އާރުއެލް ނަމަަކަށް ކިޔާ އައި ވީގެ ބާވަތެއް ބޭނުންކުރުން މަނާކޮށްފިއެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުނީ ރާއްޖެ އެތެރެކޮށް ބޭނުންކުރަމުންދާ އާރު އެލް ނަމަކަށް ކިޔާ އައިވީގެ ބާވަތަކުން މައްސަލަތަކެއް ފެނިފައިވާކަމަށެވެ. އެހެންކަމުން އާރުއެލް އައިވީގެ ބާވަތްތައް ބޭނުންކުރުމާއި ވިއްކުން މަނާކޮށްފައިވާކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުނެއެވެ.





މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުނީ މައްސަލަ ފާހަގަވި އައިވީގެ ބާވަތްތަކަކީ އެ އޮތޯރިޓީން ހުއްދަ ދީގެން އެތެރެކޮށްފައިވާ ތަކެތި ނޫންކަމަށެވެ. އެހެންކަމުން މިބަވާތުގެ އައިވީ އެއްވެސް ބޭސް ފިހާރައެއް ނުވަތަ ސިއްހީ ހިދުމަތްދޭ ތަނެއްގައި ހުރިނަމަ 7200321 ފޯނަށް ގުޅައި އެކަން އެންގުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން އިލްތިމާސްކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު