އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް، ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ބައިވެރިވެވަޑައިގަންނަވާ ޖަލްސާއެއް މިރޭ ޕީޕީއެމް އޮފީހުގައި އޮންނާނެ ކަމަށް އެޕާޓީން ބުނެފިއެެވެ.
ޕީޕިއެމުން ބުނީ އެޕާޓީގެ އޮފީހުގައި މިރޭ ބާއްވާ ޖަލްސާ ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 9:00 ޖަހާއިރު ކަމަށެވެ. އަދި މިޖަލްސާގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވާނެ ކަމަށް އެޕާޓީން ބުނެ އެވެ. މިއީ އެމަނިކުފާނުގެ މައްޗަށް ދަށު ކޯޓުން އިއްވި ފަސް އަހަރުގެ ޖަލު ހުކުމުގެ 2 އަހަރު ދުވަސް ތަންފީޒުކުރެއްވި ފަހުން ސްޕްރީމް ކޯޓުން އެހުކުމް ބާތިލު ކުރިފަހުން ރައީސް ޔާމީން އާންމުތަނެއްގައި މިގޮތަށް ވާހަކަފުޅު ދައްކަވާނެ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ. ޕީޕީއެމުން ބުނީ މިރޭގެ ޖަލްސާ ބާއްވާނީ ރައްޔިތުންނަށް ރައީސް ޔާމީން ޝުކުރު އަދާކުރުމަށްޓަކައި ކަމަށެވެ.
މިރޭ ޕީޕިއެމުން ޖަލްސާއެއް ބާއްވަން ނިންމައިފައިވާއިރު މި އަންނަ ހުކުރު ދުވަހުގެރޭ ކާނިވާ ސަރަހައްދުގައިވެސް ބޮޑު ޖަލްސާއެއް ބޭއްވުމަށް ނިންމާފައިވާ ކަން ޕީޕީއެމުން ވަނީ އިއުލާންކޮށްފައެވެ. އެ ޖަލްސާގައިވެސް ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ޕީޕީއެމުން ވަނީ ބުނެފައެވެ. ރައީސް ޔާމިނަށް އިއްވި ޖަލު ހުކުމުން އެމަނިކުފާން ސަލާމަތްވުމާއި ގުޅިގެން މާލެއާއި އަތޮޅުތަކުގައި އެމަނިކުފާނަށް ސަޕޯޓްކުރާ ގިނަ ބަޔަކު ގެންދަނީ އުފާފާޅުކުރުމުގެ އެކި ހަރަކާތްތައް ބާއްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު