ރާއްޖެއަށް ހަމަޖެހުން އަންނާނީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މުގުލުގައި ހުރި ކަމަށް ދައުލަތުން ތުހުމަތުކުރާ ކުރީގެ ނާއިބް ރައީސް އަހުމަދު އަދީބު މިނިވަންވި ދުވަހަކުން ކަމަށް ރައީސް އޮފީހުގެ ކުރީގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ މިއަދު ވިދާޅުވެއްޖެއެވެ.
މުއާޒު މިހެން ވިދާޅުވީ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައާ ގުޅިގެން މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދެވި ރައީސް އަބުދު ﷲ ޔާމިންގެ މައްޗަށް ދަށު ކޯޓުން ކުރި ހުކުމް ސްޕްރީމް ކޯޓުން ބާތިލްކޮށް އެމަނިކުފާނު މިނިވަންކޮށްފައިވަނިކޮށެވެ.
ރައީސް ޔާމީންގެ ސަރުކާރުގައި އެމަނިކުފާނުގެ އެންމެ އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގެންނެވި މުއާޒް ވިދާޅުވީ ބޮޑު ފަނޑިޔާރު ގޭގެ އަދުލުވެރިކަން ހަމައެކަނި ޔާމީނާ ހަމައަކުން ނުނިމޭ ކަމަށެވެ. އެ އަދުލުވެރިކަން އަދީބާވެސް އަރާ ހަމަވާން ޖެހޭ ކަމަށް މުއާޒް ވިދާޅުވިއެވެ.
މުއާޒު ވިދާޅުވީ ރާއްޖެއަށް ހަގީގީ ހަމަޖެހުމާއި އިންސާފު އަންނާނީ އަދީބު މިނިވަންވީ ދުވަހަކުން ކަމަށެވެ. މުއާޒް ވަނީ ރައީސް ޔާމީނާއި އަދީބަށް ވެސް ތައުރީފް ކުރައްވާފައެެވެ.
މުއާޒް ވިދާޅުވީ ރާއްޖެއަށް ބިޔަ ބޮޑެތި މަޝްރޫއުތައް ގެނެސްދިން މޭސްތިރިއަކީ އަދި ހިޔާލީ ފިކުރުގެ އަސްލަކީ އަދީބު ކަމަށެވެ.
މީގެ އިތުރުން މުއާޒް ވިދާޅުވީ ރައީސް ޔާމީނަކީ ވަގެއް ނޫންކަން އޭރު ވިދާޅުވި ވާހަކަ ތެދަކަށްވެފައިވާ ކަމަށެވެ. އެކަމަކު ކޮންމެ ސަރުކާރެއްގައި ވެސް ވަގުން ވައްކަން ކުރާ ކަމަށާއި އޭރު ވެސް ކުރި ބަޔަކު ކުރި ގޮތަށް މިހާރު ވެސް އެކަން ކުރާ ބަޔަކު އުޅޭ ކަމަށް އޭނާ ވިދާޅުވިއެވެ.
އެމްއެމްޕީއާރުސީ މެދުވެރިކޮށް 1.3 ބިލިއަން ރުފިޔާއަށް ޚިޔާނާތްވިކަން ސާބިތުވެ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަދި ފަހުން ނާއިބް ރައީސް ކަން ކުރެއްވި އަހުމަދު އަދީބުގެ މައްޗަށް ވަނީ 20 އަހަރުގެ ޖަލުގެ ހުކުމެއް އިއްވާފައެވެ. އަދީބު ވަނީ ޚިޔާނާތުގެ މަައްސަލައިގައި ދައުލަތުން އުފުލާފައިވާ ދައުވާތަކަށް އިއުތިރާފުވެފައެވެ.
އަދީބު މިހާރު ހުންނެވީ ގޭބަންދުގައެވެ. އަދީބު ގެއަށް ބަދަލުކޮށްފައި ވަނީ ޖަލުގައި ހުކުމް ތަންފީޒުކުރަން ނުކުޅެދޭ ފަދަ ބައްޔެއް ހުރުމުން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބުދު ﷲ ވަނީ ވިދާޅުވެފައެވެ.

Bodu Fandiyaaru geyge adhuluverikan hama ekani RY aa hamayakun nunimey! E adhuluverikan @Ahmed_Adeeb aa ves araa hamavaan jehey!
— Ibrahim Muaz Ali 🇵🇸 (@IbrahimMuazAli) November 30, 2021
Raajje ah hageegee hamajehumaai insaafu annany Ahmed Adeeb minivan vee dhuvahakun!#FreeAdeeb
މުއާޒް ވިދާޅުވީ ރާއްޖެއަށް ބިޔަ ބޮޑެތި މަޝްރޫއުތައް ގެނެސްދިން މޭސްތިރިއަކީ އަދި ހިޔާލީ ފިކުރުގެ އަސްލަކީ އަދީބު ކަމަށެވެ.
މީގެ އިތުރުން މުއާޒް ވިދާޅުވީ ރައީސް ޔާމީނަކީ ވަގެއް ނޫންކަން އޭރު ވިދާޅުވި ވާހަކަ ތެދަކަށްވެފައިވާ ކަމަށެވެ. އެކަމަކު ކޮންމެ ސަރުކާރެއްގައި ވެސް ވަގުން ވައްކަން ކުރާ ކަމަށާއި އޭރު ވެސް ކުރި ބަޔަކު ކުރި ގޮތަށް މިހާރު ވެސް އެކަން ކުރާ ބަޔަކު އުޅޭ ކަމަށް އޭނާ ވިދާޅުވިއެވެ.
އެމްއެމްޕީއާރުސީ މެދުވެރިކޮށް 1.3 ބިލިއަން ރުފިޔާއަށް ޚިޔާނާތްވިކަން ސާބިތުވެ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަދި ފަހުން ނާއިބް ރައީސް ކަން ކުރެއްވި އަހުމަދު އަދީބުގެ މައްޗަށް ވަނީ 20 އަހަރުގެ ޖަލުގެ ހުކުމެއް އިއްވާފައެވެ. އަދީބު ވަނީ ޚިޔާނާތުގެ މަައްސަލައިގައި ދައުލަތުން އުފުލާފައިވާ ދައުވާތަކަށް އިއުތިރާފުވެފައެވެ.
އަދީބު މިހާރު ހުންނެވީ ގޭބަންދުގައެވެ. އަދީބު ގެއަށް ބަދަލުކޮށްފައި ވަނީ ޖަލުގައި ހުކުމް ތަންފީޒުކުރަން ނުކުޅެދޭ ފަދަ ބައްޔެއް ހުރުމުން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބުދު ﷲ ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ހިޔާލު