21 ވަނަ އެޕިސޯޑް
==========
އެހެން ކުދިންނާ ޚިލާފަށް އެރޭގެ ޙާދިޘާއަށްފަހު، ހަމަވިސްނުން ސިކުނޑިއަށް ވެރިވުމާއެކު، ޢައިޝާއަށް ރޮއިގަނެވުނެވެ. ކުރެވުނު ކަންތަކާމެދު ނާއިލަށްވެސް ވިސްނުނީ ޢައިޝާ ރޯން ފެށީމައެވެ.
[ޢައިޝާ....އަހަންނަށް މަޢާފްކުރޭ...ދެން މިއަށް އަހަރެން ކިޔާނީ ކީކޭތަ...މިއީ އެކްސިޑެންޓެއް. އަހަރެން ޤަޞްދުގައި ކުރި ކަމެއް ނޫން. ކުރެވުނު ކަންތަކާމެދު އަހަރެން ވަރަށް ދެރަވެއްޖެ.] އޭރުވެސް ޢައިޝާ ރޮނީއެވެ.
[ނާއިލް.....އަހަރެން ކިހިނެއްތަ ހަދާނީ. މިރޭ މިހިނގާދިޔަ ޙާދިޘާއަކީ...އާދައިގެ ކަމެއް ނޫނޭ...އެކަމުގެ ސަބަބުން ކިތަންމެ ބޮޑު ލައްގަނޑެއްވެސް އަހަރެންގެ ދިރިއުޅުމުގައި ޖެހިގެން ހިނގައިދާނެ. އެފަދަ ގޮތެއް މެދުވެރިވެއްޖެއްޔާ އަހަންނަށް އެއްވެސް މީހަކާ ކުރިމަތިލާކަށް ނުކެރޭނެ...ނާއިލް....] ޢައިޝާ ރޮއިރޮއިފައި ވާހަކަ ދައްކަމުން ދިޔައެވެ.
[ދެން ނުރޮއި ހުއްޓާލާ ޢައިޝާ. އިރާދަކުރެއްވިއްޔާ ޢައިޝާއަކަށް އެފަދަ ގޮތެއް މެދުވެރިއެއްނުވާނެ. އަހަރެން ދެންދަނީ.....] ނާއިލް ގަމީސް ލުމަށްފަހު އެކޮޓަރިން ނުކުމެއްޖެއެވެ.
ނާއިލް ނުކުތުމާއެކު، ޢައިޝާ އޭނާގެ ދެލޯ ފުހެލުމަށްފަހު އަނގައަށް ވައްތަރެއް ޖައްސާލަމުން ހިނިތުންވެލިއެވެ. އެރޭގެ ޙާދިޘާއަކީ އޭނާއަށް ލިބުނު ކާމިޔާބެއް ކަމަށް އޭނާ ދުށްޓެވެ.
އެއީ ޙަޤީޤަތް ކަމަށްވުމަކީވެސް ދުރު ކަމެއް ނޫނެވެ. އެހިނގާދިޔަ ކަންތަކުގެ ސަބަބުން ނޫނީ އެބީހުންތަކުގެ ސަބަބުން ނާއިލަށްވެސް އޭނާއާމެދު ވިސްނަންޖެހުމަކީ ނުވާނޭ ކަމަކަށްވުރެން ވުން ކައިރި ކަމެކެވެ. ޢައިޝާގެ ހިތްހަމަޖެހުމަކީ އެއީއެވެ.
އެރެއަށްފަހު ޒޭނާ، އޭނާގެ ފޯނު އޮފް ކުރިގޮތަށް އެފޯނެއް ނުހުޅުވައެވެ. ވެދާނެއެވެ. ނާއިލާ ގުޅުންވެސް އަދި ނާއިލް ލައްވާ އޭނާއަށް ގުޅުވަންވެސް އޭނާ ބޭނުން ނުވަނީއެވެ.
ނާއިލް ޒޭނާ އުޅޭ އެޕާޓްމަންޓަށް ދިޔައީ ޒޭނާއަށް ގުޅަން ކުރި މަސައްކަތް ކާމިޔާބު ނުވީމައެވެ. އޭނާ ދިޔައިރު ޒޭނާ އުޅެނީ ފާޚާނާގައެވެ.
[ކޮބާ ޒޭނާ....ޒޭނާގެ ފޯނަށް ކިހިނެއް ހަދައިގެންތަ އުޅެނީ؟] ނާއިލް ވާހަކަ ދެއްކީ ޒޭނާގެ މަންމަ ޒާހިދާއާއެވެ.
[ދެންމެ ފެންވަރަން ވަނީ، ރޭގައިވެސް އެތައްއިރެއް ވަންދެން ނާއިލްގެ އިންތިޒާރުގައި ހުރެފައި، ނުވެސް ކައި އޮވެ ނިދީވެސް. ރޭގެ ދަންގަޑިއެއްގައިވެސް ނާއިލަށް ގުޅޭތޯ މަސައްކަތް ކުރިތަން ފެނުނު. އޭގެފަހުންކަންނޭނގެ ފޯން އޮފްކޮށްލީ.] ޒާހިދާ ބުންޏެވެ. އެދުވަހު ނާއިލް އެގޭގައި ހުންނަތާ އެތައްއިރެއްވީއިރުވެސް ޒޭނާ ކޮޓަރިއަކުން ނުނިކުތެވެ. އެންމެފަހުން ނާއިލް، އޭނާގެ ބައްޕަ އިލްޔާސް ގުޅާފައި ވަރަށް އަވަހަށް އައިސްބަލާށޭ ބުނީމާ ދިޔައީއެވެ.
ޙަޤީޤަތުގައި މިހާރު ނާއިލާ ކުރިމަތިލާން ޒޭނާ ބޭނުން ނުވަނީއެވެ. ނާއިލާ ބައްދަލުވެއްޖެއްޔާ ޝަކުވާކުރަން ކިތަންމެ ބޭނުންނުވިޔަސް، އޭނާއަށް ޝަކުވާ ކުރެވޭނެއެވެ.
ނާއިލް އެހެން އަންހެނަކާއެކު އެކަހެރިކޮށް އެންމެ ހިނދުކޮޅެއްވެސް ހޭދަކުރުމަކީ އޭނާއަށް ރުހެވޭނޭ ކަމެއް ނޫނެވެ. ނާއިލްދެކެ އޭނާ އިންތިހާއަށް ލޯބިވެއެވެ. ނާއިލްގެ ލޯތްބާނުލާ އޭނާގެ ޙަޔާތުގައި އަލިކަމެއް ނުވާފަދައެވެ.
އޭނާ ދެކޭގޮތުގައި ނާއިލަކީ އޭނާގެ ޙަޔާތަށް އަލިކަން ގެނެސްދޭނޭ ބައްތިއެވެ. އެބައްތި ނިވިއްޖެނަމަ، އެބައްތީގެ ހުޅުކޮޅު ކަނިވެއްޖެނަމަ، އޭނާގެ ޙަޔާތަށް ކަނުއަނދިރިކަން ވެރިވެ، އޭނާ ދިރިއުޅުން މަތިން ފޫހިވާނެއެވެ.
އޭނާ ނާއިލްދެކެވަނީ ތެދުވެރި ލޯތްބެކެވެ. އެލޯތްބަކީ ފަސޭހައިން ފުހެވިގެންދާނޭ، އެހަނދާންތަކާ ދުރަށް ދެވިދާނޭފަދަ ލޯތްބެއް ނޫނެވެ.
[ނާއިލް އެދިޔައީ އެތައްއިރެއް ވަންދެން ހުރެފައި. ދަރިފުޅު ކީއްވެތަ ނުނުކުތީ. އެތައްފަހަރަކު ގޮވަންވެސް ގޮވި. ދަރިފުޅަށް އަޑުނީވުނީތަ؟] ޒޭނާ ކޮޓަރިން ނުކުތީމާ އޭނާގެ މަންމަ ޒާހިދާ ވާހަކަ ދެއްކިއެވެ.
[ގޮވިއަޑުވެސް އިވުނު. އެވަގުތު ނުކުންނަހިތްނުވީ. އަހަރެން ހުރީ ފާޚާނާއަކުވެސް ނޫން. އެހާވަރުން ބައްދަލުކުރަން އުޅެންޏާ އަދިވެސް އަންނާނެއެއްނު.] ޒޭނާގެ ވާހަކައިން ކޮންމެވެސް ކަމަކާ ހިތްހަމަނުޖެހިފައި ހުރިކަން ޒާހިދާއަށް އެނގުނެވެ.
[ދަރިފުޅާ.....ދަރިފުޅު ކުޑައިރު އަބަދުވެސް ބުނާނެ ދަރިފުޅުގެ މަންމައަކީވެސް އަދި ގާތް ރަޙްމަތްތެރިއަކީވެސް މިއީއޭ. އެކަމަކު މިހާރު މިފެންނަނީ ކޮންމެ ކަމެއްވެސް މަންމައަށް ސިއްރު ކުރާ މަންޒަރު.] ޒާހިދާ އޭނާގެ ގާތުގައި އިށީނދެ ޒޭނާގެ ބޮލުގައި ފިރުމާލިއެވެ.
މަންމަ އެހެން ބުނި ކަމުގައިވިޔަސް، އޭނާ މިހާރު ހިތްހަމަނުޖެހިގެން އުޅޭ ކަންތައް މަންމައާ ޙިއްޞާކުރާކަށް އޭނާ ބޭނުމެއް ނޫނެވެ.
[އެއްވެސް ކަމެއް ނުވޭ. އޭނާ ރޭގައި ނައީމާ އަހަރެންވެސް ހިތްހަމަނުޖެހޭކަން ދައްކަންވާނެތާ. އެހެންވެ ނުނުކުތީ.] ޒޭނާއަށް މަންމަ ގާތު މުޅިން ދޮގު ހަދާކަށް ނުކެރުނެވެ. ނަމަވެސް އެދެމެދަށް ޢައިޝާ ވަދެގެން އުޅޭ ވާހަކައެއް އޭނާ މަންމަގާތަކު ނުބުނެއެވެ.
އެހެން ނަމަވެސް އެކަން މާބޮޑަށް ގޯސްވެ، އޭނާއާ ނާއިލްގެ ލޯބީގެ ޙަޔާތަށް ޒަވާޖީ ގުޅުމުގެ ކުރިން ހުރަސްތައް ކުރިމަތިވެގެން ހިނގައްޖެނަމަ، އެކަމެއް އޭނާއަކަށް ސިއްރެއް ނުކުރެވޭނެއެވެ.
[ދަރިފުޅު ފޯން އޮންކުރަންވީނު. އެހެންނޫނީ ނާއިލް އަނެއްކާވެސް ނުގުޅިގެން އުޅޭނެ.] މަންމަ އެދުނެވެ.
މަންމަ އެހެން ބުނީތީ، އޭނާ ފޯނު އޮން ކުރިއެވެ. ފޯނު އޮންކުރިތަނާހެން ނާއިލް ގުޅިއެވެ.
[ޒޭނާ...ހާދައިރެކޭ ގުޅަން އުޅޭތާ. ކީއްވެތަ ފޯނު އޮފްކޮށްގެން ތިއުޅެނީ. މިހާރު ބައްޕަ ބުނެފި، ކައިވެނި އަވަސް ކުރަންވެސް.] ނާއިލްވެސް ކުރީ ޝަކުވާއެވެ. ޙަޤީޤަތުގައި ޝަކުވާ ކުރަންޖެހޭ މީހަކީ ޒޭނާއެވެ.
ކިތަންމެ ހިތްދަތިވާ ޒާތުގެ ކަމެއް ދިމާވިޔަސް، ހަނުހިމޭނުން ހުރުން ފިޔަވައި އިތުރު ކަމެއް ކުރުމުގެ ސިފައެއް ޒޭނާގެ ކިބައަކު ނުހުރެއެވެ.
އޭނާ ޢާންމުކޮށް ހިތްދަތިކަމަކާ ކުރިމަތިވިޔަސް ރޯނީވެސް އެކަނި އެކަހެރި ތަނެއްގައި ހުރެއެވެ. އޭނާ ރޯތަން އެހެން ބަޔަކަށް ދައްކައިގެން އެހެން މީހުންނަށް އުނދަގޫ ކުރުމުގެ ސިފައެއްވެސް ޒޭނާގެ ކިބަޔަކު ނުހުރެއެވެ. އެހެން ނަމަވެސް، އެގޮތަށް އާދަ ހުންނަ މީސްމީހުންގެ ހިތުގައި އަޅާ ވޭން ބޮޑުވާނޭ ކަމަށް ތަޖްރިބާކާރުން ބުނެއެވެ.
ޙަޤީޤަތުގައި ޒޭނާއަކީ ހިތާމަތައް ބަރުދާސްތު ކުރަން ދަންނަ، އެހެން މީހުންގެ އިޙްސާސްތަކާމެދު ވަރަށް ފުންކޮށް ވިސްނާ އަންހެން ކުއްޖެކެވެ. އއީ އޭނާގެ މަންމަ ޒާހިދާ އޭނާއަށް ދީފައިވާ ރަނގަޅު ތަރުބިއްޔަތެވެ.
މިހާރަކަށް އައިސް ޢައިޝާ ހުންނަނީ ވަރަށް ބޮޑަށް ހިތްހަމަޖެހިފައެވެ. އޭނާގެ ހުރިހާވެސް ވިސްނުމަކީ ނާއިލް އޭނާގެ ފުރިހަމަ މިލްކަކަށް ހެދުމެވެ. މިހާރުވެސް އޭނާ އެވަނީ ނާއިލްގެ ކިބައިން ޒޭނާއަށް ނުހޯދޭނޭ އެތައް އެތައް އުފާތަކެއް ޙާޞިލްކޮށްފައެވެ.
އެއީ ޢިއްފަތްތެރި ކަމަށް ލޯބިކުރާ ބަޔަކަށް ކައިވެނީގެ އިމުން ބޭރުގައި ޙާޞިލް ކުރެވޭނޭ އުފާތަކެއް ނޫނެވެ.
[ނާއިލް، ވަރަށް އަވަހަށް މިގެއަށް އައިސްދީފާނަން. ވަރަށްބޮޑު ވާހަކައެއް ދައްކަން.] ޢައިޝާ ފޯނުކޮށް ނާއިލާ ވާހަކަ ދެއްކިއެވެ. އޭނާ ހުންނަނީ އަބަދުވެސް ނާއިލާ ވިއްދާފައެވެ. ނާއިލަށް އެހެން އަތަކަށް ހިރިލާނޭ ފުރްޞަތުދޭކަށްވެސް އޭނާ ބޭނުމެއް ނުވެއެވެ.
[މިރޭ އަހަންނަކަށް ނުދެވޭނެ ޢައިޝާ. ވަރަށް ބިޒީކޮށް މިހާރުވެސް މިއުޅެނީ. މިރޭ ކޮންމެހެންވެސް ޒޭނާއާއެކު ޑިނަރއަކަށް ދާން އެބަޖެހޭ...މިރޭ ޑިނަރ ނިންމާފައި ވަގުތެއް ވެއްޖެއްޔާ ދާނަން. އެގޮތް އެންމެ ރަނގަޅުތަ؟] ނާއިލް ބުންޏެވެ.
[އަޅެ ޕްލީޒް، ޕްލީޒް، އައިސްބަލަ. މިގެއަށް ވަދެލާފައި ދިޔަޔަސް ލޯބިވެރިޔާ ގޮވައިގެން ދެވިދާނެޔޭ.] ޢައިޝާ އާދޭސްކޮށްގެން ވަރަށް ރަނގަޅަށް އެރޭވެސް އޭނާގެ މަޅީގައި ނާއިލް ޖައްސައިފިއެވެ.
ކޯކް ތަށްޓަކާއެކު އެރޭވެސް ޢައިޝާ އޭނާއަށް ނިދާބޭސް ދިނެވެ. އެއަށްފަހު އޭނާއަށް ނިދެންދެން ވާހަކަ ދައްކަން ހިފެހެއްޓިއެވެ.
ޒޭނާ ނާއިލަށް ގުޅަން ފެށީ އޭނާއަށް ނިދުނުތަނާހެންނެވެ. ކުރީ ރެއެކޭ އެއްފަދައިން، މިރޭވެސް އެފޯނު ނެގީ ހަމަ ޢައިޝާއެވެ.
[ޢައިޝާ...!؟ ކޮބާ ނާއިލް.] މިފަހަރު ކުރިން ދުވަހަކުވެސް މާޔޫސްވެ ކަންބޮޑުނުވާ ވަރަށް އޭނާ މާޔޫސްވިއެވެ.
އޭނާގެ މުޅި ޙަޔާތުގައިވެސް އެވަރަކަށް އޭނާގެ ހިތަކަށް އަސަރުކޮށްފައެއް ނުވެއެވެ.
[ނާއިލް ނިދިފައި އެބައޮތް. އަހަރެން ގާތު ބުނި އޮށޯންނަމުން ތިމަންނައަށް ނުގޮވާށޭ.] ޢައިޝާ ބޭނުންވަނީ ޒޭނާގެ ހިތުގައި ޖައްސާށެވެ. އޭނާ ދޮގު ހަދަން ފެށީ އެހެން ވެގެންނެވެ.
[ނިދާފައޭ ކޮންތާކު!؟ ތީ ސަމާސާއެއް ނޫންތަ؟] ޒޭނާއަށް ވަރަށް އަސަރުކޮށްފިއެވެ.
[މިގޭގައި އަހަރެންގެ ކޮޓަރީގައި. އަހަރެންގެ މަޑުދާންމަތީގައި. އޭނާ ހޭލީމާ އަހަރެން ބުނާނަން ޒޭނާ ގުޅި ވާހަކަ. އެހެން ނޫނީ ޒޭނާ މިގެއަށް އާދޭ. މިގޭގެ އެޑްރެހަކީ ހެންވޭރު ޝިކާރު.] މިހެން ބުނެފައި ޢައިޝާ ފޯނު ބޭއްވިއެވެ.
ޒޭނާއަށް ހީވީ މުޅި ދުނިޔެ އޭނާއާ ދެކޮޅަށް އެނބުރިގަތްހެންނެވެ. އިސާހިތު އޭނާގެ ދެލޮލުން ކަރުނަ ހިލެން ފަށައިފިއެވެ.
[ނޫން..ނާއިލް...އެހެނެއް ނަހަދާނެ...ކީއްވެބާ ނާއިލްގެ ފޯނުން ޢައޝާ ޖަވާބުދޭންވީ!؟ އަހަރެން އެގެއަށް ދާނަން.] ޒޭނާ ލޮލުގައި ހުރި ކަރުނަތައް ފޮހެލުމަށްފަހު އެގެއަށް ދިޔުމަށްޓަކައި ނުކުތެވެ. އޭނާ ޓެކްސީއަކަށް ގުޅީ މަގުމތީގައި ހުރެއެވެ.
ނަޞީބު ދިމާކުރިގޮތުން ނިކަން އަވަހަށް ޓެކްސީ އަތުވެއްޖެއެވެ.
[ކޮންތާކަށްތަ ދާންވީ؟] ޒޭނާ ކާރަށް އެރީމާ ޑްރައިވަރު އެއްސެވެ.
[ޝިކާރު. ހެންވޭރު ޝިކާރު.] ޒޭނާގެ އަޑުގައިވެސް ހިތާމައިގެ އަސަރު ހުއްޓެވެ. އެއީ އެގެއާ މާދުރު ނޫން ހިސާބެއްގައި ހުންނަ ގެއަކަށްވެސް ވުމާއެކު، އިސާހިތު އެގޭ ދޮރުމައްޗަށް ކާރު މަޑުކޮށްފިއެވެ. ޒޭނާ ތިމަންނާ އަންނަންދެން މަޑުކުރާށޭ ބުނެފައި ގޮސް ޢައިޝާގެ ގެއަށް ވަދެއްޖެއެވެ.
ފުރަތަމަވެސް އޭނާގެ އަމާޒުފަތްގަނޑަށް އެރީ ގެއަށް ވަންނައިރު ދޮރާ ދިމާއަށް ހުރި ކޮޓަރިއެވެ. އޭނާ ނިކަން މަޑުމަޑުން ގޮސް އެކޮޓަރި ދޮރުގެ ތަޅުގައި ހިފާ އަނބުރާލިއެވެ. އެއާއެކު ދޮރު އެތެރެއަށް ހުޅުވިއްޖެއެވެ. އެހިނދު ކޮޓަރިތެރެއަށް ވެރިވެފައިވާ ފަނޑުއަލީގެ ތެރެއިން އޭނާއަށް ފެނިގެންދިޔައީ، އެމަންޒަރެއް ބަލަން އޭނާއަށް ކުޅަދާނަވާވަރުގެ މަންޒަރެއް ނޫނެވެ.
އެއީ ޢައިޝާއާއި ނާއިލެވެ. ވަގުތުން ޒޭނާ ދުވެފައި ކަހަލަ ގޮތަކަށް ގޮސް ކާރަށް އަރައިފިއެވެ. ކާރަށް އެރުމާއެކު އޭނާގެ ބަޑި ފަޅައިގެން ހިނގައްޖެއެވެ. ކުއްލިއަކަށް ކާރަށް އެރިގޮތަށް ޒޭނާ ރޯން ފެށީމާ ޓެކްސީ ޑްރައިވަރުވެސް ވަރަށް ބޮޑަށް ޙައިރާންވެ ކަންބޮޑުވިއެވެ.
[އަޅެ ކަނބުލޮ ކިހިނެއްވީތަ؟ ދެން ދާންވީ ތަނެއް ބުނެބަލަ، ރުއިން ހުއްޓާލާފައި.] ޑްރައިވަރު އެއްސެވެ.
[އަހަރެން އެރިތަނަށް، އެގޭ ކުރިމައްޗަށް.] ރޮއިރޮއިފައި ޒޭނާ ބުންޏެވެ. ކާރު ދުއްވާލައިފިއެވެ.
ނަޞީބު ދިމާކުރި ގޮތުން ޒޭނާ ގެއަށް ވަންއިރަކު މަންމަވެސް ފެންނަ ހިސާބަކު ނެތެވެ. އޭނާ އެދިޔަގޮތަށް ގޮސް ވަނީ އޭނާ ނިދާ ކޮޓަރިއަށެވެ. އޭނާ ބޭނުންވަނީ އެކޮޓަރިތެރޭގައި އެކަނިހުރެ ހިތް ފުރެންދެން ރޯލާށެވެ. ހަމަގައިމުވެސް ހިނދުކޮޅެއް ކުރިން އޭނާއަށް އެފެނުނީ ހުވަފެނެއް ނޫނެވެ. ފޭރާމެއް ނެތް ހާލު އޭނާއަށް އެފެނުނީ ދެވަނަ ބައެއް ނޫނެވެ. އެއީ ނާއިލާއި ޢައިޝާގެ ގައިގޯޅި މަންޒަރުތަކެކެވެ. އެއީ ސައްތައިން ސައްތަ މުސްލިމުންގެ ގޮތުގައި ބޭރުފުށަށް ދައްކައިގެން ތިބެ ކުރި ދީނާ ޚިލާފު ކަމެކެވެ.
އެކަމުގެ ޙަޤީޤީ ކުށްވެރިޔަކީ ޢައިޝާއެވެ. ލޯބި ޙާޞިލް ކުރުމަށް ކުރާ މަސައްކަތުގައި ޢައިޝާ އޭނާގެ ދީނާއި ވަޠަނާމެދަކު ފިކުރު ހިންގައެއްނުލައެވެ. އޭނާ ބޭނުންވަނީ ނާއިލް އޭނާގެ ދަލުގައި ރަނގަޅަށް ޖައްސާށެވެ.
ޙަޤީޤަތުގައި މިހާރު އޭނާގެ މަޤްޞަދު އެބަ ޙާޞިލްވަމުންދޭވެސްމެއެވެ.
އެރޭ ފެނުނު ހިތްދަތި މަންޒަރާއެކު، ޒޭނާ ނާއިލަށް ސިޓީއެއް ލިޔުނެވެ. އެސިޓީގައި އޭނާއަށް ޢައިޝާއާއި ނާއިލްގެ ގުޅުން ވަރަށް ރަނގަޅަށް އެނގޭ ކަމަށާއި، ނޭނގޭ އެއްވެސް ސިއްރެއް ނުވާކަން ވަރަށް ރަނގަޅަށް ހާމަކުރިއެވެ. އަދި އޭނާއަކީ ޢިއްފަތްތެރި ކަމަށް ލޯބިކުރާ އަންހެން ކުއްޖަކަށްވި ކަމުގައިވިޔަސް، ނާއިލަކީ ޢިއްފަތްތެރި ކަމަށް ލޯބިކުރާ މީހެއް ނޫންކަން އެނގޭ ކަމުގައިވެސް އެސިޓީގައި އޭނާ ބަޔާންކުރިއެވެ.
އަދި ސިޓީ ނިންމާލަމުން، ރޭ ތިކޮޓަރި ތެރެއިން، ޢައިޝާގެ ކޮޓަރިތެރެއިން ފެނުނު ހަޑި މުޑުދާރު މަންޒަރަކީ ދުވަހަކުވެސް އެހަނދާންތަކާ ދުރަށް ނުދެވޭނެ ހަނދާންތަކެއްގެ ގޮތުގައި އޭނާގެ ނިކަމެތި ހިތުގައި ބިންވަޅު ނެގިފައިވާ ހަނދާންތަކެއް ކަމުގައިވެސް އޭނާ ލިޔުނެވެ.
[މަންމާ، ހަމަ މިއަދު ނޫނީ މިރޭ އަހަރެން ބޭނުން ރަށަށް ދާން.] ސިޓީ ލިޔެ ބަންދުކޮށް، ކޮޓަރި މޭޒުމަތީ ބޭއްވުމަށްފަހު ޒޭނާ، އޭނާގެ މަންމަ ޒާހިދާއާ ވާހަކަ ދެއްކިއެވެ.
[އެއީ ކީއްވެ ދަރިފުޅު ކުއްލިއަކަށް ރަށަށް ދާން ތި ނިންމީ. ކުއްލިއަކަށް ރަށަށް ދިޔުމަކީ ފަސޭހަ ކަމެއްވެސް ނޫން. މިއަދު ނޫނީ މިރޭ ފުރާނެ އެއްޗެއް ނެތިއްޔާޔޯ.] މަންމަގެ ސުވާލުތައް ގިނަވިއެވެ.
[އެކަމަކު މަންމާ، ބައްޕަ ގާތު ބުނެބަލަ، އެކަން ބަލާލަދޭށޭ. މިރަށުގައި އިތުރަށް ހުންނާކަށް އަހަރެން ބޭނުމެއް ނޫން. އިތުރަށް ނާއިލަށް ފެންނަފަށުގައި އުޅޭކަށް އަހަރެން ބޭނުމެއް ނޫން....] ޒޭނާއަށް ބޭއިޚްތިޔާރުގައި ރޮވިއްޖެއެވެ. ކިތަންމެވަރަކަށް މަންމައަށް އޭނާގެ ހިތުގެ ރިހުމާއި އަޅާ ވޭން ސިއްރު ކުރަން އުޅުނަސް، އޭނާއަކަށް ނުހިފެހެއްޓުނެވެ. އޭނާއަށް އެވަނީ އެއަށްވުރެން މާ ފުން އަސަރުތަކެއް ކޮށްފައެވެ.
[ދަރިފުޅާ...ނުރޮއި، ކަންތައްވީގޮތް މަންމައަށް ސިއްރުނުކޮށް ކިޔާދީބަލަ....] ޒާހިދާ ޒޭނާ އަތުލަފިކޮށްގެން ގޮސް ކޮޓަރިއަށް ވަނެވެ.
[މަންމާ...އަޅެ....އަހަންނަށް ކީއްވެތަ ނާއިލް ދަސްނުވީ. ނާއިލަކީ ރަނގަޅު މީހެއް ނޫން.....އޭނާ އަހަންނަށް އޮޅުވާލަނީ. އޭނާ އަހަންނަށް ދަޅަތަކެއް ދައްކަނީ...އޭނާ ލޯބިވަނީ ޢައިޝާދެކެ. އޭނާ މިހާރުވެސް ރޭގަނޑު ހަތަރުދަމު ވަގުތު ހޭދަކުރަމުންދަނީ ޢައިޝާއާއެކު. އަޅެ މަންމާ...އަހަންނަށް ރަށަށް ދެވޭނެގޮތް ހަމަޖައްސައިދީ...އަހަންނަކަށް ދެނެއް ކެތެއްނުވާނެ.] ޒޭނާގެ އަޑު ކެނޑިކެނޑިގެންދިޔައެވެ. އެހާވަރަށް ޒޭނާއަށް އަސަރު ކޮށްފައިވަނިކޮށް މީގެކުރިން ދުވަހަކުވެސް ޒާހިދާ ދެކެފައެއް ނުވެއެވެ.
[ދަރިފުޅާ ނުރޮއި ހުއްޓާލަބަލަ. ނާއިލާމެދު މީހަކު ކޮންމެފަދަ ވާހަކައެއްވެސް ދައްކަފާނެ. އެފަދަ ވާހަކަތައް ޤަބޫލުކުރާކަށް ނުވާނެ. ތިދެކުދިން ކައިވެނިކުރަން އުޅޭތީ، އެކަމަށް ހުރަސްއަޅާ ބަޔަކުވެސް ތިބޭނެ ކަމަށް ވިސްނަންވާނެ. މީހަކު އައިސް ދައްކާ ކޮންމެ ވާހަކައެއް އަޑުއެހުމަށްފަހު ތިޔަކަހަލަ ނިންމުމެއް ނިންމާކަށް ނުވާނެ.] ޒާހިދާ ނާއިލަށް އިތުބާރު ކުރެއެވެ. އެހެންވެ އޭނާ ބޭނުންވަނީ ދަރިފުޅަށް ވިސްނައިދޭށެވެ. ޒޭނާއަށް ސީދާ ލޮލުން މަންޒަރުތަކެއް ފެނިގެން އުޅެނީކަމެއް ފަހަރެއްގައިވެސް އޭނާއަކަށް ނޭނގެއެވެ.
[މަންމާ...ތިވަރަށް ނާއިލަށް އިތުބާރުނުކޮށްބަލަ. އެއީ މަންމަ ތިޔަ ހީކުރާހާ ތެދުވެރިއެއް ނޫން. އޭނާ މިހާރު އަހަންނާ ކުޑަކޮށްވެސް ގުޅުން ބާއްވަނީ އަހަރެންގެ ބައްޕައަކީ އޭނާގެ ބޮޑުބޭބެއަށްވީތީ. އެހެން ނޫންނަމަ، އޭނާ އަހަންނާ ދިމާއަށް ބަލައިވެސްނުލާނެ. މަންމާ، އަހަރެންގެ ލޮލުންދެކެ އަތުން ހިފާފައޭ އަހަރެން މިގޮތަށް މިނިންމީ. އަހަރެން އެގެއަށްދިޔަ ވަގުތު ފެނުނު މަންޒަރު މަންމަމެނަށް ސިފަކޮށްދޭކަށް އަހަންނަކަށް ނުކެރޭނެ.] ޒޭނާ ގިސްލަ ގިސްލާފައި ރޮމުން މަންމައަށް ކިޔާދެވޭތޯ މަސައްކަތް ކުރިއެވެ.
