ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން ޒުވާނުން ތަމްރީނުކުރުމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އާއެކު މާލޭ ވޯޓަރ އެންޑް ސްވެރޭޖް ކޮމްޕެނީ، އެމް ޑަބްލިޔު އެސް ސީން އެމް އޯ ޔޫ އެއްގައި ސޮއިކޮށްފިއެވެ.
މި އެމް.އޯ.ޔޫ ގައި އެމް ޑަބްލިޔު އެސް ސީގެ ފަރާތުން ސޮއި ކުރެއްވީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޙަސަން ޝާހެވެ. ޔޫތު މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރ ޙުސެއިން އިސްމާޢީލެވެ.
ނެޝަނަލް އެޕްރެންޓިސްޝިޕް ޕުރޮގްރާމަކީ މަސައްކަތު މާޙައުލުގައި ތިބެގެން އެ ދާއިރާތަކުގެ ތަޖުރިބާކާރުންގެ ބެލުމުގެ ދަށުން
މަސައްކަތްތައް ދަސްކޮށް، ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުޞަތު ޤައުމީ ފެންވަރުގައި ހުޅުވާލައިގެން ޔޫތު މިނިސްޓްރީން ހިންގާ ޚާއްސަ ޕްރޮގްރާމެކެވެ.
ނެޝަނަލް އެޕްރެންޓިސްޝިޕް ޕުރޮގްރާމްގެ ދަށުން ފެންކުންފުނިން ހިންގާ ޕްރޮގްރާމްގެ ފުރަތަމަ 02 ބެޗްގައި 17 ދާއިރާއަކުން 73 ޒުވާނަކަށް ފުރުޞަތު ލިބިގެންދާނެކަމަށް އެކުންފުނިން ބުނެފައި ވެއެވެ. މި ޕްރޮގްރާމްގައި ފެންކުންފުނީގައި މިވަގުތު މަސައްކަތްކުރާ 15 މުވައްޒަފެއް ބައިވެރިވާނެކަމަށްވެސް އެކުންފުނިން ހާމަކޮށްފައިވެއެވެ. މިޕްރޮގްރާމްގައި ކޮންމެ ބެޗެއްގެ ބައިވެރިން 06 މަސްދުވަހުގެ މުއްދަތަށް އެމް ޑަބްލިޔު އެސް ސީ ގައި މަސައްކަތްކޮށް، ބައިވެރިވާ ދާއިރާގެ ހުނަރުތައް ޢަމަލީ ގޮތުން ދަސްކޮށް، ތަމްރީން ވެގެންދާނެއެވެ. މިޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވަނީ މިހިނގާ ޑިސެމްބަރ މަހުގެ ތެރޭގައެވެ.
އެމް.އޯ.ޔޫ ގައި ސޮއި ކުރެއްވުމަށްފަހު ނޫސްވެރިންނާއި ވާހަކަދައްކަވަމުން އެމް ޑަބްލިޔު އެސް ސީގެ މެނޭޖިންގ ޑިރެކްޓަރ ޙަސަން ޝާޙް ވިދާޅުވީ އެކުންފުނީގެ އުންމީދަކީ މިޕުރޮގްރާމްގެ ސަބަބުން، މުޖުތަމަޢުގައި ވަޒީފާގެ ފުރުޞަތު ނުލިބި ތިބި ޒުވާނުންނަށް އެފުރުޞަތު ތަނަވަސްކޮށްދީ، މުޖުތަމަޢުގައި ބޭނުން ހިފޭ ޒުވާން މަސައްކަތްތެރިންތަކެއް ބިނާކުރުންކަމަށެވެެ.
ނެޝަނަލް އެޕްރެންޓިސްޝިޕް ޕުރޮގްރާމް ފުރިހަމަ ކުރާ ފަރާތްތަކަށް ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގައި ހިމެނޭ ލެވެލް 3 ގެ ސެޓްފިކެޓެއް ދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި މި ތަމްރީން ޕުރޮގްރާމްތައް ހިންގާނީ މޯލްޑިވްސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމެންޓް އޮތޯރިޓީގެ "ނެޝަނަލް ކޮމްޕިޓެންސީ ސްޓެންޑަރޑްސް" އާ އެއްގޮތަށެވެ.

ކިޔުންތެރިންގެ ހިޔާލު