ދިވެހިންނަށް އަމާޒުކޮށްގެން އިސްލާމްދީން ފިޔަވައި އެހެން ދީންތައް ފެތުރުމަށް ހިންގާ ވެބްސައިޓްތަކާއި ސޯޝަލް މީޑިއާ ޕޭޖްތަކާއި ޔޫޓިއުބް ޗެނަލްތަކާއި އެޕްލިކޭޝަންތަކަށް އާއްމުންނަށް ނުވަދެވޭ ގޮތަށް ބްލޮކް ކުރުމަށް ކުރިމިނަލް ކޯޓުން އަމުރެއް ނެރެފިއެވެ.
ކްރިމިނަލް ކޯޓުން މި އަމުރު ނެރެފައިވަނީ ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަށްް ހިމާޔަތްކުރުމުގެ ޤާނޫނާއި ޚިލާފަށް އިންޓަރނެޓްގެ ޒަރިއްޔާއިން އިސްލާމް ދީން ފިޔަވާ އެހެން ދީންތަކުގެ މައުލޫމާތު ދިވެހި ބަހުން ތަރުޖަމާކޮށް ފަތުރަމުންދާ މައްސަލަ، ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން ތަހުގީގުކުރުމަށްފަހުކަމަށް ފުލުހުން ބުނެފައި ވެއެވެ.
ކޯޓުން ނެރުނު އަމުރުގައި ވަނީ ދިވެހި ރާއްޖޭގެ އިންޓަރނެޓް ޚިދުމަތްދޭ ފަރާތްތަކުގެ އިހްތިސާސާއި ބާރު ހިންގާ ގޮތަށް މައުލޫމާތު ފަތުރަމުންދާ ވެބްސައިޓްތަކާއި ޕޭޖްތަކާއި އެޕްލިކޭޝަންތަކާއި ޔޫޓިއުބް ޗެނަލްތައް ހުއްޓުވައި ބޮލޮކްކުރުމަށް ރާއްޖޭގައި މި ޚިދުމަތް ދޭ އެންމެހާއި ފަރާތްތަކަށް އަންގާ އަމުރުކުރާކަމަށެވެ.
މިއަމުރު ތަންފީޒްކުރުމަށް ދިވެހިރާއްޖޭގައި އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދޭ އިންޓަނެޓް ސަރވިސް ޕްރޮވައިޑަރުންނަށް ސިޓީއަކުން މިހާރު ވާނީ އަންގާފައި ކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ. އަދި މި އަމުރު 72 ގަޑިއިރުގެ ތެރޭގައި ލިޔުމުން ދިވެހި ފުލުހުންނަށް އެންގުމަށާއި އަމުރާއި އެއްގޮތަށް އަމަލުނުކުރާ ފަރާތްތަކާއިމެދު ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެކަމަށްވެސް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފައި ވެއެވެ.
ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ޤަވާއިދުގެ 7 ވަނަ މާއްދާގައި ބުނެފައިވަނީ ރާއްޖޭގައި އިސްލާމް ދީން ފިޔަވައި އެހެން ދީންތަކުގެ ފޮތްތަކާއި، އެދީންތައް ފަތުރާ ކުރިއަރުވާ ފޮތްތަކާއި، ލިޔުންތައް ޢާންމުންގެ ތޭރޭގައްޔާއި ޢާއްމު ތަންތަނުގައި ގެންގުޅުމާއި، އެފަދަ ފޮތްތަކާއި ލިޔުންތައް ދިވެހި ބަހަށް ތަރުޖަމާކޮށްގެން ބެހުން ނުވަތަ ފެތުރުމަކީ މަނާކެމެކެވެ.

ކިޔުންތެރިންގެ ހިޔާލު