ސްޓެލްކޯގެ އިންޖީނުގޭގެ ދުންހޮޅިތައް އުސްކުުރުމުގެ ޢަމަލީ މަސައްކަތް އަންނަ އަހަރު ފެށުމަށް ނިންމާފައިވާކަމަށް އެކުންފުނިން ބުނެފިއެވެ.
ސްޓެލްކޯ އިންޖީނުތަކުން އަރާދުމުގެ ސަބަބުން އެ ސަަރަހައްދުގައި ދިރިއުޅޭ މީހުންނަށް ލިބޭ ގެއްލުން ކުޑަކުރުމުގެ ގޮތުން އިންޖީނުގޭގެ ދުން ހޮޅިތައް އުސްކުރަން އަންގަން ރައްޔިތުންގެ މަޖިލީހުން މިިދިޔަ އޮކްޓޫބަރުމަހުގެ ތެރޭގައި ވަނީ ފާސްކޮށްފައެވެ.
ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހަސަން މުޣުނީ ވިދާޅުވީ ސްޓެލްކޯގެ އިންޖީނުގޭގެ ދުން ހޮޅިތަކުން އަރާ ދުމާއި ވަހުގެ ސަބަބުން އެ ސަރަޙައްދުގައި ދިރިއުޅޭ މީހުންނަށް އުނދަގޫވުމަކީ އަލަށް ދިމާވެފައިވާ މައްސަލައެއް ނޫންކަމަށެވެ. އަދި މިހާތަނަށް މިކަން ހައްލުކުރަން މަސައްކަތް ނުކޮށް އޮތްނަމަވެސް މިހާރު މައްސަލަ ހައްލުކުރުމަށް މަސައްކަތް ފަށާފައިވާކަމަށެވެ. މުޣުނީ ވިދާޅުވީ އިންޖީނުގޭގެ ދުން ހޮޅިތައް އުސްކުރުމުގެ ޢަމަލީ މަސައްކަތް އަންނަ އަހަރު ފަށައި އެއަހަރުގެ ތެރޭގައި ނިންމާލުމަށް އަމާޒު ހިފާފައިވާކަމަށެވެ.
ސްޓެލްކޯގެ އިންޖީނުތަކުން ބޭރުވާ، ދުމާއި ވަހުގެ ސަބަބުން އެސަރަޙައްދުގައި ދިރިއުޅޭ މީހުންނަށް އުދަގޫތަކާ ކުރިމަތިވާތީ މިމައްސަލަ މަޖިލީހަށް ހުށަހަޅައި މިމައްސަލައިގެ ރިޕޯޓް އޮކްޓޫބަރު މަހު ފާސްކުރިއެވެ. މަޖިލީހުގެ ސްޓޭޓް އޯން އެންޓްޕްރައިސްއާއި އެންވަޔަރަންމަންޓް ކޮމިޓީ ގުޅިގެން އުފެއްދި ސަބް ކޮމިޓީއަކުން ބެލުމަށްފަހު އެކުލަވާލި ރިޕޯޓްގައި 7 ކަމެއް ކުރަން ސްޓެލްކޯއަށް އަންގަން ހުށަހަޅާފައިވެއެވެ.
މިގޮތުން ބެކަޕް ޖަނަރޭޓަރުތައް ސައުންޑް ޕްރޫފް ކުރުމާއި ވައިބްރޭޝަން ކޮންޓްރޯލް ކުރުމަށް ފިޔަވަޅު އެޅުމާއެކު ދުންހޮޅިތައް އުސްކުރުމާއި، ބެކަޕް ޖަނަރޭޓަރުތައް އަޕްގްރޭޑް ކުރާނެ ގޮތުގެ ޕްލޭނެއް 45 ދުވަހުގެ ތެރޭގައި އެކުލަވާލުން ހިމެނެއެވެ.
ސްޓެލްކޯއިން މިހާރު ވަނީ ގްރޭޓަރ މާލެ ނުވަތަ މާލެ ސަރަހައްދުގެ ކަރަންޓުގެ ހަކަތަ އެއް ވިއުގައަކުން ގުޅާލުމަށް ހިންގާ މަޝްރޫޢުގެ ދަށުން ހުޅުމާލޭގައި ތަރައްގީކުރާ އިންޖީނުގެއާއި މާލޭގެ ކަރަންޓު ވިއުގައާއި ގުޅާލުމުގެ މަސައްކަތް ވެސް ފަށާފައެވެ. އެކުންފުނިން ބުނީ މި މަޝްރޫޢު ނިމުމުން މާލެއަށް ދިމާވެފައިވާ ދުމުގެ މައްސަލައަށް ވެސް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު