ރައީސް ޔާމީން ޖަލުން ސަލާމާތްކުރަން ކުރެވުނު މަސައްކަތަކީ، ބަޔަކަށް ކުރެވެނު އެންމެ ބޮޑު ޖިހާދުގެ ގޮތުގައި އެމަނކުފާނު ސިފަކުރައްވައި، އެކަމުގައި ހަރަކާތްތެރިވި ހުރިހާ ބޭފުޅުންނަށް ޝުކުރު އަދާކުރައްވައިފިއެވެ.
2019 ވަނަ އަހަރު އިއްވި ޖަލު ހުކުމުން ސަލާމަތްވެވަޑައިގެން، ބައިވެރިވެވަޑައިގެންނެވި ޕީޕީއެމްގެ ފުރަތަމަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ހައްގުގައި ބަޔަކަށް ކުރެވޭނެ އެންމެ ބޮޑު ޖިހާދު ކޮށްފައިވާ ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ އެމަސައްކަތުގައި ރާއްޖޭގައި އެކި ކަންކޮޅުތަކުން މީހުން ބައިވެރިވެ، މަސައްކަތްކުރީ ޕީޕީއެމާއި ރައީސް ޔާމީން ގަބޫލުކުރައްވާ އުސޫލުތަކެއްގެ ސަބަބުންކަމަށެވެ.
"އިސްލާމްދީނަށް ފުރައްސާރަކުރުމަކީ އަޅުގަނޑުމެން ޤަބޫލުކުރާކަމަކަށް ނުވީމަ. ވަތަނީ ހިޔާލުތަކެއް ހުންނައިރު އަޅުގަނޑުމެންނަށް ޤަބޫލެއް ނުކުރެވޭ ކޮންމެ ގޮތެއް ހެޔޮކަމަށް ޤަބޫލްކޮށްލައިގެން ނުތިބެވޭނެ. އެހެންވީމަ އަޅުގަނޑުމެން ކުރި މަސައްކަތްތަކެއް މި ކުރީ." ރައީސް ޔާމިން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ މިކަމުގައި އެކިގޮތްގޮތުން ބައިވެރިވި ބޭފުޅުން އެބަތިބި ކަމަށާއި، މިއަދު ލިބިފައިވާ ކާމިޔާބީއަކީ އެންމެންގެ މަސައްކަތުގެ ނަތީޖާކަމަށެވެ.
"ރާއްޖޭގެ އެކި ކަންކޮޅުތަކުން އަޅުގަނޑު ސަލާމަތްވޭތޯ އެދި ދުއާ ދެންނެވީ އެއްވެސް ފޫހިކަމެއް ވަރުބަލިކަމެއް ނެތި." ރައީސް ޔާމިން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު މިނިވަންކުރުމަށް ރާއްޖޭގެ އެކި ހިސާބުތަކުން މަސައްކަތްކުރީ އެކަން ކާމިޔާބު ނުވެދާނެކަމަށް ބަލައިގެން ނޫންކަމަށެވެ.
"މިކަން ނުވެދާނެކަމުގެ އެއްވެސް ނާއުއްމީދީ ޝުއޫރެއް ހުރެގެނެއް ނޫން އެ މަސައްކަތްކުރީ. އެކަން ކުރަމުންދިޔައީ އެކަމަށް އިތުބާރުކޮށްގެން. މާތްރަސްކަލަނގެ އަޅުގަނޑުމެންނާއި ހަމައަށް އެަކަން ކަށަވަރުކޮށްދެއްވާނެކަން އެ ޔަގީންކަން އޮވެގެން." ރައީސް ޔާމިން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ ޕީޕީއެމުން ކުރި މަސައްކަތުގެ ނަތީޖާ ސިޔާސީގޮތުންވެސް ފެނިގެންދިޔަ ކަމަށެވެެ. އެގޮތުން ކައުންސިލް އިންތިހާބުގައި ލިބުނު ބޮޑު ކާމިޔާބީއަކީ އޭގެ ނަތީޖާކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް މީގެ ނަތީޖާ ސިޔާސީ ގޮތުން ފެނިގެންދިޔަ، އަޅުގަނޑުމެންގެ ވެރިކަން ނިމުނު ހިސާބުން ކޮށްމެވެސް ވަރެއްގެ ނުރައްކަލެއް އައި. ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަޅުގަނޑުމެން އެދުނު ނަތީޖާ ނުލިބުނު ނަމަވެސް އެއާއި ވިދިގެން އައި ކައުންސިލްތަކުގެ އިންތިހާބުގައި ބޮޑު އަޣުލަބިއްޔަތެއް ވަނީ މާލެއިންނާއި އަތޮޅުތަކުން ލިބިފައި. އެއީ ހަމަ ޝައްކެއްވެސް ނެތް ގޮތުގައި ރައްޔިތުންގެ ހިތްތަކުގައި ރައްޔިތުންނަށްޓަކައި ވަތަނީ ޖިހާދެއް ކުރާ ބަޔަކީ ޕީޕީޢެމް އެކަނިއަކަމަށް ގަބޫލުކުރާތީ ދިން އަގުލަބިއްޔަތެއް." ރައީސް ޔާމިން ވިދާޅުވިއެވެ.
ރައީސް ޔާމީންގެ ވާހަކަފުޅުގައި ވަނީ ރާއްޖޭގެ ސިޔާސީ ލީޑަރުންނަށް ނުސީދާކޮށް ބަހުގެ ހަމަލާތައް ވެސް ދެއްވާފައެވެ.
"ދިވެހިރާއްޖޭގައި މުޅިންވެސް ތިބޭނީ ޤައުމީލީޑަރުން. މުޅިންވެސް ތިބޭނީ ގައުމީ ލީޑަރުން.. އެކަމަކު މިއަދު ރައްޔިތުންގެ ހިތަށް ގެންނަންވާނެ މިއަދު (އެބޭފުޅުންގެ) ގައުމިއްޔަތަކީ ކޮން ޤައުމެއްތޯ. އެވަރުން އަޅުގަނޑު ފުއްދާލާނަން." ރައީސް ޔާމިން ވިދާޅުވިއެވެ.
ރައީސް ޔާމިން ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ޕީޕީއެމްގެ މަސައްކަތް އިތުރަށް ވަރުގަދަކޮށް، ޕާޓީގެ ހަރަކާތްތައް ފުޅާކުރައްވާނެކަމަށެވެ. އަދި ޤައުމީ މަސައްކަތް މިއަދު ކުރާ ހަމައެކަނި ބަޔަކީ ޝައްކެއްެވެސް ނެތް ގޮތުގައި ޕީޕީއެމްކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
"މިއީ ބިނާކުރަނިވި ފިކުރު.. މިއީ ދިވެހިންގެ އުސޫލުތައް ދަމަހައްޓާ ފިކުރު. މިއީ ވަތަނީ ފިކުރު، މިއީ ދީންހިމާޔަތްކުރަން އޮންނަ ފިކުރު.. މިއީ ދިވެހިން މިހާތަނަށް ގަބޫލުކުރަމުން އައި ހުރިހާ އުސޫލެއް ދެމެހެުއްޓުމަށްޓާކައި އެއްވެސް ކަަހަލަ ވަރުބަލިކަމެއް ނެތި މަސައްކަތްކުރާ ހަމައެނި ޕާޓީ. މިކަމާއި ދެކޮޅު ހެދޭނެ އެއްވެސް ބަޔަކު ނޫޅޭނެ. މިޕާޓީން ކުރި މަސައްކަތް ރައްޔިތުން ބަލައިގެންފި." ރައީސް ޔާމިން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު