ޕޯސްޓް މެދުވެރިކޮށް، ރާއްޖެއަށް މަސްތުވާތަކެތި ގެނައިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.
ޕޯސްޓުން ޑްރަގް ގެނައި ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައިވަނީ ލ. ގަން، މުކުރިމަގު، އަލިވާގެ، އަލީ ޝިފާއު އެވެ. ޝިފާއު ހައްޔަރުކުރީ އޭނާގެ ނަމުގައި ޕޯސްޓުން އައި ޕާރުސަލެެއްގައި މަސްތުވާތަކެތީގެ ބާވަތެއް ކަމަށް ބެލެވޭ އެއްޗެއްގެ 260 ގްރާމް ހުރެގެން ކަމަށް ފުލުހުން ބުނެ އެވެ. ޕާރުސަލްގައި ހުރި އެއްޗެހި މެޓަން ފެޓަމިން ނަމަކަށް ކިޔާ މަސްތުވާތަކެތީގެ ބާވަތަކަށް ޕޮޒިޓިވް ވި ކަމަށް ވެސް ފުލުހުން ކްރިމިނަލް ކޯޓުގައި ވަނީ ބުނެފައެވެ. އޭނާ މިއަދުން ފެށިގެން 10 ދުވަހަށްް ބަންދުކުރަން ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ކްރިމިނަލް ކޯޓުން ޝިފާއު ބަންދުކުރުމަށް ނެރުނު އަމުރުގައި ބުނެފައިވަނީ މަސްްތުވާތަކެތި ހުރި ޕާރުސަލަކީ ރަހުމަތްތެރިއަކު ބުނެގެން ބަލާ ދިޔަ އެއްޗެއް ކަމަށް އޭނާ ބުނެފައިވާ ކަމަށާއި، އެހެން ނަމަވެސް ރަހުމަތްތެރިއެއްގެ ގޮތުގައި ދެއްކި މީހާ އޭނާ ނުވެސް ދަންނަ ކަމަށެވެ.
ޕާރުސަލް ބަލައި ފާސްކުރި ވަގުތު ފިލަން އޭނާ މަސައްކަތް ކުރި ކަމަށާއި އޭނާގެ ކުޑަކަމުދާ ތަކެތި ޓެސްޓްކުރި އިރު ޓީއެޗްސީއޯ އާއި އޯޕީއައިއަށް ޕޮޒިޓިވްވި ކަަމަށް ފުލުހުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު