ހިޔާ ފުލެޓްތަކުގެ ފެން ބިލާ ގުޅޭ ގޮތުން ކަސްޓަމަރުންނަށް މައުލޫމާތު ދިނުމަށްޓަކައި ހިޔާ ފުލެޓް ޓަވަރ 13 ގައި ސަރުކާރުގެ ފެން ކުންފުނި، އެމް ޑަބްލިޔޫ އެސް ސީން މިއަދު ހެލްޕް ޑެސްކެއް ގާއިމްކޮށްފިއެވެ.
އެމް ޑަބްލިޔު އެސް ސީން މި ހެލްޕް ޑެސްކް ގާއިމްކުރުމުގެ މަގުސަދަކީ ހިޔާ ފުލެޓުތަކުގައި ދިރިއުޅޭ ފަރާތްތަކަށް ލުއިފަސޭހަ ކަމާއެކު ފެން މީޓަރު ރަޖިސްޓަރ ކުރުމުގެ ފުރުސަތު ދިނުމާއި، އެފަރާތްތަކަށް ވީހާވެސް ގާތުން ފެން ބިލާ ގުޅޭ މުހިންމު މައުލޫމާތު ފޯރުކޮށް ދިނުންކަމަށް އެކުންފުނިން ހާމަކޮށްފައިވެއެވެ.
އެގޮތުން މި ހެލްޕް ޑެސްކް މެދުވެރިކޮށް ކަސްޓަމަރުން ފެން ބިލާ ބެހޭގޮތުން އޮޅުންފިލުވަން ބޭނުންވާ މަޢުލޫމާތު ސާފު ކުރުމާއި، ފުލެޓް ތަކުގެ ފެން މީޓަރު ރަޖިސްޓަރ ކުރުމަށް ވެރިފަރާތުގެ އައި.ޑީ ކާޑާއި އަދި ހިޔާ ފުލެޓް އެގްރީމަންޓްގެ ޞަފްޙާ 29 ގެނައުމުން ފެން މީޓަރު ރަޖިސްޓްރީ ކޮށްދެވޭނެއެވެ. އަދި ކަސްޓަމަރުން މަހުން މަހަށް ބަހާލައިގެން ފެން ބިލަށް ފައިސާ ދެއްކުމަށް އެދޭނަމަ ހެލްޕް ޑެސްކް މެދުވެރިކޮށް އެމް.ޑަބްލިޔު.އެސް.ސީގެ ލީނިއަންސީ ޕޮލިސީއަށްވެސް އެދރވޭނެއެވެ. މީގެ އިތުރުން އެޕާޓްމަންޓް ތަކުގައި ފެން ލީކެއް އުޅޭކަން ދެނެގަންނާނެ ގޮތްތަކާއި، ފެން ލީކެއް އުޅޭކަން ފާހަގަ ކުރެވޭނަމަ ދެން ކަންތައްކުރަންވީ ގޮތުގެ މަޢުލޫމަތުވެސް މިހެލްޕް ޑެސްކް މެދުވެރިކޮށް ކަސްޓަމަރުންނަށް ހިއްސާ ކުރެވޭނެއެވެ.
އެމް.ޑަބްލިޔު.އެސް.ސީގެ މި ހެލްޕް ޑެސްކް ގާއިމްކުރެވިފައި ވަނީ މި ހިނގާ ނޮވެމްބަރު މަހުގެ 30 އިން ފެށިގެން ޑިސެމްބަރު މަހުގެ 4 އަށް، ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކު މެންދުރު 13:00 އިން ހަވީރު 17:00 އަށެވެ.
އެމް.ޑަބްލިޔު.އެސް.ސީން މަސައްކަތްކުރަމުން ދަނީ، ފެންބިލާއި ގުޅޭގޮތުން ދިމާވާ މައްސަލަތައް ހިޔާ ފުލެޓް ތަކުގެ ކަސްޓަމަރުންނާ ވީހާވެސް ގާތުން މަސައްކަތްކޮށް އަވަސް މުސްތަގްބަލެއްގައި މިކަމަށް ހައްލެއް ހޯދައިދިނުމަށް ކަމަށް އެކުންފުނިން ހާމަކޮށްފައިވެއެވެ. މިގޮތުން ހިޔާ ފުލެޓްތަކުގެ ފެން ބިލާ ގުޅޭ ގޮތުން ގާއިމްކުރެވުނު ހެލްޕް ޑެސްކުގެ އިތުރުން، 7962395 އަށް ގުޅުމުން، ނުވަތަ ވައިބަރ މެދުވެރިކޮށް މެސެޖް ކޮށްލުމުންވެސް މަޢުލޫމާތު ސާފުކުރެވޭނެކަމަށް އެކުންފުނިން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު