ޤަވާއިދާއި ހިލާފަށް ބޭރު ފައިސާ ގަނެ ވިއްކުމުގައި އިސްކޮށް އުޅޭކަމަށް ތުހުމަތުކުރެވޭ 2 ބިދޭސީއަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
ޤަވާއިދާއި ހިލާފަށް ކަޅު ބާޒާރުގައި ބޭރު ފައިސާ ގަނެ ވިއްކުމުގައި އިސްކޮށް އުޅޭކަމަށް ތުހުމަތުކޮށް ހައްޔަރުކުރީ ބަންގްލަދޭހަށް ނިސްބަތްވާ ޢުމުރުން 29 އަހަރުގެ ރަބީއުﷲ ނަމަކަށްކިޔާ މީހަކާއި، ޢުމުރުން 31 އަހަރުގެ މުޙައްމަދު ފިރުދައުސް ނަމަކަށްކިޔާ މީހެކެވެ. އެމީހުން ހައްޔަރުކޮށްފައިވާއިރު އެ މީހުން ބަންދުގައި ބެހެއްޓުމަށް ކޯޓުންވެސް ވަނީ މުއްދަތު ޖަހައިދީފައެވެ.
ފުލުހުން ހައްޔަރުކުރި ރަބީއުﷲއަށް ފުލުހުން ކޮށްފައިވާ ތުހުމަތަކީ ރަޖިސްޓްރީކޮށްްފައިވާ ކުންފުނިތަކެއް ބޭނުންކޮށްގެން ކަޅުބާޒާރުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތެވެ. ކޯޓުގައި ފުލުހުން ވަނީ، އޭނާގެ އަމިއްލަ އެކައުންޓުން ފައިސާގެ ބޮޑެތި މުއާމަލާތްތަކެއް ކޮށްފައިވާކަމަށާއި، އޭނާ ދިރިއުޅުމަށް ކުރާ މަސައްކަތަކީވެސް ކަޅު ބާޒާރުގައި ބޭރު ފައިސާ ގަނެވިއްކުންކަމަށެވެ. ކޯޓުން ވަނީ އޭނާގެ ބަންދަށް 10 ދުވަސް ޖަހައިދީފައެވެ.
މުޙައްމަދު ފިރުދައުސަށް ވެސް ފުލުހުން ތުހުމަތުކޮށްފައިވަނީ، ކަޅު ބާޒާރުގައި ބޭރު ފައިސާ ގަނެ ވިއްކުމުގައި އިސްކޮށް އުޅޭ މީހެއްކަމަށާއި، އޭނާއަކީ ނެޓްވޯކެއްގެ ތެރެއިން ޖަމާއަތް ހަދައިގެން އެކަން ކުރާ މީހެއްކަމަށެވެ. ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަސް ޖަހައިދީފައެވެ.
ޑޮލަރުގެ ކަޅު ބާޒާރު ހުއްޓުވަން ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ކުރާ މަސައްކަތްތަކުގެ ދަށުން، ބޭރު ފައިސާ ބަދަލު ކުރުމާ ބެހޭ ސިޔާސަތުތައް އިސްލާހު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު