ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފުގެ މައްޗަށް ދައުލަތުން ދައުވާކޮށްފައިވާތީ އޭނާ މަގާމުން ދުރުކުރަން ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް މިއަދު ހުށަަހަޅައިިފި އެވެ.
މަހުލޫފު މަގާމުން ވަކިކުރުމަށް ކޮމިޓީއަށް ހުށައަޅުއްވާފައިވަނީ ކާށިދޫ ދާއިރާގެ މެމްބަރު އަދި ޑީއާރްޕީގެ ލީޑަރު އަބްދުﷲ ޖާބިރެވެ.
އެ މައްސަަލަ ކޮމިޓީއަށް ހުށަހަޅުއްވައި ޖާބިރު ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ ރިޝްވަތުގެ ދައުވާ ޕްރޮސިިކިއުޓާ ޖެނެރަލް އޮފީހުން މަހުލޫފުގެ މައްޗަށް ކޮށްފައިވާތީ އޭނާ މިނިސްޓަރު ކަމުގައި އެއްގޮތަަކަށް ވެސް ބަހައްޓަން ފެނިވަޑައި ނުގަންވާ ކަމަށެވެ.
އެހެންވެ ވަގުތުން ވަގުތަށް މަހުލޫފު ވަކިކުރުގެ މަސައްކަތް ފަށަން ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ހުށައެޅި މައްސަލައިގައި ޖާބިރު ވިދާޅުވެފައިވެއެވެ.
އެމައްސަލަ ތަހުގީގުކުރުމަށް ފަހު އޭސީސީން އެންމެ ފުރަތަމަ މަހުލޫފުގެ މައްޗަށް ދައުވާކުރަން ޕީޖީ އޮފީހަށް ފޮނުވީ މިއަހަރުގެ ޖޫން ނުވަވަނަ ދުވަހު އެވެ. އެ ދުވަހު ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވަނީ ޔޫތު މިނިސްޓަރު ކަމުން މަހްލޫފް ސަސްޕެންޑް ކޮށްފައެެވެ. އެހެން ނަމަވެސް މަހުލޫފަށް ދައުވާކުރުން ވަރަށް ބޮޑަށް ލަސްވުމުން މިދިޔަ އޮކްޓޫބަރު ނުވަވަނަ ދުވަހު ރައީސް ސާލިޙުގެ ވަނީ މަހުލޫފްގެ ސަސްޕެންޝަން ނިމުމަކަށް ގެނެސްފައެވެ.
މަހުލޫފްގެ މައްޗަށް އުފުލާފައިވަނީ އޭނާ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރުކަމުގައި ހުންނެވިއިރު، އޮގަސްޓް 27، 2014 ވަނަ ދުވަހު ސްޕެޝަލް އިކޮނޮމިކް ޒޯން ބިލަށް ތާއީދުކޮށް ވޯޓުދިނުމުގެ މުގާބިލުގައި، ރިޝްވަތު ހިފި ކަމަށް ތުހުމަތު ކުރެވޭތީ ކަމަށެވެ. މަހުލޫފަށް ރިޝްވަތުގެ ފައިސާ ދިނީ އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބު ޢަބްދުލްޣަފޫރު ކަމަށް އޭސީސީ އިން ބުނެ އެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ އެކި ފަރާތްތަކަށް ބެހުމުގައި އުޅުނު އެސްއޯއެފް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ބީއެމްއެލްގައި ހުޅުވާފައިވާ އެކައުންޓުގެ ޗެކުން މަހުލޫފަށް ދިން 33،000 އެމެރިކާ ޑޮލަރު، އޭނާގެ ނަމުގައި ބީއެމްއެލްގައި ހުޅުވާފައިވާ އެކައުންޓަށް ސެޕްޓެމްބަރު 1، 2014 ވަނަ ދުވަހު ޖަމާކޮށްފައި ވަތީ ރިޝްވަތު ހިފާފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށް ދައުލަތުން ވަނީ ބުނެފައެވެ.
މަޚުލޫފްގެ މައްޗަށް ދައުވާ އުފުލީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނު ގެ ތިން ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެމާއްދާގެ (ށ) ގެ ދަށުންނެވެ.
ޔޫތް މިނިސްޓަރު އަހުމަދު މަޚުލޫފް ވިދާޅުވީ އެ ފައިސާ ލިބުނު މުއާމަލާތަކީ ޑޮލަރު ގަތުމުގެ ސައްހަ މުއާމަލާތެއް ކަމަށެވެ. އަދި އޭނާއަށް ފައިސާ ދިން އެސްއޯއެފުން ބޭނުންކުރީ އެމްއެމްޕީއާރުސީގެ ފައިސާކަން އެނގިވަޑައިނުގަންނަވާ ކަމަށް މަޚުލޫފް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު