ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް ސުޕްރީމް ކޯޓުން ބާތިލްކުރުމުން ޝަރުއީ ކޯޓުތަކަށް އޮތް އިތުބާރު ބޮޑުވެއްޖެކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މަޖިލީހުގެ އިދާރާއިން ކުރިއަށްގެންދާ "އާސްކް ސްޕީކާ" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އާސްކް ސްޕީކަރ ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ޝަރުއީ ދާއިރާ ހަރުދަނާވެ، ޝަރުއީ ދާއިރާއަށް ރައްޔިތުން ކުރާ އިތުބާރު ބޮޑުވަމުން އަންނަ ކަމަށެވެ. ރައީސް ޔާމީންގެ ހުކުމް ބާތިލްކުރި މައްސަލައަށް އަލިއަޅުއްވާލައްވަމުން ރައީސް ނަޝީދު ވިދާޅުވީ ވެރިކަމުގެ ބާރު ނެތް ދަނޑިވަޅެއްގައި، ކުރީގެ ރައީސެއްގެ މައްޗަށް އިއްވި ހުކުމެއް އެންމެ މަތީ ކޯޓުން ބާތިލް ކުރުމަކީ ރާއްޖޭގައި މިއަދު އަލަށް ހިނގާދިޔަ ކަމެއް ކަމަށެވެ. އަދި އެކަމުން ޝަރުއީ ދާއިރާ ސިޔާސީ ނުފޫޒުން މިންޖުވެފައިވާ މިންވަރު ހާމަވެގެން ގޮސްފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ ދެހާސް އަހަރުގެ ދިގު ތާރީހެއްގައި މިއީ ދިވެހިރާއްޖޭގެ ކުރީގެ ވެރިއަކު، ރައީސަކު، އެބޭފުޅެއްގެ ވެރިކަމުން ބޭރުގައި ކޯޓަކުން ދޫކޮށްލުމަށް ހުކުމް އިއްވި ފުރަތަމަ ފަހަރުކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ ޝަރުއީ ދާއިރާ މިނިވަންވެފައިވާކަމަށް ގިނަ ބަޔަކު މިހާރު ގަބޫލު ކުރާ ކަމަށާއި އިދިކޮޅު ފަރާތްތަކުންވެސް ޝަރުއީ ދާއިރާ އިސްލާހުވެފައި ހުރި މިންވަރުގެ ވާހަކަ ދައްކަވާކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ ޖުޑީޝަލް ސަރވިސް ކޮމިޝަން އެކުލެވިގެންވާ ގޮތާއި، އެނޫންވެސް ބައެއް އިސްލާހުތައް ގާނޫނު އަސާސީއަށް ގެންނަންޖެހޭ ކަމަށެވެ. އެހެންނަމަވެސް އެ އިސްލާހުތައް ގެނަންނާނީ ބޮޑު އެއް އިސްލާހުގެ ގޮތުގައި ކަމަށް ވިދާޅުވި އެވެ. އެއީ ބަރުލަމާނީ ނިޒާމުގެ އިސްލާހާއި އެކުގައި ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

އާސްކް ސްޕީކާގެ 4 ވަނަ ޕްރޮގްރާމްގެ ފޮޓޯތައް#AskSpeaker
— People's Majlis (@mvpeoplesmajlis) November 30, 2021
ފޮޓޯ އަލްބަމް:https://t.co/wtfQlS7tG2 pic.twitter.com/cit4L03AMn
ރައީސް ނަޝީދު ވިދާޅުވީ ދެހާސް އަހަރުގެ ދިގު ތާރީހެއްގައި މިއީ ދިވެހިރާއްޖޭގެ ކުރީގެ ވެރިއަކު، ރައީސަކު، އެބޭފުޅެއްގެ ވެރިކަމުން ބޭރުގައި ކޯޓަކުން ދޫކޮށްލުމަށް ހުކުމް އިއްވި ފުރަތަމަ ފަހަރުކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ ޝަރުއީ ދާއިރާ މިނިވަންވެފައިވާކަމަށް ގިނަ ބަޔަކު މިހާރު ގަބޫލު ކުރާ ކަމަށާއި އިދިކޮޅު ފަރާތްތަކުންވެސް ޝަރުއީ ދާއިރާ އިސްލާހުވެފައި ހުރި މިންވަރުގެ ވާހަކަ ދައްކަވާކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ ޖުޑީޝަލް ސަރވިސް ކޮމިޝަން އެކުލެވިގެންވާ ގޮތާއި، އެނޫންވެސް ބައެއް އިސްލާހުތައް ގާނޫނު އަސާސީއަށް ގެންނަންޖެހޭ ކަމަށެވެ. އެހެންނަމަވެސް އެ އިސްލާހުތައް ގެނަންނާނީ ބޮޑު އެއް އިސްލާހުގެ ގޮތުގައި ކަމަށް ވިދާޅުވި އެވެ. އެއީ ބަރުލަމާނީ ނިޒާމުގެ އިސްލާހާއި އެކުގައި ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
ކިޔުންތެރިންގެ ހިޔާލު