ލޯކަލް ކައުންސިލްތައް އޮޑިޓްކުރުމަށް ދިވެހި 8 އޮޑިޓް ފާމަކާ ޙަވާލުކޮށްފިއެވެ.
އޮޑިޓް އޮފީހުގައި މިކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ލޯކަލް ކައުންސިލްތައް އޮޑިޓް ކުރުމަށް ހަވާލުކުރި ދިވެހި 8 އޮޑިޓް ފާމަކާއެކު ވަނީ އެއްބަސްވުންތަކުގައި ސޮއިކޮށްފައެވެ. މިއަދު އެކުލަވާލި އެއްބަސްވުންތަކުގެ ދަށުން އެކި ކްލަސްޓާތަކަށް ބަހާލައިގެން 8 އޮޑިޓް ފާމަކާއި ވަނީ ކައުންސިލްތައް ހަވާލުކޮށްފައެވެ.
މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީގެ މުޤައްރިރު އަދި ހުޅުމާލެ ދާއިރާގެ މެމްބަރު ޢަލީ ނިޔާޒު ވިދާޅުވީ ކައުންސިލްތަކުން ކުރާ ޚަރަދުތަކަކީ ދެފުށްފެންނަ ގޮތަކަށް ކުރެވޭ ޚަރަދުތަކަށް ހެދުމަށްޓަކައި، ރަނގަޅު އޮޑިޓެއް ހެދޭފަދަ ނިޒާމެއް އޮޑިޓް އޮފީހުން މިއަދު ގާއިމް ކުރިކަމީ ލިބިގެންދާ ވަރަށްބޮޑު ހިތްހަމަޖެހުމެއްކަމަށެވެ.
"އަޅުގަނޑުމެން މިވަނީ މީގެ ކުރިން 600 މިލިޔަނާއި، 800 މިލިޔަނާއި ދޭތެރޭ ދެމުންދިޔަ ފައިސާގެ އަދަދު 1.5 ބިލިޔަނަށް މަތިކޮށްފައި. އިތުރަށްވެސް މާލީ ބާރުވެރިކަން ހޯދައި އަމިއްލައަށް ތަނަވަސްކަން ހޯދޭނެ ގޮތަށް ޤާނޫނަށް ވަނީ ބަދަލު ގެނެސްފައި." އަލީ ނިޔާޒު ވިދާޅުވިއެވެ.
އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ވިދާޅުވީ ކައުންސިލްތައް އޮޑިޓް ކުރުމަށްޓަކައި ދިވެހި އޮޑިޓް ފާމްތަކާ ޙަވާލު ކުރުމުގެ އެންމެބޮޑު މަގުސަދަކީ މިކަމަކީ ހަމައެކަނި އޮޑިޓް އޮފީހަށް އެކަނި ކުރެވޭނެ މަސައްކަތަކަށް ނުވުމުން ކަމަށެވެ. ނަމަވެސް އޮޑިޓް ފާމްތަކުން ކުރާ އޮޑިޓްތައް ނިމުމުން އޮޑިޓް އޮފީހުން އެރިޕޯޓްތައް ބަލާނެކަމަށް ނިޔާޒީ ވިދާޅުވިއެވެ.
ނިޔާޒީ ވިދާޅުވީ ކައުންސިލްތަކުންވެސް ފައިސާ ޚަރަދުކުރުމުގައި މާލިއްޔަތު ޤަވާޢިދުތަކާއި އެއްގޮތަށް ކަންކަން ކުރުމަކީ މުހިންމު ކަމެއްކަމަށެވެ.
ލޯކަލް ކައުންސިލްތައް އޮޑިޓްކުރުމަށް ދިވެހި 8 އޮޑިޓް ފާމަކާ ޙަވާލުކޮށްފައިވާއިރު މިއީ ކައުންސިލްތައް އޮޑިޓް ކުރުމުގެ މަސައްކަތް އޮޑިޓްފާމްތަކާ ހަވާލުކޮށްގެން ކުރިއަށް ގެންދެވޭ ފުރަތަމަ ފަހަރެވެ.
ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށްޓަކައި، މިސަރުކާރުން ޤާނޫނަށް ގެނައި ބަދަލުތަކާއިއެކު، ކައުންސިލްތަކަށް މާލީ ބޮޑެތި ބާރުތަކެއް ވަނީ ދޫކޮށްލާފައެވެ. ދައުލަތުގެ ބަޖެޓުން ގްރާންޓުގެ ގޮތުގައި 1.5 ބިލިޔަން ރުފިޔާ ހަމަޖައްސާފައިވާއިރު، ކައުންސިލްތަކުން އަމިއްލައަށްވެސް މާލީ ތަނަވަސްކަން ހޯދޭނެ ގޮތަަށް ޤާނޫނަށް ވަނީ ބަދަލު ގެނެސްފައެވެ.

ކިޔުންތެރިންގެ ހިޔާލު