ތ. ގާދިއްފުށި ފެނާއި ނަރުދަމާ މަޝްރޫޢުގެ، ނަރުދަމާ ހޮޅިވަޅުލުމުގެ މަސައްކަތް ފަށައިފިއެވެ.

އެމްޓީސީސީން ކުރިއަށްގެންދާ މިމަސައްކަަތް ފަށާފައިވަނީ 29 ނޮވެމްބަރ 2021 ވަނަ ދުވަހުއެވެ.

މިމަޝްރޫޢުގެ ދަށުން ކުރިއަށްދާ އާރް އޯ ޕްލާންޓް އެޑްމިން އިމާރާތުގެ މަސައްކަތުގެ 57 ޕަސެންޓް މަސައްކަތް ނިމިފައިވާކަމަށްވެސް އެމްޓީސީސީން ވަނީ ހާމަކޮށްފައެވެ.

ތ. ގާދިއްފުށި ފެނާއި ނަރުދަމާ މަޝްރޫއަކީ ނޭޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ފަރާތުން އެމްޓީސީސީއާއި ހަވާލުކޮށްގެން ކުރިއަށްދާ މަޝްރޫއެކެވެ. މިއީ 20.9 މިލިއަން ރުފިޔާގެ މަޝްރޫކެވެ.

މި މަޝްރޫޢުގެ ދަށުން، 4070 މީޓަރު ދިގު ނަރުދަމާ ވިއުގައެއް ޤާއިމުކުރުމާއި، ނަރުދަމާގެ ޕަމްޕް ސްޓޭޝަނުން 210 މީޓަރުގެ ހޮޅި ގުޅުމާއި، 2 ޕަމްޕް ސްޓޭޝަން ޤާއިމުކުރުމުގެ މަސައްކަތް ހިމެނޭކަމަށް އެމްޓީސީސީއިންް ވަނީ ހާމަކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު