ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ސަރުކާރުން މިހާރު ދޭ އެލަވަންސް 5000 ރުފިޔާއަށް ބޮޑުކޮށްދިނުމަށްއެދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ޕެޓިޝަނެއް ހުށަހަޅައިފި އެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ސަރުކާރުން މިހާރު ދެމުންދަނީ 2000 ރުފިޔާއެވެ. މިއަދަދު 5000 ރުފިޔާއަށް ބޮޑުކޮށްދިނުމަށް އެދި ޕެޓިޝަން ހުށައަޅާފައިވަނީ ރައީސް އޮފީހަށެވެ. ޕެޓިޝަން ތައްޔާރުކުރުމުގައި ހަރަކާތްތެރިވި އިސް ފަރާތްތަކުން ބުނީ އެ ޕެޓިޝަން ރައީސް ސާލިޙަށް ހުށައެޅީ ކޮވިޑާއި ގުޅިގެން ދިމާވި އިގްސޯދީ ދަތިކަމަށްފަހު މިހާރު ދެމުންދާ 2000ރ. އަކީ އެކަށީގެންވާ އަދަދެއްކަމަށް ނުވާތީ ކަމަށެވެ.
އެއެލަވަންސް ބޮޑު ކުރުމަށް މަޖިލީހުގެ ބައެއް މެމްބަރުންނާއި، މުއައްސަސާތަކުގެ އިސްވެރިންނާ ވެސް އެ ފަރާތްތަކުން އެކިފަހަރުމަތިން ބައްދަލުކޮށް މަޝްވަރާކޮށްފައި ވީނަމަވެސް އެކަަމަށް ހައްލެއް ލިބިފައި ނުވާ ކަމަށް ޕެޓިޝަން ހެދުމުގައި އިސްކޮށް އުޅޭ ފަރާތްތަކުން ވަނީ ބުނެފައެވެެ.
ޕެޓިޝަނުގައި ސޮއި ކުރުމުގެ ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ މިދިޔަ ނޮވެމްބަރު 22 އިން ފެށިގެން އެމަހުގެ 27 ގެ ނިޔަލަށެވެ. އޮންލައިންކޮށް ސޮއިކުރުން ކުރިއަށް ގެންދިޔަ މި ޕެޓިޝަނުގައި 7386 މީހުން ވަނީ ސޮއިކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު