އަތޮޅު ތެރޭގެ ރަށްރަށުގެ ސިއްހީ ހިދުމަތްދޭ ތަންތަނުގައި ބޭނުން ކުރުމަށް ސަރުކާރުން ހޯދި އެމްބިއުލާންސްތަކުގެ ތެރެއިން 20 ރަށަކަށް ބޭނުންވާ އެމްބިއުލާންސް ފޮނުވުމުގެ މަސައްކަތް ފަށައިފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.
ހެލްތު މިނިސްޓްރީން ބުނީ، އަތޮޅުތެރޭގައި ބޭނުންކުރުމަށް އެސްޓީއޯ މެދުވެރިކޮށް ގެނެސްފައިވާ 20 އެމްބިއުލަންސްގެ ދެވަނަ ޝިޕްމަންޓް ކަސްޓަމުން މިއަދު ކްލިއާކޮށް އިދާރީ ގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކުރުމަށްފަހު ރަށްރަށަށް ފޮނުވުމުގެ މަސައްކަތް މިހާރު ކުރިއަށްގެންދާ ކަމަށެވެ.
މިދިޔަ ޖޫން މަހު އަތޮޅުތަކަށް ބޭނުންވާ 96 އެމްބިއުލާންސް ގެނައުމަށް ސަރުކާރުން ވަނީ އެސްޓީއޯއާ ހަވާލުކޮށްފަ އެވެ. އެމަސައްކަތް ހަވާލުކުރީ ހަ މަސް ދުވަހުގެ ތެރޭގައި އެތަކެތި ގެނަސް ނިންމާ ގޮތަށެވެ.
މިހާރު އިތުރު 20 އެމްބިއުލަންސް ގެނަސް ރަށްރަށަށް ފޮނުވުމުގެ މަސައްކަތް ކުރަމުން ގެންދާއިރު މިދިޔަ މަހުގެ ތެރޭގައި ވެސް 20 އެމްބިއުލަންސް ގެނެސް ރަށްރަށަށް ފޮނުވާފައިވާކަން ފާހަގަކޮށްލެވެއެެވެ.

އަތޮޅުތެރޭގައި ބޭނުންކުރުމަށް އެސް.ޓީ.އޯ މެދުވެރިކޮށް ގެނެވިފައިވާ 20 އެމްބިއުލަންސްގެ ދެވަނަ ޝިޕްމަންޓް، ކަސްޓަމްސް އިން މިއަދު ކްލިއަރކޮށް އިދާރީގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކުރުމަށްފަހު އަތޮޅުތެރެއަށް ފޮނުވުމުގެ މަސައްކަތް މިނިސްޓްރީން ދަނީ ކުރަމުން pic.twitter.com/NBQEjm2wMF
— Ministry of Health (@MoHmv) November 29, 2021
މިދިޔަ ޖޫން މަހު އަތޮޅުތަކަށް ބޭނުންވާ 96 އެމްބިއުލާންސް ގެނައުމަށް ސަރުކާރުން ވަނީ އެސްޓީއޯއާ ހަވާލުކޮށްފަ އެވެ. އެމަސައްކަތް ހަވާލުކުރީ ހަ މަސް ދުވަހުގެ ތެރޭގައި އެތަކެތި ގެނަސް ނިންމާ ގޮތަށެވެ.
މިހާރު އިތުރު 20 އެމްބިއުލަންސް ގެނަސް ރަށްރަށަށް ފޮނުވުމުގެ މަސައްކަތް ކުރަމުން ގެންދާއިރު މިދިޔަ މަހުގެ ތެރޭގައި ވެސް 20 އެމްބިއުލަންސް ގެނެސް ރަށްރަށަށް ފޮނުވާފައިވާކަން ފާހަގަކޮށްލެވެއެެވެ.
ކިޔުންތެރިންގެ ހިޔާލު