[ފިސާރި ތެދެއް!؟] މަންމަ ހީކުރިކަހަލަ ކުއްޖަކަށް ނާއިލްވެސްނުވިތާ...މައްސަލައެއް ނެތް. މަންމަމެންވެސް މިރަށުގައި މިތިބީ ދަރިފުޅުގެ ޙައްޤުގައި. ބައްޕަ އައިމާ މިރޭ ފުރޭގޮތްވޭތޯ ބަލާނީ. ދެން ހުއްޓާލާ. ބޭވަފާތެރިޔަކަށްޓަކައި ރޮއި ކަރުނަ އޮހޮރުމުގެ އެއްވެސް ބޭނުމެއް ނެތް. ހިތްވަރުކުރޭ ދަރިފުޅާ....] ޒާހިދާވެސް ފެންކަޅިވެއްޖެއެވެ. އިސާހިތު އޭނާގެ ލޮލުންވެސް ކަރުނަ ފައިބަން ފަށައިފިއެވެ.
ޒޭނާގެ ކުރިމަތީގައި އޭނާގެ މަންމަ ރުއިމަކީ ފަހަރެއްގައިވެސް އޭނާއަށް އެމަންޒަރު ބަލަން ކެތްވާނޭ ކަމެއް ނޫނެވެ. ވަކިން ޚާއްޞަކޮށް، އޭނާގެ ޙައްޤުގައި މަންމަގެ ލޮލުން ކަރުނަ އޮހޮރާ މަންޒަރު ފެނުމުން، ޒޭނާގެ ހިތަށް ކުރިއަށްވުރެންވެސް އަސަރުކޮށްފިއެވެ. ވުމާއެކު، މަންމަގެ ޙައްޤުގައި އޭނާއަށް ލިބިފައިވާ ހިތްދަތިކަމާއެކު، ކަރުނަތައް އެތެރެއަށް ހިންދޭތޯ މަސައްކަތް ފެށިއެވެ.
[އަހަރެންގެ ހިތްވަރު އެބަހުއްޓޭ މަންމާ....މަންމަވެސް ދެން އެކަމާ ފިކުރުނުކުރޭ. އަވަހަށް މިކަމުން ސަލާމަތްވެ ރަށަށްދާން ހިނގާ....އަހަންނަށް މިހާރު ޔަޤީން، އޭނަ އަހަންނާ ކައިވެނި ކުރިޔަސް، ޙަޤީޤީ އުފަލެއް އަހަންނަކަށް ނުލިބޭނެކަން....އަހަރެން އޭނާދެކެ ކިތަންމެ ލޯބިވިޔަސް، އޭނާ އަހަރެންދެކެ ލޯތްބެއްނުވޭ.] ޒޭނާ މަންމަގެ އަތުގައި ހިފައިގެން ކޮޓަރިން ނުކުމެއްޖެއެވެ.
އެދުވަހު ޢައިޝާ ހުރީ ވަރަށް އުފާވެފައެވެ. އޭނާ ބޭނުންވާ ހުރިހާ ކަމެއް ޙާޞިލް ވަމުންދާތީއެވެ. މިހާރު ޒޭނާއަށް އޭނާ އެމަންޒަރު ދައްކައިގެން އެދެލޯބިވެރިންގެ ދެމެދު ހުޅުރޯކޮށްފިއެވެ.
ނާއިލް ޒޭނާއާ ބައްދަލުކުރަން ޒޭނާ އުޅޭ ގެއަށް ދިޔައީ އެދުވަހުގެ ހަވީރުގެ ވަގުތު ފަހަނަޅައިދަނިކޮށެވެ. އޭނާ އެގެއަށް ދިޔައިރު، އެގޭގައި އުޅެނީ އެގޭގައި ގެންގުޅޭ ބިދޭސީ އަންހެން މީހާ އެކަންޏެވެ.
[ކޮބައިތަ ޒޭނާ؟] ނާއިލް އެގެއަށް ވަދެ ބިދޭސީ މީހާއާ ސުވާލު ކުރިއެވެ.
[މެޑަމް ރަށަށްދަނީ....މަންމަ ބައްޕަވެސް ރަށަށް ދަނީ....ލެޓަރު ތިބޭ....] ޒޭނާގެ ކޮޓަރިއަށް ރަންޖީތާ ވަދެ ސިޓީ ހިފައިގެން އައިސް ނާއިލްގެ އަތަށްދީފިއެވެ.
ވަގުތުން ނާއިލް ސިޓީ ކަނޑައިގެން ކިޔަން ފަށައިފިއެވެ. އެސިޓީ ކިޔާ ނިމުނުއިރު އޭނާއަށް ވަރަށް ފުން އަސަރުތަކެއް ކޮށްފިއެވެ.
(ނުނިމޭ)

ކިޔުންތެރިންގެ ހިޔާލު