ޓެރަރިޒަމަށް ތުހުމަތު ކުރެވޭ މީހުން ކޯޓު އަމުރަކާ ނުލައި ހިފައި ހައްޔަރުކޮށް، ކޯޓަށް ހާޒިރުކުރުމަކާ ނުލައި 48 ގަޑިއިރު ބަންދުގައި ބޭތިއްބޭ ގޮތަށް ފުލުހުންނަށް ބާރު ދޭން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
ޓެރަރިޒަމަށް ތުހުމަތު ކުރެވޭ މީހުން ކޯޓު އަމުރަކާ ނުލައި ހިފައި ހައްޔަރުކޮށް، ކޯޓަށް ހާޒިރުކުރުމަކާ ނުލައި 48 ގަޑިއިރު ބަންދުގައި ބޭތިއްބޭ ގޮތަށް ފުލުހުންނަށް ބާރު ދޭން ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިރޭ ބޭއްވި ޖަލްސާގައެެވެ. މި ބިލު ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ކުރެންދޫ ދާއިރާގެ މެންބަރު އަބުދުލްޣަނީ އަބުދުލްހަކީމެވެ.
މި ބިލަކީ ޓެރަރިޒަމްގެ ކުށްތައް ތަހުގީގުކުރުމަށްޓަކައި ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ކުރިމަތިވާ ބައެއް ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ސަރުކާރުގެ ފަރާތުން ފޮނުއްވި ބިލެކެވެ.
ޓެރަރިޒަމްގެ ތުހުމަތައް ތަހުގީގު ކުރުމަށްފަހު، ގާނޫނުގައި ބުނާ މުއްދަތުގެ ތެރޭގައި ދައުވާ ނުކުރެވުނަސް، އެ ތަހުގީގު އަލުން ކުރެވޭނެ ހާލަތްތަކެއް މަޖިލީހުން ފާސްކުރި ބިލްގައި ވަނީ ހިމަނާފައެެވެ.
އެގޮތުން ޓެރަރިޒަމްގެ މައްސަަލައެއް ތަހުގީގު ކުރަން އޮންނަ މުއްދަތުގެ ތެރޭގައި ތަހުގީގު ނުނިމެނީ ފުލުހުންގެ ބާރު ނުފޯރާ ކަމެއްގެ ސަބަބުން ކަމަށް ވެއްޖެ ނަމަ، ތަހުގީގަށް އިތުރު މުއްދަތު ލިބޭނެ ކަމަށް ކޮމެޓީގެ ރިޕޯޓްގައިވެއެވެ. މުއްދަތު ފަހަނައަޅައި ދާއިރު ދައުވާ ކުރެވޭ ވަަރަށް ތަހުގީގު ނުނިމިގެން ހުއްޓިފައިވާ މައްސަލައެއްގައި އާ ހެއްކެއް ލިބިއްޖެ ނަމަ އަލުން ތަހުގީގުކޮށްް، ދައުވާކުރުމުގެ ފުރުސަތު ދޭން ވެސް ކޮމިޓީން ވަނީ ނިއްމާފައެެވެ.
ޓެރަރިޒަމްގެ މައްސަލަތައް ތަހުގީގު ކުރަން ގާނޫނުގައި މިހާރު އޮތް މުހުލަތު ހަމަވާއިރު، ތަހުގީގު ނިންމައި ދައުވާކުރަން ނުފޮނުވޭ ނަަމަ އެ މުއްދަތު އިތުރުކުރަން ޕީޖީ އޮފީހަށް ހުށަހެޅޭއިރު އެގޮތަށް ހުށަހެޅުމުން 15 ދުވަހަށް ވުރެ ދިގު ނޫން މުއްދަތެއް އިތުރު ކޮށްދިނުމުގެ އިހުތިޔާރު ޕީޖީއަށް އޮންނާނެ ކަމަށް ކޮމެޓީގެ ރިޕޯޓްގައިވެއެވެ.
މިހާލަތުގައި 15 ދުވަހުގެ ތެރޭގައި ތަހުގީގު ނިންމައި މުއްދަތު އިތުރުކުރި ސަބަބު ބަޔާންކުރާ ލިޔުމެއް، ދައުވާއާއެެކު ކޯޓަށް ހުށައަޅަންޖެހެއެެވެ. ގާނޫނަށް އިތުރުކުރި (ކ) ގައިވާ ގޮތަށް ކުރާ ތަހުގީގު ހިންގައި، އެ މުއްދަތުގައި ދައުވާ ނުކުރެވިއްޖެ ނަމަ އަލުން ދައުވާ ކުރެވޭނީ (މ) ގައިވާ ގޮތަށް އާ ހެއްކެއް ލިބިއްޖެ ހާލަތެއްގައި އެކަނި ކަމަށް ކޮމެޓީގެ ރިޕޯޓްގައި ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު