ކޯވިޑްގެ އައު ވޭރިއަންޓް، އޮމިކްރޯންއިން ރައްކާތެރިވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު އެޅުއްވި ފިޔަވަޅުތަަކަށް ޓުއަރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް ތައުރީފު ކުރަށްވައި އެނިންމުން ބަލައިގަންނަކަން ހާމަކުރަށްވައިފި އެވެ.
މިނިސްޓަރ މައުސޫމް މިހެން ވިދާޅުވެފައި މިވަނީ ކޯވިޑްގެ އައު ވޭރިއަންޓް، އޮމިކްރޯންއިން ރައްކާތެރިވުމަށް ސަރުކާރުން ބައެއް ފިޔަވަތައް ހަރުކަށިކުރުމާއި ގުޅިގެންނެވެ.
މިގޮތުން ބައެއް ސަރަހައްދުތަކުން ރާއްޖެއަށް މީހުން ދަތުރުކުރުން މަނާކުރުމާއި އިތުރު ފަރާތްތަކަށް ކޯވިޑް ބޫސްޓަރ ޑޯޒް ދިނުން ހިމެނެއެވެ.
މިނިސްޓަރ މައުސޫން މިކަމާއި ގުޅޭގޮތުން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޯވިޑްގެ ހާލަތުގައި ފްރަންޓްލައިންގައި މަސައްކަތްކުރާ ފަތުރުވެރިކަމުގެ ދާއިރާގެ މުވައްޒަފުންނަށް ބޫސްޓަރ ޑޯޒް ދިނުމަށް ނިންމެވުމަކީ ފުރިހަމަ ނިންމެވުމެއްކަމަށެވެ.
ކޯވިޑުގެ ނުރައްކާތެރި އައު ވޭރިއަންޓެއް ފެނުނުކަން ދުނިޔޭގެ ސިއްޙަތު ޖަމީއްޔާއަށް އަންގާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އަދި މި ވޭރިއަންޓަކީ ކަންބޮޑުވާންޖެހޭ އެއްޗެއްގެ ގޮތުގައި ބެލުމަށް އެ ޖަމިއްޔާއިން ވަނީ އަންގާފައެވެ.
ރައީސް ސާލިހު އިއްޔެ ވިދާޅުވީ ރާއްޖޭގައި މިހާރުވެސް 50 އަހަރުން މަތީގެ މީހުންނަށް ކޯވިޑްގެ ބޫސްޓަރ ޑޯޒް ދެމުން އަންނަކަމަށެވެ. އަދި މި ހަފްތާއިން ފެށިގެން ސިއްހީ ހިދުމަތްދޭ ފަރާތްތަކާއި އެއަރޕޯޓްގެ ފްރަންޓްލައިންގައި ހަރަކާތްތެރިވާ ފަރާތްތަކަށް ކޯވިޑްގެ ބޫސްޓަރ ޑޯޒްދޭން ފަށާނެކަމަށެވެ. މީގެއިތުރުން އަންނަމަހުގެ މެދު ތެރެއިން ފެށިގެން އާއްމުންނަށްވެސް ކޯވިޑްގެ 3 ވަނަ ޑޯޒް ދިނުމަށް ނިންމާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކުރި އިއުލާނެއްގައި ބުނެފައިވަނީ ސައުތު އެފްރިކާ އަދި އެ ސަރަހައްދުގެ ބައެއް އެހެނިހެން ގައުމުތަކުން ފެނިފައިވާ ސާސްކޯވީ-2 ވައިރަސްގެ "އޮމިކްރޯން" ވޭރިއެންޓާ ގުޅިގެން އާންމު ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަމަށްޓަކައި ރޭ 00:00 އިން ފެށިގެން ފިޔަވަޅުތަކެއް އެޅުމަށްވެސް ނިންމާފައިވާ ކަމަށެވެ. އެ ގޮތުން ސައުތު އެފްރިކާ އާއި ނެމީބިއާ އާއި މޮޒަންބީކް އާއި ލެސޯތޯ އާއި ބޮޓްސްވާނާ އާއި ޒިންބާބްވޭގެ އިތުރުން އެސްވަޓީނީން ދިވެހިރާއްޖެއަށް މީހުން އެތެރެވުން މަނާކުރަން ނިންމާފައިވާ ކަމަށް އެ އިއުލާނުގައި ބުނެފައިވެއެވެ. މީގެތެރޭގައި ދިވެހީންނާއި ވޯކްޕާމިޓްގައި އަންނަ މީހުން ނުހިމެނެއެވެ. އަދި ރާއްޖެ އައުމުގެ 14 ދުވަސް ކުރީން މި ގައުމުތަކުގައި އުޅެފައިވާ މީހުންނާއި 12 ގަޑިއިރަށްވުރެ އިތުރަށް އެ ގައުމުގައި ޓްރާންސިޓްވެފައިވާ މީހުންނަށްވެސް ރާއްޖެ ނާދެވޭނެ ކަމަށް އެޗްޕީއޭއިން ނެރުނު އިއުލާނުގައިވެއެވެ.

