ލީކުވެފައިވާ ފަނޑިޔާރުންގެ އޯޑިއޯތަކާއި ގުޅޭގޮތުން ތަންފީޒީ އިދާރާތަކުން ބަސް ބުނަންޖެހޭ ކަމަށް އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް، ރައީސް އަބުދު ﷲ ޔާމިން މިރޭ ވިދާޅުވެއްޖެއެެވެ.
އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ ފަސް އަހަރުގެ ޖަލުގެ ހުކުމް، ސްޕްރީމް ކޯޓުން ބާތިލްކުރުމުން މިނިވަންވެވަޑައިގެން ފުރަތަމަ ފަހަރަށް ޕީޕީއެމްގެ އާންމު މެންބަރުންނާއި ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ލީކުވެފައިވާ ފަނޑިޔާރުންގެ އޯޑިއޯ ތަކާއެކު ޝަރުއީ ނިޒާމާއި މެދު ޝައްކު އުފެދިފައިވާ ކަމަށެވެ.
އެމަނިކުފާނުގެ މައްސަލަ ދަށު ކޯޓުން ބެލި ފަނޑިޔާރުންގެ ބެންޗުގައި ހިމެނޭ ތިން ފަނޑިޔާރުންގެ ލީކުވެފައިވާ އޯޑިއޯއާއި ގުޅޭގޮތުން ރައީސް ޔާމިން ވިދާޅުވީ ފަނޑިޔާރުންގެ އޯޑިއޯތަކުގެ މައްސަލަ ބެލުން ލަސްވުމަކީ ސުވާލު އުފެދޭ ކަމެއް ކަމަށާއި، އަދި އެއީ ޝައްކު އުފެދޭ ކަމެއް ކަމަށެވެ.
"މިކަން ޝައްކެތް ނެތް މިންވަރަށް ރައްޔިތުންނަށް އެގެން އެބަޖެހޭ. މިހާރު މިއޮތީ މިކަން ޝައްކުގެ ތެރޭގައި، ތުހުމަތެއްމީ. ޝައްކުގެ ތެރޭގައި އޮތް ކަމެއް މިއީ، ފަނޑިޔާރުންގެ ޖަމިއްޔާ އިންވެސް މިއަށް ޖަވާބުދެއްވާފައެއް ނެތް." ރައީސް ޔާމިން ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ޔާމިން ވިދާޅުވީ ފަނޑިޔާރުންނާއި ހަވާލުވެފައި ވަނީ އެހެން މީހުންނަށް އޮތް ޒިންމާއަށްވުރެ މާބޮޑު ޒިންމާއެއް ކަމަށެވެ. ރައީސް ޔާމިން ވަނީ އަދުލްވެރިކަން އިސްކޮށް ނުފޫޒުތަކުން އެއްކިބާވެ އިންސާފު ގާއިމް ކުރެއްވުމަށް ފަނޑިޔާރުންނަށް ގޮވާލައްވާފައެވެ.
ރައީސް ޔާމިން ވިދާޅުވީ ލީކުވެފައިވާ ފަނޑިޔާރުންގެ އޯޑިއޯ ތަކާއި ގުޅިގެން ރައްޔިތުންގެ ޚިޔާލަށް އުފެދިފައިވާ ޝުއޫރުތަކަށް ޖަވާބު ލިބިގެން ނޫނީ އަދުލްގެ ނިޒާމް ތާހިރު ނުކުރެވޭނެ ކަމަށެވެ. ޝަރުއީ ނިޒާމު، ސަރުކާރާއި ހުރިހާ ނުފޫޒު ތަކުން ސަލާމަތް ކުރަންޖެހޭކަމަށް ޔާމިން ވިދާޅުވިއެވެ. ރައީސް ޔާމިން ވިދާޅުވީ އަދުލުގެ ނިޒާމަކީ މިހާރު ވެސް ރާއްޖޭގެ އެންމެ ކޮރު ނިޒާމު ކަމަށާއި، އެވާހަކަ ދައްކައިގެން ޖަލަށް ގެންދިޔަ ނަމަވެސް މައްސަލަ އެއް ނެތް ކަމަށެވެ. އަދުލްވެރި ޝަރީއަތެއް ކޮށްގެން އެމަނިކުފާނުގެ ގައިކޮޅުގައި އަތް ނުލެވޭނެ ކަމަށް ރައީސް ޔާމިން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު