އައްޑޫ ސިޓީގެ ހަންކެޑެއާއި ކ. ގާފަރުފަޅަކީ ސަރުކާރުގެ ރިއަލް އެސްޓޭޓް ޓޫރިޒަމް ތަރައްގީކުރާ ސަރަހައްދުތަކުގެ ގޮތުގައި ރައީސް އިބްރާހިމް މުހަންމަދު ސާލިޙު ކަނޑައަޅުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ސޮއިކުރައްވާ މިއަދު ނެރުއްވި ގަރާރެއްގައި އެމަނިކުފާނު ވިދާޅުވީ އައްޑޫ ސިޓީގެ ހަންކެޑެ އާއި ކ. ގާފަރުފަޅު ތަރައްގީ ކުރުމަށްޓަކައި ކުއްޔަށް ދީފައި ވަނީ ސަރުކާރުގެ 100 ޕަސެންޓް ހިއްސާ އޮންނަ ކުންފުންޏެއް ކަމަށްވާ މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑަށް ކަމަށެވެ.
އިންޓަގްރޭޓެޑް ޓޫރިޒަމް ތަރައްގީކޮށް ހިންގާ ރަށް ނުވަތަ ފަޅު ނުވަތަ ބިން ހިމެނޭ ސަރަހައްދަކީ ސަރުކާރުގެ ޓޫރިޒަމް ރިއަލް އެސްޓޭޓް ޑިވޮލޮޕްމަންޓް ޕްރޮޖެކްޓެއް ހިންގަން ކަނޑައަޅާފައިވާ ސަރަހައްދެއް ކަމުގައި ވާންޖެހޭނެ ކަމަށް ދިވެހިރާއްޖޭގެ ޓޫރިޒަމް ގާނޫނުގައި ބުނެފައިވެއެވެ.
އިންޓަގްރޭޓެޑް ޓޫރިސްޓް ރިސޯޓް ތަރައްގީކޮށް ހިންގުމަށްޓަކައި ރަށެއް، ބިމެއް ނުވަތަ ފަޅެއް، ސަރުކާރުގެ 100 ޕަސެންޓް ހިއްސާވާ ކުންފުންޏަކަށް ކުއްޔަށް ދިނުމަށް ރައީސްގެ ގަރާރަކުން ކަނޑައަޅާފައި އޮންނަންވާނެކަމަށް ޓޫރިޒަމް ގާނޫނުގައިވެއެވެ.
ދުބާއީ އެކްސްޕޯ 2020ގެ ތެރެއިން ބޭއްވި މޯލްޑިވްސް އިންވެސްޓްމެންޓް ފޯރަމްގައި ފައްޔާޒު ވަނީ ރާއްޖޭގެ އިގްތިސާދު ސިންދަފާތުކޮށް، ރިއަލް އެސްޓޭޓް ވިޔަފާރީގެ ފުރުސަތުތައް ފުޅާކޮށް، އިންވެސްޓަރުން ބައިވެރިކޮށްގެން އިގްތިސާދު ކުރިއެރުވުމަށް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ދެއްވާފައެެވެ.
ރިއަލް އެސްޓޭޓް ޓޫރިޒަމަކީ ފަތުރުވެރިކަމުން ލިބޭ އާމްދަނީ އިތުރުކޮށް އިގުތިޞާދު ފުޅާކުރަން ސަރުކާރުން ކުރިއަށް ގެންދާ ސިޔާސަތުގެ ދަށުން ކުރިއަށްގެންދަން ރާވާފައިވާ ޕްރޮޖެކްޓެއްކަން ފާހަގަކޮށްލެވެއެވެ. ސަރުކާރުންވަނީ ރިއަލް އެސްޓޭޓް ޓޫރިޒަމަށް 4 ރަށެއް ދޫކޮށްގެން 231 މިލިއަން ރުފިޔާގެ އާމްދަނީއެއް އަންނަ އަހަރުގެ ބަޖެޓުގައި ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު