މިދިޔަ އޮކްޓޯބަރ މަހުގެ 13 ވަނަ ދުވަހު އަނިޔާވެރި ގޮތަކަށް ޤަތުލުކޮށް މަރާލި އދ. ދަނގެތީ މަޝްހޫރު ވިޔަފާރިވެރިޔާ ޢުމުރުން 57 އަހަރުގެ މަހުމޫދު އަބޫބަކުރުގެ މަރުގެ މައްސަލައިގެ ޙަޤީޤަތް ހާމަކުރުމަށް ފުލުހުން މިއަދު ހަވީރު ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.
ފުލުހުން ބުނީ މިމައްސަލަ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމަށް ފަހު މިއަދު ހަވީރު 15:45 ގައި މައްސަލައިގެ މަޢޫލޫމާތުތައް ހާމަކުރާނެކަމަށެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި މި މައްސަލައިގެ މައުލޫމާތު ދެއްވާނީ މޭޖަރ ކްރައިމްސް އިންވެސްޓިގޭޝަންގެ ހެޑް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޙަސަން ޝިފާއު އަދި ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ހެޑް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޙަސަން ސަޢީދު ކަމަށް ފުލުހުން ބުނެއެވެ.
މަޙްމޫދުގެ މަރުގެ މައްސަލާގައި ބަންގްލަދޭޝަށް ނިސްބަތްވާާ ޝާ އަލޮމް މިއާ ހައްޔަރުކޮށް އޭނާހުރީ ފުލުހުންގެ ބަންދުގައެވެ. ފުލުހުން އޭނާ ހައްޔަރުކޮށްފައިވަނީ މަހުމޫދު މަރާލާފައި އޮއްވާ ފެނުނު ގޯއްޗާއި 150 ވަރަކަށް ފޫޓް ދުރުގައި ހުރި އެރަށު ނެދުންގެއިންނެވެ. އޭނާއަކީ އެގޭގައި އުޅޭ އުމުރުން ދުވަސްވީ މީހަކު ބަލަހައްޓަން ގެނެސްފައި ހުރި ބިދޭސީއެކެވެ.
މި މައްސަލާގައި ފުލުހުން އެންމެ ފަހުން ބުނެފައިވަނީ މަޙުމޫދު މަރާލީ ފައިސާގެ ދަހިވެތި ކަމުގައި ކަމަށެވެ. އަދި މަރާލުމަށްފަހު ބޮލާއި ފައި ގޯންޏަކުން ބަނދެ ފަޅުގޭތެރޭގައި ހުރި ވަޅަށް އެއްލާލީވެސް ޝާ އަލޮމް މިއާ އެކަންޏެވެ. އަދި މިކަމުގައި އިތުރު އެއްވެސް މީހެެއްގެ ބައިވެރިވުން އޮތްކަން ތަހުޤީޤަށް ފާހަގަވެފައި ނުވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މަޙްމޫދުގެ މަރާ ގުޅިގެން ފުލުހުން ވަނީ ބިދޭސީ މީހާ އުޅެމުންދިޔަ ގެ ބަލާ ފާސްކޮށް ގިނަ ހެކިތަކެއް ހޯދާފައެވެ. އެގޮތުން މަޙްމޫދުގެ ފޯނާއި އައިޑީ ކާޑުގެ އިތުރުން މައްސަލައާ ގުޅުންހުރި އިތުރު ހެކިތަކެއް ހޯދިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ދަނގެތީގައި ހޮޓަލެއް ހިންގުމުގެ އިތުރުން ކާޑުގެ ބާވަތްތައް ވިއްކައި އަދި އޮޑިދޯނިފަހަރު ވެސް ދުއްވާ މަޝްހޫރު ވިޔަފާރިވެރިޔާ މަހުމޫދުގެ މަރުގެ މައްސަލަ އާއި ގުޅިގެން ފުލުހުން ބުނީ އެމައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު