ޖަރުމަނުވިލާތުގައި ރާއްޖެ އިސްތިހާރުކުރުމުގެ ޚާއްސަ ޙަރަކާތެއް ޓީޔޫއައިއާއެކު ފަަށައިފިއެވެ.
ރާއްޖޭގެ ފަތުރުވެރިކަން ބޭރު ދުނިޔޭގައި އިސްތިހާރުކޮށް ޕްރޮމޯޓު ކުރާ އެމްއެމްޕީއާރުސީން ފެށި މި ޙަރަކާތް އަންނަ އޭޕްރީލްމަހުގެ 3ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ.
ޓީޔޫއައި ގުރޫޕަކީ ފަތުރުވެރިކަމުގެ ޚިދުމަތް ފޯރުކޮށްދޭ ޖަރުމަންވިލާތުގެ މަލްޓިނެޝަނަލް ކުންފުންޏެކެވެ. މިއީ ފަތުރުވެރިކަމުގެ ޚިދުމަތްދޭ ފަރާތްތަކާއި މި ޚިދުމަތް ލިބިގަންނަ ފަރާތްތައް ގުޅުވައިދިނުމުގައި މުހިންމު ރޯލެއް އަދާކުރާ ބައިނަލްއަޤްވާމީ ކުންފުންޏެކެވެ. 50 އަހަރުގެ ތަޖުރިބާ ލިބިފައިވާ މިކުންފުނީގެ އަމިއްލަ ޓްރެވަލް އެޖެންސީތަކާއި ހޮޓާތަކާއި ކްރޫސް ޝިޕްތަކުގެ އިތުރުން ރީޓެއިލް ފިހާރަތައްވެސް ހުރެއެވެ.
މި ކުންފުނިން ޔޫރަޕްގެ 5 އެއަރލައިނަކާއި ޓުއަރ އޮޕަރޭޓަރުން ހިންގާއިރު އެ ކުންފުންޏަކީ ފަތުރުވެރިކަމުގެ ޚިދުމަތްދޭ އަދި ޚިދުމަތް ހޯދާ ޔޫރަޕްގެ ބައެއް ފަރާތްތައް ޕާޓްނަރުންގެ ގޮތުގައި ހިމެނޭ ކުންފުންޏެކެވެ.
އެމްއެމްޕީއާރުސީއާއި ޓީޔޫއައިއާ ގުޅިގެން ހިންގާ ކެމްޕެއިންގެ ތެރެއިން ޖަރުމަނު ވިލާތުގައި ރާއްޖޭގެ އިސްތިހާރާއި މަޢުލޫމާތު އާޓިކަލް، ޕްރެސް ރިލީޒް، ފޮޓޯ، ވީޑިއޯތައް ސޯޝަލް މީޑިއާއާއި އެހެނިހެން ޕްލެޓްފޯމްތައް މެދުވެރިކޮށް ފަތުރުވެރިކަމުގެ ޚިދުމަތްދޭ އަދި ހޯދާ ފަރާތްތަކާ ހަމައަށް ފޯރުކޮށްދޭނެއެވެ.
އެމްއެމްޕީއާރުސީން ބުނީ، މިއީ ޖަރުމަންވިލާތުގައި ރާއްޖެ އިސްތިހާރުކުރުމަށް ގެންގުޅޭ ސިޔާސަތުގެ ދަށުން ހިންގާ ކެމްޕެއިނެއް ކަމަށެވެ. މި ކެމްޕެއިންގެ މަޤްސަދަކީ މި މާކެޓުގެ މަތީ ފަންތީގެ ފަތުރުވެރިންގެ މެދުގައި ރާއްޖޭގެ މަޤްބޫލުކަމާއި، ބްރޭންޑް ގާއިމުކޮށް ދެމެހެއްޓުމެވެ. އަދި ރާއްޖެއިން ލިބެންހުރި ޚިދުމަތްތަކާއި ތަޖުރިބާތައް އަންގައިދީ، ފަތުރުވެރިންނަށް ރާއްޖޭގައި ހުރި ފުރުސތުތައް އިސްތިހާރުކުރުންވެސް މީގެތެރޭގައި ހިމެނެއެވެ.
ޖަރުމަންވިލާތަކީ ރާއްޖެއަށް މިހާރު 3ވަނައަށް އެންމެ ގިނަ ޢަދަދަކަށް ފަތުރުވެރިން އަންނަ ޤައުމެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް އެޤައުމުން ރާއްޖެއަށް 81484 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު