މޯލްޑިވްސް މެރިން އެކްސްޕޯގެ މެއިން ސްޕޮންސަރަކަށް އެމްޓީސީސީ ހަމަޖައްސައިފިއެވެ.
މިއަހަރުގެ މެރިން އެކްސްޕޯ ބާއްވަން ހަމަޖެހިފައިވަނީ އަންނަ ޑިސެމްބަރުމަހުގެ ތެރޭގައެވެ.
މެރިން އެކްސްޕޯގެ ސްޕޮންސަރަކަށް އެމްޓީސީސީ ހަމަޖެއްސުމުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ. އަދި މެރިން އެކްސްޕޯގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ، މި އެކްސްޕޯގެ އިވެންޓް މެނޭޖަރ ޝާމް މުހައްމަދެވެ.
މެރިން އެކްސްޕޯ އިންތިޒާމްކުރާ މީޑިއަމް ޕްރައިވެޓް ލިމިޓެޑުން ބުނީ މިއަހަރުގެ މެރިން އެކްސްޕޯ އޮންނާނީ ހުޅުމާލޭގައިކަމަށެވެ.
މޯލްޑިވްސް މެރިން އެކްސްޕޯ އިންތިޒާމްކުރާ މީޑިއަމް ޕްރައިވެޓް ލިމިޓެޑުން ބުނީ މިއަހަރުގެ މެރިން އެކްސްޕޯގައި ގިނަ ހަރަކާތްތަކެއް ކުރިއަށްދާނެކަމަށެވެ. އެގޮތުން މޫދު ކުޅިވަރުގެ ފެސްޓިވަލަކާއި، މެރިން ފުޑްސް ދައްކާލުމުގެ ހަރަކާތްތަކެއް ކުރިއަށްދާނެއެވެ. އަދި މިއަހަރުގެ އެކްސްޕޯގެ ތެރެއިން މެރިން ދާއިރާގެ އުފެއްދުންތަކާއި ޚިދުމަތްތަކާއި ގުޅުންހުރި މައުލޫމާތު އެކްސްޕޯއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ދޭނެއެވެ.
މޯލްޑިވްސް މެރިން އެކްސްޕޯއަކީ ރާއްޖޭގެ ބޯޓިންގ ދާއިރާ ހަރުދަނާކުރުމަށްޓަކައި ނޭޝަނަލް ބޯޓިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ކޮންމެ އަހަރަކު ވެސް ކުރިއަށްގެންދާ ހަރަކާތެކެވެ. މިއީ މި އިވެންޓް ކުރިއަށްގެންދާ 7 ވަނަ އަހަރެވެ.

MTCC has signed the main sponsor agreement of "Maldives Marine Expo 2021" today. CEO @adamazim signed on behalf of MTCC and Mr. Shaam Mohamed, Event Manager signed on behalf of Maldives Marine Expo. At this Expo we will be showcasing our marine related products and services. pic.twitter.com/HkGjUL40QF
— MTCC Plc (@MTCCPlc) November 28, 2021
މެރިން އެކްސްޕޯ އިންތިޒާމްކުރާ މީޑިއަމް ޕްރައިވެޓް ލިމިޓެޑުން ބުނީ މިއަހަރުގެ މެރިން އެކްސްޕޯ އޮންނާނީ ހުޅުމާލޭގައިކަމަށެވެ.
މޯލްޑިވްސް މެރިން އެކްސްޕޯ އިންތިޒާމްކުރާ މީޑިއަމް ޕްރައިވެޓް ލިމިޓެޑުން ބުނީ މިއަހަރުގެ މެރިން އެކްސްޕޯގައި ގިނަ ހަރަކާތްތަކެއް ކުރިއަށްދާނެކަމަށެވެ. އެގޮތުން މޫދު ކުޅިވަރުގެ ފެސްޓިވަލަކާއި، މެރިން ފުޑްސް ދައްކާލުމުގެ ހަރަކާތްތަކެއް ކުރިއަށްދާނެއެވެ. އަދި މިއަހަރުގެ އެކްސްޕޯގެ ތެރެއިން މެރިން ދާއިރާގެ އުފެއްދުންތަކާއި ޚިދުމަތްތަކާއި ގުޅުންހުރި މައުލޫމާތު އެކްސްޕޯއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ދޭނެއެވެ.
މޯލްޑިވްސް މެރިން އެކްސްޕޯއަކީ ރާއްޖޭގެ ބޯޓިންގ ދާއިރާ ހަރުދަނާކުރުމަށްޓަކައި ނޭޝަނަލް ބޯޓިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ކޮންމެ އަހަރަކު ވެސް ކުރިއަށްގެންދާ ހަރަކާތެކެވެ. މިއީ މި އިވެންޓް ކުރިއަށްގެންދާ 7 ވަނަ އަހަރެވެ.
ކިޔުންތެރިންގެ ހިޔާލު