ސީއެޗްއެސްސީގައި ކިޔަވަމުން އަންނަ ދަރިވަރަކު 15 އަންހެން ކުއްޖަކަށް ޖިންސީގޯނާކުރި ކަމަށް ތުހުމަތުވާ މައްސަލައެއް ފުލުހުން ތަހުގީގް ކުރަން ފަށައިފިއެވެ.

އެ ދަރިވަރު 15 އަންހެން ކުއްޖަކަށް ޖިންސީގޯނާކުރި މައްސަލަ ފެންމަތިވީ ޝޯޝަލް މީޑިޔާގައެެވެ. އެގޮތުން އެމައްސަލައިގައި ތުހުމަތުކުރެވޭ ކުއްޖާ ވަނީ އަމިއްލަ ކޮއްކޮ ހިމެނޭހެން، 15 އަށްވުރެ ގިނަ އަންހެން ކުދިން ރޭޕުކުރި ކަމަށް ބުނެފައެެވެ. މީގެ އިތުރުން އުމުރާ ނުގުޅޭ ތަފާތު އެކި، ބަދުއަޚްލާގީ ވާހަކަތައް އެކުދިންނާއި ދައްކައިފައިވާކަން ވަނީ އެނގިފައެެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ މި މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި، އެ މައްސަލަ އިތުރަށް ތަހުގީގުކޮށް، ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.

މި މައްސަލަ ބަލައި، ފިޔަވަޅު އެޅުމަށް އިދާރާތަކަށް ގިނަ ބަޔަކު ޝޯޝަލް މީޑިޔާގައި ވަނީ ގޮވާލާފައެވެ.



ކިޔުންތެރިންގެ ހިޔާލު