ސައުތު އެފްރިކާގެ ގައުމުތަކުން ރާއްޖެ އައުން ދިވެހި ސަރުކާރުން މަނާކޮށްފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކުރި އިއުލާނެއްގައި ބުނެފައިވަނީ ސައުތު އެފްރިކާ އަދި އެ ސަރަހައްދުގެ ބައެއް އެހެނިހެން ގައުމުތަކުން ފެނިފައިވާ ސާސްކޯވީ-2 ވައިރަސްގެ "އޮމިކްރޯން" ވޭރިއެންޓާ ގުޅިގެން އާންމު ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަމަށްޓަކައި މިރޭ 00:00 އިން ފެށިގެން ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާ ކަމަށެވެ.
އެ ގޮތުން ސައުތު އެފްރިކާ އާއި ނެމީބިއާ އާއި މޮޒަންބީކް އާއި ލެސޯތޯ އާއި ބޮޓްސްވާނާ އާއި ޒިންބާބްވޭގެ އިތުރުން އެސްވަޓީނީން ދިވެހިރާއްޖެއަށް މީހުން އެތެރެވުން މަނާކުރަން ނިންމާފައިވާ ކަމަށް އެ އިއުލާނުގައި ބުނެފައިވެއެވެ. މީގެތެރޭގައި ދިވެހީންނާއި ވޯކްޕާމިޓްގައި އަންނަ މީހުން ނުހިމެނެއެވެ. އަދި ރާއްޖެ އައުމުގެ 14 ދުވަސް ކުރީން މި ގައުމުތަކުގައި އުޅެފައިވާ މީހުންނާއި 12 ގަޑިއިރަށްވުރެ އިތުރަށް އެ ގައުމުގައި ޓްރާންސިޓްވެފައިވާ މީހުންނަށްވެސް ރާއްޖެ ނާދެވޭނެ ކަމަށް އެޗްޕީއޭއިން ނެރުނު އިއުލާނުގައިވެއެވެ.
އެ ގައުމުތަކުން ރާއްޖެ އަންނަ ދިވެހިންނާއި ވާކްވިސާގައި އަންނަ މީހުން 14 ދުވަސް ވަންދެން ކަރަންޓީންވެސް ވާން ޖެހޭއިރު އެ މީހުން ކަރަންޓީނުން ވީއްލޭނީ 14 ދުވަހަށްފަހު ހަދާ ޓެސްޓް ނެގެޓިވްވުމުން ކަމަށް އެޗްޕީއޭއިން ބުނެ އެވެ.
އެޗްޕީއޭ އިން ބުނީ އެ ގައުމުތަކުން ރާއްޖެ އަންނަން މިވަގުތު ދަތުރުފަށާފައިވާ މީހުންނަށް ރާއްޖެ އެތެރެވޭނީވެސް އިތުރު ޕީސީއާރު ޓެސްޓެއް ހަދައިގެން ކަމަށެވެ. އަދި 14 ދުވަހަށްވުރެ އިތުރަށް ރާއްޖޭގައި ތިބޭ މީހުން 14 ދުވަސްވުމުން އިތުރު ޓެސްޓެއް ހަދަން ޖެހޭނެ ކަމަށް އެޗްޕީއޭއިން މައުލޫމާތުދެއެވެ.
އެޗްޕީއޭގެ އިއުލާނުގައި ވަނީ މި އެންގުން ތަންފީޒު ކުރުމަށް ކަމާގުޅޭ ސަރުކާރުގެ އިދާރާތަކަށް އަންގާފައެވެ.
އޮމްކްރޯން ވޭރިއަންޓަކީ ފަސޭހައިން ފެތުރޭ ވައްތަރެއް ކަަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯއިންވެސް އިއްޔެ ކަނޑައަޅައި އެކަން ވަނީ އިއުލާންކޮށްފައެވެ.
ދުނިޔޭގައި ކޮވިޑް ފެތުރެން ފެށި ފަހުން ދޭތެރެ ދޭތެރެއިން އާ ވައްތަރުތައް ފެންނަމުންދާއިރު އެންމެ ފަހުން އެންމެ ބޮޑަށް ފެތުރިގެން ދިޔައީ ކޮވިޑްގެ ޑެލްޓާ ވޭރިއަންޓެވެ.

ކިޔުންތެރިންގެ ހިޔާލު