އައްޑޫގައި ކޯވިޑު ފެތުރޭ މިންވަރު ކޮންޓްރޯލްކުރުމަށް އިތުރު ފިޔަވަޅުތަކެއް އަޅަން އައްޑޫ އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުން ނިންމައިފިއެވެ.
އައްޑޫ އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އައްޑޫސިޓީ މޭޔަރ އަލީ ނިޒާރު ވިދާޅުވީ އައްޑޫގައި މިހާރު ބަލި ފެތުރޭ މިންވަރު އިތުރު ވެފައިވާތީ ބަލި ކޮންޓްރޯލު ކުރަން އިތުރު ފިޔަވަޅުތަކެއް އަޅަންޖެހޭ ހާލަތަށް ގޮސްފައިވާ ކަމަށެވެ. ނިޒާރު ވިދާޅުވި ގޮތުގައި މީގެ ކުރީން ދެ ފަހަރެއްގެ މަތިން އައްޑޫގައި ބަލި ފެތުރިގެން ދިޔަ އިރުވެސް ކޮންޓްރޯލް ކޮށްފައިވަނީ ބަންދުކޮށްގެން ކަމަށާއި ނަމަވެސް މިހާރު އެގޮތަށް އެކަން ނުކުރެވޭނެ ކަމަށެވެ.
އައްޑޫގައި މިހާރު އަލަށް އެޅުމަށް ކަނޑައެޅި ފިޔަވަޅުތަކުގެ ތެރޭގައި އެއްގެއިން އަނެއްގެއަށް ނުދިއުމާއި، ޖަލްސާތަކާއި ހަފްލާތަކާއި އަދި ކުޅިވަރު ހަރާކާތްތައް ހުއްޓާލުން ހިމެނެއެވެ. މީގެ އިތުރުން އައްޑޫގެ ސްކޫލްތަކުގައި ދެ ހަފްތާގެ މުއްދަތަށް ކިޔެވުން ނޫން އެހެން ހަރަކާތެއް ކުރިއަށް ނުގެންދިއުމަށް ވަނީ އަންގާފައެވެ. އަދި މިހާރު ކަނޑައަޅާފައިވާ ކާފިއު ވަގުތަށް ބަދަލެއް ނައިސް އޮތް ގޮތަށް ދަމަހައްޓާއިރު، ފުލުހުން އިތުރަށް މިކަންކަން ތަންފީޒު ކުރުމަށް ހަރަކާތްތެރި ވާނެ ކަމަށް އައްޑޫ އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ހާމަކުރެއެވެ.
އައްޑޫ ސިޓީގައި ކޯވިޑް ހަލުވިކަމާއެކު ފެތުރެމުންދާއިރު މިހާރު އެންމެ ދިގު މުއްދަތަކަށް މޮނީޓަރިންއަށް ލާފައި އޮތީ އައްޑޫއެވެ.
އައްޑޫގައި ދުވާލެއްގެ މައްޗަށް އެވްރޭޖްކޮށް މިހާރު 20 މީހުން ޕޮޒިޓިވް ވަމުންދާއިރު، އާދިއްތަ ދުވަހުގެ 6 ޖެހުމާއި ހަމައަށް ބަޖެހިފައިވާ އެންމެ ގިނަ މީހުން ތިބީ ހިތަދޫގައެވެ. ހިތަދޫގައި 178 އެކްޓިވް ކޭސް ހިމެނޭ އިރު، ދެން އެންމެ ގިނަ ކޭސް އުޅެނީ މަރަދޫގައެވެ. މަރަދޫގައި 40 މިހުންނަށް ބަލިޖެހިފައި އެބަތިއްބެވެ. ފޭދޫގައި 19 ކޭސް، މަރަދޫ ފޭދޫގައި އެންމެ ކޭހެކެވެ. މީގެ އިތުރުން ވަކިން އޮންނަ ހުޅުދޫން 5 ކޭސް އަދި މީދޫގައި 16 ކޭސް އެވެ.

ކޮވިޑް19ގެ ބަލިމަޑުކަން ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި އެޅުނު އިތުރު ފިޔަވަޅުތަކާއި، މިހާރު އެޅިފައިވާ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރުމާއި ގުޅިގެން އައްޑޫ ސިޓީ ކައުންސިލުން ނެރޭ އިޢުލާން. pic.twitter.com/ihbGnNQ7FH
— Addu City Council (@AdduCityCouncil) November 28, 2021
އައްޑޫގައި މިހާރު އަލަށް އެޅުމަށް ކަނޑައެޅި ފިޔަވަޅުތަކުގެ ތެރޭގައި އެއްގެއިން އަނެއްގެއަށް ނުދިއުމާއި، ޖަލްސާތަކާއި ހަފްލާތަކާއި އަދި ކުޅިވަރު ހަރާކާތްތައް ހުއްޓާލުން ހިމެނެއެވެ. މީގެ އިތުރުން އައްޑޫގެ ސްކޫލްތަކުގައި ދެ ހަފްތާގެ މުއްދަތަށް ކިޔެވުން ނޫން އެހެން ހަރަކާތެއް ކުރިއަށް ނުގެންދިއުމަށް ވަނީ އަންގާފައެވެ. އަދި މިހާރު ކަނޑައަޅާފައިވާ ކާފިއު ވަގުތަށް ބަދަލެއް ނައިސް އޮތް ގޮތަށް ދަމަހައްޓާއިރު، ފުލުހުން އިތުރަށް މިކަންކަން ތަންފީޒު ކުރުމަށް ހަރަކާތްތެރި ވާނެ ކަމަށް އައްޑޫ އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ހާމަކުރެއެވެ.
އައްޑޫ ސިޓީގައި ކޯވިޑް ހަލުވިކަމާއެކު ފެތުރެމުންދާއިރު މިހާރު އެންމެ ދިގު މުއްދަތަކަށް މޮނީޓަރިންއަށް ލާފައި އޮތީ އައްޑޫއެވެ.
އައްޑޫގައި ދުވާލެއްގެ މައްޗަށް އެވްރޭޖްކޮށް މިހާރު 20 މީހުން ޕޮޒިޓިވް ވަމުންދާއިރު، އާދިއްތަ ދުވަހުގެ 6 ޖެހުމާއި ހަމައަށް ބަޖެހިފައިވާ އެންމެ ގިނަ މީހުން ތިބީ ހިތަދޫގައެވެ. ހިތަދޫގައި 178 އެކްޓިވް ކޭސް ހިމެނޭ އިރު، ދެން އެންމެ ގިނަ ކޭސް އުޅެނީ މަރަދޫގައެވެ. މަރަދޫގައި 40 މިހުންނަށް ބަލިޖެހިފައި އެބަތިއްބެވެ. ފޭދޫގައި 19 ކޭސް، މަރަދޫ ފޭދޫގައި އެންމެ ކޭހެކެވެ. މީގެ އިތުރުން ވަކިން އޮންނަ ހުޅުދޫން 5 ކޭސް އަދި މީދޫގައި 16 ކޭސް އެވެ.
ކިޔުންތެރިންގެ ހިޔާލު