އައްޑޫގެ އިގްތިސާދަށް މުހިންމު ޕްލޭންތަކާއެކު މަސައްކަތް ފަށާފައިވާ ކަމަށް އައްޑޫ ސިޓީގެ މޭޔަރު ޢަލީ ނިޒާރު ވިދާޅުވެއްޖެެއެެވެ.

ވިޔަފާރީގެ ބޭނުމަށް ދޫކޮށްފައިވާ ބިންތައް މޯގޭޖްކުރުމުގެ ހުއްދަ ދިނުމަށް އައްޑޫ ސިޓީ ކައުންސިލުން އިއްޔެ ވަނީ ފާސްކޮށްފައެެވެ. އެގޮތުން މަސްވެރިކަމާއި އަދި ސިނާއީ މަސައްކަތްތައް ކުރުމަށް ދޫކޮށްފައިވާ ބިންތައް މޯގޭޖް ކުރުމުގެ ހުއްދަ ދިނުމަށް ސިޓީ ކައުންސިލުން ވަނީ ނިންމާފައެވެ. އެކަމާ ގުޅިގެން މޭޔަރު އަލީ ނިޒާރު ވިދާޅުވީ އައްޑޫގައި އިންވެސްޓް ކުރާ ހުރިހާ ފަރާތްތަކުން ކުއްޔަށް ނަގާފައިވާ ބިން މޯގޭޖް ކުރެވޭގޮތަށް ސިޓީކައުންސިލުން ނިންމާފައިވާ ކަމަށެވެ. އަދި އައްޑޫގެ އިގްތިސާދަށް މުހިންމު ޕްލޭންތަކާއެކު ސިޓީ ކައުންސިލުން މަސައްކަތް ފަށާފައިވާ ކަމަށް ނިޒާރު ވިދާޅުވިއެވެ.

އައްޑޫ ސިޓީން ވިޔަފާރީގެ އެކި ބޭނުންތަކަށް ކުއްޔަށް ދޫކޮށްފައިވާ ބިންތަކަށް އިތުރު އިންވެސްޓެއް ކުރުމުގެ ގޮތުން، އެ ބިން މޯގޭޖްކޮށް، ލޯނު ނެގުމަށް ބިންތައް ކުއްޔަށް ހިފައިގެން އުޅޭ ފަރާތްތަކުން އެ ދެމުން ދިއުމާއި ގުޅިގެން އެ އިދާރާގެ ލީގަލް ސެކްޝަނުގެ ލަފާވެސް ހޯދާފައިވާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ވަނީ ބުނެފައެެވެ.

ކައުންސިލް އިދާރާގެ ޕްލޭނިން ސެކްޝަނުން ހުށަހެޅި ހުށަހެޅުމަށް ކައުންސިލުން ގިނަ މަޝްވަރާތަކެއް ކޮށްފައިވާއިރު ކައުންސިލްގެ ލީގަލް ސެކްޝަނުންވަނީ ކުއްޔަށް ދޫކުރާ ބިންތައް މޯގޭޖް ކުރުމުގައި ގާނޫނީ އެއްވެސް ހުރަހެއް ނެތް ކަމަށް ނިންމާފައެވެ.



ކިޔުންތެރިންގެ ހިޔާލު