މިއަހަރުގެ ތިން ވަނަ ދައުރުގައި 20 ބިލެއްގެ މަސައްކަތް ނިއްމާލައި ރައްޔިތުންގެ މަޖިލިސް މިރޭ ޗުއްޓީއަށް ހިގައްޖެއެެވެ.
މިއަދު ބޭއްވި ތިން ވަނަ ދައުރުގެ ފަހު ޖަލްސާ މިރޭގެ ނިޔަލަށް ވަނީ ކުރިއަށް ގެންގޮސްފައެވެ. ރައްޔިތުންގެ މަޖިލީހުގެ ފަހު ޖަލްސާއަށްފަހު މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު ވިދާޅުވީ މި ދައުރުގައި 44 ޖަލްސާއަކާއި 320 ކޮމިޓީ ބައްދަލުވުން ބާއްވައިފައިވާ ކަމަށެވެ. މިދައުރަށް ހުށަހެޅި ނުވަ ބިލާއި ކުރީގެ ދައުރުގެ 32 ބިލާ އެކު، 41 ބިލުގެ ތެރެއިން 20 ބިލެއްގެ މަސައްކަތް އެއްކޮށް ނިންމާލާފައިވާކަން ރައީސް ނަޝީދު ވަނީ ފާހަގަކުރައްވާފައެވެ.
މިދައުރުގައި ފާސްކުރި ބިލްތަކުގެ ތެރޭގައި މަދަނީ އިޖްރާއަތުގެ ބިލާ އިންޑިއާގެ ސަރުކާރާ ދެމެދު ވެފައިވާ އެއްބަސްވުންތައް ދިރާސާކުރުމަށް ފަހު ކޮމިޓީން ނިންމި ރިޕޯޓް ވެސް މަޖިލީހުން ވަނީ ފާސްކޮށްފައެވެ.
މީގެ އިތުރުން ޓެރަރިޒަމްގެ ތަހުގީގަށް އިތުރު ވަގުތު ލިބޭ ބިލާއި، ދިވެހިންގެ ނިވަލުގައި ބިދޭސީން ވިޔަފާރިކުރުން ހުއްޓުވާ ބިލާއި ނަފުރަތުގެ ބިލު ވެސް މިދައުރުގައި ވަނީ ފާސްކޮށްފައެވެ. އަދި ގަރާޖު ސިޓީ އުވާލަން ނުފެންނަ ކަމަށް ނިންމުމާއި ޓްރާސްޕޯޓް އޮތޯރިޓީ އުވާލަން ފާސްކުރުމާއި ހުއްދަ ނެތި ގެދޮރު ކުއްޔަށް ނުދެވޭ ބިލު ފާސްކުރުމަކީ މިދައުރުގައި މަޖިލީހުން ކުރި މުހިންމު މަސައްކަތްތަކުގެ ތެރޭގައި ހިމެނެއެވެ.
ބިލުތަކުގެ އިތުރުން، ކުރީގެ ދައުރުގައި ނުނިމި ހުރި ގަރާރުތަކާއެކު 12 ގަރާރެއްގެ ތެރެއިން ހަތަރު ގަރާރު މި ދައުރުގައި ވަނީ ނިއްމާފައެވެ.
ޗުއްޓީ އަށް ފަހު މަޖިލިސް ދެން ފަށާނީ އަންނަ އަހަރު ފެބްރުއަރީ މަހު ތެރޭގައި ކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު