އަހުމަދު މަސްނޫމް   1 ޑިސެމްބަރު 2021 - 0:6
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް މިއަދުން ފެށިގެން ރިސެސްއަށް ހިނގައްޖެއެވެ.

ޤާނޫނުގައިވާ ގޮތުން ކޮންމެ އަހަރެއްގެ ނޮވެމްބަރުމަހުގެ ފަހު ހަފްތާގެ އެންމެ ފަހު މަސައްކަތު ދުވަހުން ފެށިގެން، ވިދިގެން އަންނަ އަހަރުގެ ޖެނުއަރީމަހުގެ ފުރަތަމަ ރަސްމީ ދުވަހާ ހަމައަށް ސުޕްރީމް ކޯޓް އޮންނާނީ ރިސެސްގައެވެ. އަދި ސުޕްރީމްކޯޓް ރިސެސްގައި އޮންނަ ދުވަސްވަރު ކޮންމެހެން ބޭނުންޖެހިއްޖެ ޙާލަތެއްގައި މެނުވީ ސުޕްރީމް ކޯޓްގެ ޝަރީޢަތުގެ އަޑުއެހުމެއް ނުބާއްވާނެއެވެ.

ސުޕްރީމް ކޯޓު ރިސެސްގައި އޮތްނަމަވެސް ކޯޓަށް މައްސަލަތައް ބަލައިގަތުމާއި އިދާރީ މަސައްކަތްތައް ރިސެސްގެ ދުވަސްވަރުގައި ވެސް ކުރިއަށްދާނެއެވެ.

ސުޕްރީމް ކޯޓް ރިސެސްގައި އޮންނަ މުއްދަތުގައި، ސުޕްރީމް ކޯޓްގެ ފަނޑިޔާރުން ބޭނުންވެއްޖެ ނަމަ ޝަރީޢަތުގެ އަޑުއެހުމެއް ބޭއްވިދާނެއެވެ. އަދި ޤާނޫނުން ވަކި މުއްދަތަކަށް ނިންމަންޖެހޭ ކަމެއް އޮވެއްޖެނަމަ އެމުއްދަތުގައި އަޑުއެހުންތައް ބޭއްވުމަށް ޤާނޫނު ލާޒިމުކުރެއެވެ.

ޤާނޫނު ބުނާގޮތުން ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށްފިނަމަ ސުޕްރީމްކޯޓްގެ ރިސެސްގެ މުއްދަތު ނިމުމަކަށް އަންނާނެއެވެ.



ކިޔުންތެރިންގެ ހިޔާލު