ދެކުނު ކޮރެއާއިން ދިވެހިންނަށް ފޯރުކޮށްދޭ މަތީ ތަޢުލީމުގެ ދާއިރާގެ ސްކޮލަރޝިޕްގެ ފުރުސަތުތައް އިތުރަށް ފުޅާކުރުމަށް ނައިބު ރައީސް ފައިސަލް ނަސީމާއި، ދެކުނު ކޮރެޔާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖިއޮންގް ވޫންޖިން މަޝްވަރާކުރައްވައިފިއެވެ.
މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމެއްގައި ދެ ބޭފުޅުން ވަނީ، މަތީ ތައުލީމުގެ ދަައިރާއިން ސްކޮލަރޝިޕްތައް އިތުރު ކުރުމާއި ގުަލޭ ގޮތުންނާއި ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ގޮތްތަކާމެދު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައެވެ.
އެގޮތުން، މަތީ ތަޢުލީމުގެ ދާއިރާއިން ސްކޮލަރޝިޕް އަދި ބަހުގެ ދާއިރާއިން ތަމްރީނުގެ ފުރުޞަތުތައް އިތުރުކުރުމާއި، އެކްސްޗޭންޖް ޕުރޮގުރާމުތައް އިތުރަށް ފުޅާކުރުމާ ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވާފައެވެ.
މީގެއިތުރުން އަންގާރަ ދުވަހަކީ، ދިވެހިރާއްޖެއާއި ދެކުނު ކޮރެޔާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 54 އަހަރު ފުރުނު ދުވަސްކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ، ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުމުގެ ތެރެއިން، ކޮވިޑް-19 ގެ ބަލިމަޑުކަމުން އަރައިގަތުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތުގައި އެ ޤައުމުގެ ސަރުކާރުން ފޯރުކޮށްދީފައިވާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކުރައްވާ ކަމުގައެވެ.
މި ބައްދަލުކުރެއްވުމުގައި ދެކުނު ކޮރެޔާގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި، ހުސްވި ނޮވެންބަރު މަހު އިނގިރޭސި ވިލާތުގެ ގްލާސްގޯގައި ބޭއްވި އ.ދ.ގެ ކްލައިމެޓް ޗޭންޖް ކޮންފަރެންސް، (ކޮޕް26) ގައި ދިވެހިރާއްޖެއިން އަދާކޮށްފައިވާ ދައުރު ފާހަގަކުރައްވައި، އެކަމަށް ތަޢުރީފު ކުރައްވާފައިވެއެވެ.
އަދި މި ދާއިރާއިން ވާހަކަފުޅު ކުރިއަށް ގެންދަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ، މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކަކީ ރާއްޖެއިން ނުހަނު ކަންބޮޑުވާ މައްސަލައެއް ކަމަށެވެ. އެހެންކަމުން ތިމާވެށީގެ ދާއިރާއިން ދެ ޤައުމު ގުޅިގެން މަސައްކަތް ކުރުމާމެދު ދެ ބޭފުޅުން އިތުރަށް ވަނީ މަޝްވަރާކުރައްވާފައެވެ.
ދިވެހިރާއްޖެއާއި ދެކުނު ކޮރެޔާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށްފައިވަނީ 1967 ގެ ނޮވެމްބަރު މަހު 30 ގައެވެ.

ކިޔުންތެރިންގެ ހިޔާލު