހޫރީ ޕާޓީއަށް މެންބަރުން އިތުރުކުރުމަށް ޕާޓީގެ އަންހެން މެންބަރުން އިސްނަގައިގެން ކުރަމުން އަންނަ މަސައްކަތަކީ މުހިންމު މަސައްކަތެއް ކަމަށެވެ. ޖުމްހޫރީ ޕާޓީގެ އަންހެން ކަނބަލުން އިސްނަގައިގެން ކުރަމުން އަންނަ ދަތުރުތަކަކީ ވަރަށް މުހިންމު ދަތުރުތަކެއް ކަމަށާއި، އެ ދަތުރުތަކުގެ ސަބަބުން ޖުމުހޫރީ ޕާޓީގެ ކުރިމަގަށް ވަރަށް ބޮޑު ކާމިޔާބީއެއް ލިބޭނެ ކަމަށް އެކަމަނާ ވިދާޅުވިއެވެ.
ނަހުލާ ވިދާޅުވީ އެޕާޓީގެ ދަތުރުތަކުން ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ލޯބި ކުރާ އެތައް ބަޔަކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބިކަން ހާމަވެފައިވާ ކަމަށެވެ. އެހެންކަމުން ޖޭޕީން ކުރަމުން އަންނަ ދަތުރުތައް އިތުރުކުރަން ޖެހޭ ކަމަށް ނަހުލާ ވިދާޅުވިއެވެ. ނަހުލާ އިތުރަށް ވިދާޅުވީ ނިލަންދޫއަށް އެޕާޓީން ކުރި ދަތުރަކީ ވެސް ކާމިޔާބު ދަތުރެެއް ކަމަށެވެ.
"ޖުމުހޫރީ ޕާޓީގެ ކަނބަލުން އިސްނަގައިގެން ކުރާ މި ދަތުރު ކުރިމަގުގައި އިރާދަކުރެއްވިޔާ ނުހުއްޓާ ކުރިއަށް ގެންދާނެ ކަމަށް ޔަގީން ކުރަން. ނިލަންދޫއަށް ކުރި ދަތުރުގެ ކާމިޔާބީއަށް ބަަލާއިރު މިރަށުގެ އަޅުގަނޑު ދަންނަވާނީ އެންމެ އިސްކޮށް އުޅުއްވާ ހުރިހާ ބޭފުޅުން ޖުމުހޫރީ ޕާޓީއާއި ގުޅިގެން އެދިޔައީ އެކަމަށްޓަކައި އެ ހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވަން." ނަހުލާ ވިދާޅުވިއެވެ.
ޖޭޕީގެ ކަނބަލުން އިސްނަގައިގެން ކުރަމުން އަންނަ މަސައްކަތްތަކަށް އަމިއްލަ ނަމުގައި އަދި ޖޭޕީ ލީޑަރު ގާސިމް އިބްރާހިމްގެ ނަމުގައި ނަހުލާ ވަނީ ޝުކުރު އަދާކުރައްވާފައެވެ.
މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމްގެ ޖުމްހޫރީ ޕާޓީއަކީ ރާއްޖޭގައި ތިންވަނައަށް އެންމެ މެންބަރުން ގިނަ ޕާޓީ ކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު