ބޭރުގައުމުތަކުން ރާއްޖެ އަންނަ ހުރިހާ ދިވެހިން ކަރަންޓީނުވާން ނުޖެހޭނެ ކަމަށާއި، ކަރަންޓީނު ވާންޖެހޭނީ 7 ގައުމަކުން ރާއްޖެ އެތެރެވާ ދިވެހިން ކަމަށް އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގް ވިދާޅުވެއްޖެއެވެ.
ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު، އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގް ވިދާޅުވީ، ބޭރު ގައުމުތަކުން ރާއްޖެ އަންނަ ހުރިހާ ދިވެހިން ކަރަންޓީނުވާން ނުޖެހޭނެ ކަމަށެވެ. ރާއްޖެ އަންނަ ދިވެހިންނާއި ވާކް ޕާމިޓް އޮތް ބިދޭސީން ކަރަންޓީނުވާން ޖެހޭނީ ސައުތު އެފްރިކާގެ އިތުރުން ނެމްބިއާ، މޮޒަންބީކް، ލެސޯތޯ، ބޮޓްސްވާނާ، ޒިންބާބްވޭ އަދި އެސްވަޓީނީން އަންނަ ނަމަ ކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.
އެގޮތުން 14 ދުވަހުގެ މުއްދަތަކަށް އެމީހުން ކަރަންޓީނު ވާންޖެހޭއިރު ކަރަންޓީނުން ދޫކުރަނީ ކޮވިޑް ޓެސްޓެއް ހެދުމަށްފަހުއެވެ. އެގައުމުތަކުން ރާއްޖެ އެތެރެވުން ރެއިން ފެށިގެން ވަނީ މަނާކޮށްފައެވެ.
ޑރ.ނަޒްލާ އިތުރަށް ވިދާޅުވީ ކަރަންޓީނުވުމަކީ ރާއްޖެ އަންނަ ހުރިހާ މީހުންނަށް އޮތް އުސޫލެއް ނޫންކަމަށެެވެ. އެގޮތުން އެ ހަތް ގައުމު ނޫން އެހެން ގައުމުތަކުން އަންނަ މީހުންނަށް އޮންނާނީ ކުރިން ވެސް އޮންނަ އުސޫލުކަަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. އެގޮތުން އެ މީހުން ކަރަންޓީނުވާންޖެހޭނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަނުކުރާނަމަ ކަމަށް ނަޒްލާ ވިދާޅުވިއެވެ.
އެޗްޕީއޭއިން ރޭ ނެރުނު އިއުލާނުގައި ބުނެފައިވަނީ ވޭތުވެދިޔަ 14 ދުވަހުގެ ތެރޭ އެ ލިސްޓުގައި ހިމެނޭ ގައުމަކުން ރާއްޖެ އަައިސްފައިވާ ދިވެހިންނާއި، ވޯކް ޕާމިޓް އޮންނަ ބިދޭސީން މިހާރު ޓެސްޓުކުރަން ޖެހޭނެކަމަށެވެ. އަދި އެމީހުން 14 ދުވަހަށް ވުރެ ގިނަ ދުވަހު ރާއްޖޭގައި މަޑުކުރާނަމަ 14 ދުވަސް ފުރިހަމަވުމުން ޓެސްޓުކުރަން ޖެހޭނެ ކަމަށާއި، އެއަށްވުރެ އަވަަހަށް ރާއްޖެއިން ފުރާނަމަ ފުރުމުގެ ކުރިން ވެސް ޓެސްޓުކުރަން ޖެހޭނެ ކަމަށް އެޗްޕީއޭ އިން ބުނެފައިވެއެވެ.
އެފިޔަވަޅު ސަރުކާރުން އަޅާފައިވަނީ ކޮވިޑުގެ އާ ވޭރިއަންޓް "އޮމިކްރޯން"އެފްރިކާގެ ގައުމުތަކުގައި ހަލުވި ކަމާއެކު ފެތުރެމުންދާތީ ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުންނެވެެ.

ކިޔުންތެރިންގެ ހިޔާލު