ސުޕްރީމް ކޯޓުން ޝަރުއީ ނިޒާމުގެ އިތުބާރު ދަމަހައްޓައިފިކަމަށް އިދިކޮޅު ޕީއެންސީގެ ނާއިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވީ ކުރީގެރައީސް ޔާމީންގެ މައްޗަށް އިއްވި ޖަލު ހުކުމް ބާތިލް ކުރުމާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުންނެވެ.

އާދަމް ޝަރީފް ވިދާޅުވީ ރާއްޖޭގެ ސުޕްރީމް ކޯޓުން ޝަރުއީ ނިޒާމުގެ އިތުބާރު ދަމަހައްޓައިފިކަމަށެވެ. އަދި މިއީ އުއްމީދީ ފެށުމެއްކަމަށް އޭނާ ވިދާޅުވިއެވެ.



ރައީސް ޔާމީންގެ މައްޗަށް 2019 ވަނަ އަހަރު ކްރިމިނަލް ކޯޓުން އިއްވި ހުކުމް ބާތިލްކުރުމާއި ގުޅިގެން ގިނަ ބަޔަކު ދަނީ ތަފާތު ޝުޢޫރުތައް ފާޅުކުރަމުންނެވެ. އެގޮތުން މިއަދުގެ ހުކުމާއެކު މި ވެރިކަމުގައި ޖުޑީޝަރީ މިނިވަންވެފައިވާކަން ސާބިތުވެފައިވާކަމަށް ބުނެ ގިނަ ފަރާތްތަކަކުން ދަނީ ސްޕްރީމް ކޯޓަށް ތައުރީފް ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު