މާލޭގެ އެންމެ ކާރޫބާރޫ ބޮޑު އެއް ސަރަހައްދުކަމަށްވާ ބޮޑުތަކުރުފާނު މަގުގެ ބާޒާރުމަތީ ސަރަޙައްދުގައި ޕިކަޕް ޕާކްކުރުން މަނާކޮށްފިއެވެ.
މާލެ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ނޯތު ހާބަރުގެ މައި ގޭޓުން ފެށިގެން، ރޯ މަސް މާރުކޭޓާ ހަމައަށް ޕިކަޕްތައް މިހާރު ޕާކް ނުކުރެވޭނެކަމަށާއި އެ ސަރަހައްދުގައި މިހާތަނަށް ޕާކް ކުރަމުން އައި ކުދި ޕިކަޕްތަކަށް އިންޑަސްޓްރިއަލް ވިލެޖުން ޖާގަ ހަމަޖައްސައިދީފައިވާކަމަށެވެ.
މޭޔަރ ވިދާޅުވީ އެ ބަދަލު ގެނައީ ޕިކަޕް ޑްރައިވަރުންނާއެކު މަޝްވަރާކުރުމަށްފަހުކަމަށެވެ.
މާލެ ސިޓީ ކައުންސިލުން ބުނާގޮތުން ބާޒާރުމަތީގެ ސަރަހައްދުގައި 60 އަށްވުރެ ގިނަ ކުދި ޕިކަޕް ޕާކުކުރެއެވެ.
ބާޒާރުމަތީގެ ސަރަހައްދުގައި ޕިކަޕްތަކަށް ޕާކް ނުކުރެވޭ ގޮތް ހެދުމަށް ފަހު، އެ ސަރަހައްދުގައި ވަނީ ވަކި އަދަދަކަށް ސައިކަލް ޕާކް ކުރެވޭނެ ގޮތް ހަދައިފައެވެ. އަދި ހަތަރު ފުރޮޅުލީ އުޅަނދުތައް ވަކި ވަގުތެއް ވަންދެން މަޑުކޮށްގެން އޮވެވޭނެ ގޮތަށްވެސް ޖާގަތައް ވަނީ ހަދާފައެވެ.

ކިޔުންތެރިންގެ ހިޔާލު