ދިވެހިންގެ ނަމުގައި ވިޔަފާރިތައް ރަޖިސްޓްރީކޮށް، ބިދޭސީން ވިޔަފާރިކުރުން ހުއްޓުވުމަށް ސަރުކާރުން ހުށައެޅި ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނަށް ސަރުކާރުގެ ފަރާތުން ގެނައި މި އިޞްލާހުގެ ބިލު ފާސްކުރީ 53 މެންބަރުންގެ އަގުލަބިއްޔަތުންނެވެ.
ރާއްޖޭގައި ވިޔަފާރިއެއް ހިންގުމަށް ހަވާލުކުރާ ފަރާތަކީ ދިވެއްސަކަށްވުން އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނަށް ގެނައި އިސްލާހުން ވަނީ ލާޒިމްކޮށްފައެވެ. އެގޮތުން ޤާނޫނަށް ގެނައި އިޞްލާހުގައި ބުނެފައިވަނީ ވިޔަފާރި ހިންގަން ހަވާލުކުރާ ފަރާތަކީ އުމުރުން 18 އަހަރު ވެފައިވާ ދިވެއްސަކަށް ވާން ޖެހޭނެކަމަށެވެ.
މި ޤާނޫނަށް ގެނައި އިޞްލާހުތަކުގެ ތެރޭގައި ރާއްޖޭގައި ހިންގާ ވިޔަފާރިއެއްގައި ބިދޭސީން ޝާމިލްވާ ކަމަށް ރަޖިސްޓްރާ އޮފް ކޮމްޕެނީސްއަށް ފާހަގަކުރެވިއްޖެ ހިނދެއްގައި އެވިޔަފާރިއަކަށް ދީފައިވާ ހުއްދަ ބާޠިލްކުރުމުގެ ބާރު ވަނީ ދީފައެވެ. އެގޮތުން ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބިދޭސީއަކަށް ވިޔަފާރީގެ މަންފާ ލިބޭކަމަށް އެކަށީގެންވާ ހެއްކާއެކު ރެޖިސްޓްރާ އޮފް ކޮމްޕެނީސްއަށް ގަބޫލުކުރެވިއްޖެނަމަ އެ ވިޔަފާރިއެއްގެ ހުއްދަ ބާޠިލްކުރެވޭނެ ކަމަށް މަޖިލީހުން ފާސްކުރި ބިލުގައި ވަނީ ބުނެފައެވެ.
ދިވެއްސަކު ނިވާފަތްގަނޑަކަށްވެހުރެ، ސީދާގޮތުން ނުވަތަ ނުސީދާގޮތުން ބިދޭސީ ފަރާތަކަށް ވިޔަފާރީގެ މަންފާ ލިބިދިނުމަށް ހިންގާ ވިޔަފާރިތަކުގެ ސަބަބުން އެންމެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށާއި، ދިވެހިރައްޔިތުންނަށް ލިބޭ އިޤްތިޞާދީ ފުރުޞަތުތައް ހަނިވިޔަނުދީ ފިޔަވަޅުއެޅޭނެ އިންތިޒާމެއް ހަމަޖެއްސުމަކީވެސް އެ ޤާނޫނަށް އިޞްލާހު ގެނައުމުގެ މަޤްޞަދެއް ކަމަށް ބިލްގައިވެއެެވެ.

ކިޔުންތެރިންގެ ހިޔާލު