ސައިރިކްސް ކޮލެޖުން އަންނަ އަހަރު ފަށަން ހަމަޖައްސާފައިވާ ކޯސްތަކަށް ކުރިމަތިލާން މިއަދު ހުޅުވާލައިފިއެވެ.

ސައިރިކްސް ކޮލެޖުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ސައިރިކްސްގެ ސީނިއަރ ވައިސް ރެކްޓާ ޑރ. އިބްރާހިމް ވަހީދު ވިދާޅުވީ އަންނަ އަހަރު ފަށަން ހަމަޖައްސާފައިވާ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.

އެގޮތުން ސެޓްފިކެޓް ލެވެލުން ފެށިގެން މާސްޓާސް ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފަ ކަމަށް ވެސް ވަހީދު ވިދާޅުވިއެވެ. މި ޕްރޮގްރާމްތަކުގައި ބައިވެރިވުމަށް އޮންލައިންކޮށް ވެސް ފޯމް ފުރައި ސަބްމިޓް ކުރެވޭނެ ކަމަށް މި ނޫސްވެރިންގެ ބައްދަލުވުމުގައި ވަހީދު ވިދާޅުވިއެވެ.

މިހާރު ހިންގަމުން އަންނަ ޕްރޮގްރާމުތަކާއި ކޯސްތަކުގެ އިތުރުން، އަންނަ އަހަރު އެ ކޮލެޖުން މެލޭޝިއާގެ މެނޭޖްމަންޓް އެންޑް ސައިންސް ޔުނިވަރސިޓީއާ ގުޅިގެން ވަނީ ކޮމްޕިއުޓަރ ސައިންސުން ރިސާރޗް މާސްޓަރސް ޕްރޮގްރާމެއް ވެސް ތައާރަފްކުރަން ނިންމާފައެވެ. މިއީ ދިވެހިރާއްޖޭގައި އަދި އަލަށް ކޮމްޕިއުޓަރ ސައިންސުން ރީސާރޗް ޕްރޮގްރާމެއް ތައާރަފްކުރާ ފުރަތަމަ ފަހަރެވެ.

މި ޕްރޮގްރާމްގެ ސަބަބުން ރާއްޖޭގައި ތިބެގެން އިންޓަނޭޝަނަލް ޕްރޮގްރާމެއްގައި އެއްވެސް ދައްޗެއްނެތި ފަސޭހަކަމާއެކު ކުޑަ ހޭދައަކުން ދަރިވަރުންނަށް ކިޔެވޭނެ ފުރުސަތު ފަހިވެގެންދާނެކަމަށްވެސް ސައިރިކްސް ކޮލެޖުން ބުނެފައި ވެއެވެ.

ސައިރިކްސް ކޮލެޖަކީ ރާއްޖޭގައި މަތީ ތަޢުލީމުގެ ދާއިރާއިން އުނގަންނައި ދިނުމުގައި އެންމެ ދުވަސްވީ އަދި އެންމެ ތަޖުރިބާކާރު އެއް ކޮލެޖެވެ.



ކިޔުންތެރިންގެ ހިޔާލު