Appreciate HEP @ibusolih's decision to place tourism sector employees at the forefront of Covid Vaccine Booster jab.#TogetherWeCan https://t.co/3d9YHBnu2N
— Abdulla Mausoom (@Mausoom_Maus) November 27, 2021
ކޯވިޑުގެ ނުރައްކާތެރި އައު ވޭރިއަންޓެއް ފެނުނުކަން ދުނިޔޭގެ ސިއްޙަތު ޖަމީއްޔާއަށް އަންގާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އަދި މި ވޭރިއަންޓަކީ ކަންބޮޑުވާންޖެހޭ އެއްޗެއްގެ ގޮތުގައި ބެލުމަށް އެ ޖަމިއްޔާއިން ވަނީ އަންގާފައެވެ.
ރައީސް ސާލިހު އިއްޔެ ވިދާޅުވީ ރާއްޖޭގައި މިހާރުވެސް 50 އަހަރުން މަތީގެ މީހުންނަށް ކޯވިޑްގެ ބޫސްޓަރ ޑޯޒް ދެމުން އަންނަކަމަށެވެ. އަދި މި ހަފްތާއިން ފެށިގެން ސިއްހީ ހިދުމަތްދޭ ފަރާތްތަކާއި އެއަރޕޯޓްގެ ފްރަންޓްލައިންގައި ހަރަކާތްތެރިވާ ފަރާތްތަކަށް ކޯވިޑްގެ ބޫސްޓަރ ޑޯޒްދޭން ފަށާނެކަމަށެވެ. މީގެއިތުރުން އަންނަމަހުގެ މެދު ތެރެއިން ފެށިގެން އާއްމުންނަށްވެސް ކޯވިޑްގެ 3 ވަނަ ޑޯޒް ދިނުމަށް ނިންމާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކުރި އިއުލާނެއްގައި ބުނެފައިވަނީ ސައުތު އެފްރިކާ އަދި އެ ސަރަހައްދުގެ ބައެއް އެހެނިހެން ގައުމުތަކުން ފެނިފައިވާ ސާސްކޯވީ-2 ވައިރަސްގެ "އޮމިކްރޯން" ވޭރިއެންޓާ ގުޅިގެން އާންމު ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަމަށްޓަކައި ރޭ 00:00 އިން ފެށިގެން ފިޔަވަޅުތަކެއް އެޅުމަށްވެސް ނިންމާފައިވާ ކަމަށެވެ. އެ ގޮތުން ސައުތު އެފްރިކާ އާއި ނެމީބިއާ އާއި މޮޒަންބީކް އާއި ލެސޯތޯ އާއި ބޮޓްސްވާނާ އާއި ޒިންބާބްވޭގެ އިތުރުން އެސްވަޓީނީން ދިވެހިރާއްޖެއަށް މީހުން އެތެރެވުން މަނާކުރަން ނިންމާފައިވާ ކަމަށް އެ އިއުލާނުގައި ބުނެފައިވެއެވެ. މީގެތެރޭގައި ދިވެހީންނާއި ވޯކްޕާމިޓްގައި އަންނަ މީހުން ނުހިމެނެއެވެ. އަދި ރާއްޖެ އައުމުގެ 14 ދުވަސް ކުރީން މި ގައުމުތަކުގައި އުޅެފައިވާ މީހުންނާއި 12 ގަޑިއިރަށްވުރެ އިތުރަށް އެ ގައުމުގައި ޓްރާންސިޓްވެފައިވާ މީހުންނަށްވެސް ރާއްޖެ ނާދެވޭނެ ކަމަށް އެޗްޕީއޭއިން ނެރުނު އިއުލާނުގައިވެއެވެ.
ކިޔުންތެރިންގެ ހިޔާލު