ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީނަށް މި ސަރުކާރުން ދެމުންދަނީ ނުހައްގު އަނިޔާތަކެއް ކަމަށާއި އެ ހާލަތުގައިވެސް އެމަނިކުފާނުގެ ބޭބޭފުޅު ރައީސް މައުމޫން ސަރުކާރާއެކު ހުންނެވުމުން ކުރީގެ ނާއިބު ރައީސް އަދި ރައީސް ޔާމީންގެ އިސް ވަކީލު ޑރ. މުހައްމަދު ޖަމީލް އަހުމަދު ފާޑުވިދާޅުވެއްޖެއެވެ.

ކުރީގެ ނާއިބް ރައީސް ޑރ. މުހަންމަދު ޖަމީލް އަހުމަދު ވިދާޅުވީ ހަސަދަވެރިކަމުގެ އަލިފާންގަޑު ގިނަ ފަހަރަށް ރޯވަނީ އާއިލާތަކުގެ ތެރެއިން ކަމަށެވެ. ރައީސް މައުމޫނު އަދިވެސް ހުންނެވީ ސަރުކާރާއެކު ކަމަށް ވިދާޅުވެ ޖަމީލް ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.





"ޔޫސުފްގެފާނާއި އެކަލޭގެފާނުގެ އަޚުންގެ ވާހަކައިގައި ސުވާލު ކުރާ މީހުންނަށް ހެކިތަކެއްވާކަން ކަށަވަރެވެ." ޔޫސުފް ސޫރަތުގެ އާޔަތަކާއެކު ޑރ. ޖަމީލް ވިދާޅުވިއެވެ.

ރައީސް ޔާމީނަށް ސަރުކާރުން ދެމުން ގެންދާ އަނިޔާތަކަކީ ސިޔާސީ މަންފާތަކެއް ހޯދުމަށް ގަސްތުގައި ރާވައިގެން ދެމުން ގެންދާ އަނިޔާތަކެެއް ކަމަށް ޖަމީލް ވަނީ ވިދާޅުވެފައެވެ. އެކަމާ ދެކޮޅަށް ރައީސް މައުމޫން ބަސްފުޅެއް ވިދާޅުނުވާއިރު އެމަނިކުފާނުގެ އެހެން ބޭފުޅުން ކަމަށްވާ ޔުމްނާ މައުމޫނާއި ދުންޔާ އަދި ފާރިޝް މައުމޫން ރައީސް ޔާމިން ދިފާއު ނުކުރައްވައި އެމަނިކުފާނަށް އަމާޒުކޮށް ފާޑުވިދާޅުވާތީ ޖަމީލް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެެވެ.

ޑރ. ޖަމީލް މިމޭރުމުން ވާހަކަފުޅު ދައްކަވާފައިވާއިރު ރައީސް ޔާމިންގެ ވެރިކަމުގައި އެމަނިކުފާނުގެ ވެރިކަމާ ދެކޮޅަށް ނުކުމެ ވަޑައިގެންނެވުމުން އެއްބަފާ ބޭބޭފުޅު މައުމޫނާއި އެމަނިކުފާނުގެ ދޮށީ ދަރިކަލުން، ފާރިޝް މައުމޫނާއި މައުމޫންގެ ދަރިކަނބަލެއްގެ ފިރިކަލަކު އެތައް ދުވަހެއް ވަންދެން ޖަލުގައި ހައްޔަރުކޮށްފައި ތިބިކަން ފާހަގަކޮށްލެވެ އެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އުފުލި މަނީ ލޯންޑާކުރުމުގެ ދައުވާ ސާބިތުވެ ފަސް އަހަރަށް ޖަލަށް ލުމަށާއި ފަސް މިލިއަން ޑޮލަަރު ސަރުކާރަށް ދެއްކުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ 2019 ވަނަ އަހަރުގެ ނޮވެމްބަރު 28 ވަނަ ދުވަހުއެެވެ. އެހުކުމް ރައީސް ޔާމިން ތަންފީޒު ކުރައްވަމުން ގެންދަވާތާ މިއަދަށް ވަނީ ދެއަހަރު ދުވަސްވެފައެވެ.



ކިޔުންތެރިންގެ ހިޔާލު


-1

ާއައްމަޓީ

01-Dec-2021

ޢަނެއްކާ އަނެއް ިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިކަހެރުވަކެކޭ ކިޔަން ފެއްޓީ ދޯ... ޚުރިން ގޮވި ގޮވެލުފަތި ކޮޅުންލީ ދޯ...