އަތޮޅު ތެރޭގެ 12 ރަށެއްގެ ސްކޫލަށް ޕްރިންސިޕަލުން ހޯދަން އެޑިއުކޭޝަން މިނިސްޓްރީން މިއަދު އިއުލާނުކޮށްފިއެެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިއަދު ކުރި އިއުލާންގައި ބުނެފައިވަނީ ހއ. އަތޮޅުގެ ތިން ރަށަކާއި ށ. އަތޮޅު ރަށަކާއި، ހދ. އަތޮޅު ތިން ރަށަކާއި، ރ އަތޮޅުގެ ރަށަކާއި، ގއ. އަތޮޅުގެ ރަށަކާއި، ވާދޫ އަދި މ އަތޮޅާއި ނ އަތޮޅުގެ ރަށަކަށް ޕްރިންސިޕަލުން ބޭނުންވާ ކަމަށެވެ.
އެ އިއުލާނުގައި ބުނީ މުސާރަ ކަނޑައެޅޭނީ ލިބިފައިވާ ސަނަދަށް ބެލުމަށް ފަހުގައި ކަމަށެވެ. އެގޮތުން އެލަވެންސް ނުލައި، އެންމެ ދަށް މުސާރައިގެ ގޮތުގައި 8795 ރުފިޔާ ލިބޭނެ ކަމަށް އިއުލާނުގައި ބުނެފައިވެއެވެ. އަދި އެންމެ ބޮޑު މުސާރައިގެ ގޮތުގައި އެލަވެންސް ނުލައި 18،000 ރުފިޔާގެ މުސާރައެއް ލިބޭނެ ކަމަށް އެޑިއުކޭޝަނުން ބުނެފައި ވެއެެވެ.
ރާއްޖޭގެ 12 ސްކޫލަކަށް ޕްރިންސިލުން ހޯދަން އިއުލާނުކޮށްފަ މިވަނީ ޕްރިންސިޕަލް ކަމުގެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ފަރާތްތަކަށް ފުލް ފަންޑެޑް ސްކޮލާޝިޕްގެ ފުރުސަތު އެޑިއުކޭޝަން މިނިސްޓްރީން ހުޅުވާލާފައިވާ ދަނޑިވަޅެއްގައެވެ. ރާއްޖޭގެ ރަށްތަކުގައި ޕްރިންސިޕަލުން ލިބުމުގެ ދަތިކަން ވަނީ ވަރަށް ބޮޑަށް ކުރިމަތިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު