މަދަނީ އިޖުރައާތުގެ ބިލާއެކު މަދަނީ މައްސަލަތަކުގައި އިޖުރައާތުގެ ޔަގީންކަން ލިބިގެންދާނެ ކަމަށް ބަންޑާރަނައިބް އިބްރާހީމް ރިފްއަތު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިދައުރުގެ ފަހު ޖަލްސާގައި މަދަނީ އިޖުރައާތުގެ ބިލް، ވަނީ ފާސްކޮށްފައެވެ. އެކަމަށް އިޝާރަތް ކުރައްވައި ބަންޑާރަ ނައިބް ވިދާޅުވީ މަދަނީ އިޖުރާއަތުގެ ބިލް ފާސްވުމުން މައްސަލަތައް އަވަސްވެ، އިޖުރާއަތުގެ ޔަގީންކަން ލިބޭނެ ކަމަށެވެ.
ބަންޑާރަ ނައިބް ވަނީ މަޖިލީހުގެ މެމްބަރުންގެ އިއްތިފާގުން ބިލު ފާސްކޮށްދެއްވީތީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި މަޖިލީހުގެ މެންބަރުންނަށާ އަދި ޚާއްސަކޮށް ޖުޑިޝަރީ ކޮމިޓީގެ މުގައްރިރު އިމްތިޔާޒު ފަހުމީއަށް ޝުކުރު އަދާކުރައްވާފައެވެ.
މަދަނީ އިޖުރައާތުގެ ބިލް މަޖިލީހުން ފާސްކޮށްފައިވާއިރު އެ ބިލް މަޖިލީހަށް ހުށަހެޅިތާ އެއްއަހަރާއި ނުވަ މަހަށް ވުރެ ގިނަ ދުވަސް ވަނީ ވެފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ލީގަލް ކައުންސެލް އަހްމަދު އަބްދުﷲ އަފީފް މީގެކުރިން ވިދާޅުވީ ބިލް ނުނިމި އޮތުމަކީ އިންސާފަށް އޮތް ހުރަހެއް ކަމަށެވެ.
މަދަނީ އިޖުރައާތުގެ ބިލްގައި މަދަނީ ދައުވާތަކާ ބެހޭ އުސޫލުތަކާއި، ޝަރީއަތަށް މައްސަލަ ފޮނުވުމުގެ ކުރިން މައްސަލަ ހައްލުކުރުމުގައި އަމަލުކުރާނެ އުސޫލުތަކާއި، ޝަރީއަތަށް ހުށަހެޅޭ މައްސަލަތަކުގެ ޝަރީއަތް ހިންގުމުގެ އުސޫލުތައް ވަނީ ބަޔާންކޮށްފައެވެ. އަދި ހެއްކާ ބެހޭ ބައެއް އުސޫލުތަކާއި، ރާއްޖެއިން ބޭރުގެ ކޯޓުތަކުގައި ކޮށްފައިވާ ހުކުމްތައް ރާއްޖޭގައި ތަންފީޒު ކުރުމާ ގުޅޭ އުސޫލުތަކާއި، ހުކުމް ތަންފީޒުކުރުމާ ގުޅޭ އުސޫލުތަކާއި، އިސްތިއުނާފް ކުރުމާ ގުޅޭ އުސޫލުތަކާއި، އެނޫންވެސް މަދަނީ އިޖުރާއަތާ ގުޅޭ އާންމު އުސޫލުތައް ބިލްގައި ވަނީ ހިމަނާފައެވެ.

މަދަނީ އިޖުރާއަތުގެބިލު ފާސްވުމުން މައްސަލަތައް އަވަސްވެ،އިޖުރާއަތުގެ ޔަޤީންކަން ލިބޭނެ.ޢިއްތިފާޤުން ބިލު ފާސްކޮށްދެއްވީތީ ރައްޔިތުންގެ މަޖިލީހުގެ ރައީސް،ރައީސް @MohamedNasheed އާއި ޢިއްޒަތްތެރި މެންބަރުން ޚާއްޞަކޮށް ޖުޑީޝިއަރީކޮމިޓީގެ މުޤައްރިރު @Imthiyazfahmy ޝުކުރު އަދާކުރަން.
— I Riffath (@ibriffath) November 29, 2021
މަދަނީ އިޖުރައާތުގެ ބިލް މަޖިލީހުން ފާސްކޮށްފައިވާއިރު އެ ބިލް މަޖިލީހަށް ހުށަހެޅިތާ އެއްއަހަރާއި ނުވަ މަހަށް ވުރެ ގިނަ ދުވަސް ވަނީ ވެފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ލީގަލް ކައުންސެލް އަހްމަދު އަބްދުﷲ އަފީފް މީގެކުރިން ވިދާޅުވީ ބިލް ނުނިމި އޮތުމަކީ އިންސާފަށް އޮތް ހުރަހެއް ކަމަށެވެ.
މަދަނީ އިޖުރައާތުގެ ބިލްގައި މަދަނީ ދައުވާތަކާ ބެހޭ އުސޫލުތަކާއި، ޝަރީއަތަށް މައްސަލަ ފޮނުވުމުގެ ކުރިން މައްސަލަ ހައްލުކުރުމުގައި އަމަލުކުރާނެ އުސޫލުތަކާއި، ޝަރީއަތަށް ހުށަހެޅޭ މައްސަލަތަކުގެ ޝަރީއަތް ހިންގުމުގެ އުސޫލުތައް ވަނީ ބަޔާންކޮށްފައެވެ. އަދި ހެއްކާ ބެހޭ ބައެއް އުސޫލުތަކާއި، ރާއްޖެއިން ބޭރުގެ ކޯޓުތަކުގައި ކޮށްފައިވާ ހުކުމްތައް ރާއްޖޭގައި ތަންފީޒު ކުރުމާ ގުޅޭ އުސޫލުތަކާއި، ހުކުމް ތަންފީޒުކުރުމާ ގުޅޭ އުސޫލުތަކާއި، އިސްތިއުނާފް ކުރުމާ ގުޅޭ އުސޫލުތަކާއި، އެނޫންވެސް މަދަނީ އިޖުރާއަތާ ގުޅޭ އާންމު އުސޫލުތައް ބިލްގައި ވަނީ ހިމަނާފައެވެ.
ކިޔުންތެރިންގެ ހިޔާލު