އަހުމަދު މަސްނޫމް   30 ނޮވެމްބަރު 2021 - 0:40
މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ އުވާލުމަށް ރައްޔިތުންގެ މަޖިލީހުން މިރޭ ފާސްކޮށްފިއެވެ.

ޓްރާންސްޕޯޓް އޮތޯރިޓީ އުވާލުމުގެ ބިލް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށައަޅާފައިވަނީ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދެވެ. އެ ބިލު މިރޭ ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށް 52 މެންބަރުން ވަނީ ވޯޓް ދެއްވާފައެވެ.

ސަރުކާރުން މީގެ ކުރިން ބުނީ ޓްރާންސްޕޯޓް އޮތޯރިޓީ އުވާލުމަށް ހުށަހެޅީ، އެ އޮތޯރިޓީއާ ޓްރާންސްޕޯޓް މިނިސްޓްރީގެ މަސައްކަތްތަކާއި ފުށުއެރުންތަކެއް ހުރުމުން ކަމަށެވެ. ޓްރާންސްޕޯޓް އޮތޯރިޓީ އުވާލުމަށްފަހު އެތަނުން ކުރަމުން އައި މަސައްކަތްތައް ޓްރާންސްޕޯޓް މިނިސްޓްރީގެ ދަށަށް ބަދަލު ކުރާގޮތަށް ސަރުކާރުން ވަނީ ހަމަޖައްސާފައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މީގެ ކުރިން ވިދާޅުވީ އެ ގާނޫނު އުވާލައި ޓްރާންސްޕޯޓު މިނިސްޓްރީގެ އޮނިގަނޑަށް ގެނެވޭ ބަދަލުތަކާއެކު، މިނިސްޓްރީގެ ހިނގުން އަވަސްވެގެންދާނެ ކަމަށެވެ. ސަރުކާރުގެ ވިސްނުން ހުރީ ލާމަރުކަޒުކޮށް ވެހިކަލް ރަޖިސްޓްރީ ކުރުމުގެ ކަންކަން ކައުންސިލްތަކަށް ދޫކޮށްލުމަށެވެ.



ކިޔުންތެރިންގެ ހިޔާލު