ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު އާއި އިންޑިއާ ސަފީރު އައްޑޫގައި ޤާއިމުކޮށްފައިވާ ޕޮލިސް ކޮލެޖު ބައްލަވާލެވުމަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން
ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު އާއި އިންޑިއާ ސަފީރު އައްޑޫގައި ޤާއިމުކޮށްފައިވާ ޕޮލިސް ކޮލެޖު ބައްލަވާލެވުމަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން
އައްޑޫގައި ގާއިމްކުރާ ޕޮލިސް ކޮލެޖުގެ ފުރަތަމަ ބެޗުގެ ޓްރޭނިންގ މާޗުމަހުގެ ފަހުކޮޅު ފެށުމަށް މަސައްކަތް ކުރަމުންދާކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު މިހެން ވިދާޅުވީ އިންޑިއާ ސަފީރާއެކު އައްޑޫއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އައްޑޫގައި ޤާއިމުކޮށްފައިވާ ޕޮލިސް ކޮލެޖު ބައްލަވާލެވުމަށް ކުރެއްވި ޒިޔާރަތަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ.

ސީޕީ ހަމީދު ވިދާޅުވީ، ޕޮލިސް ކޮލެޖުގެ މަސައްކަތްމުގެ ވަރަށް ބޮޑު ބައެއް ނިމިފައިވާކަމަށާއި ކުރިއަށް އޮތް ދޮޅު މަހެއްހާ ދުވަހުގެ ތެރޭގައި އެތަން އޮޕަރޭޝަނަށް ގެނައުމަށް މަސައްކަތް ކުރަމުންދާކަމަށެވެ.



ސީޕީ ވިދާޅުވީ ކޮލެޖް ހުޅުވަން މަސައްކަތް ކުރަނީ މުޅިތަނުގެ މަސައްކަތް އެއްކޮށް ނިންމައިގެންނެވެ. އަދި މާޗުމަހު ފުރަތަމަ ބެޗުގެ ޓްރެއިނިންގ ފެށޭނެކަމަށް އުއްމީދުކުރައްވާކަމަށްވެސް ހަމީދު ވިދާޅުވިއެވެ.



މައުލޫމާތު ލިބިފައިވާ ގޮތުގައި ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެން ލޯ އެންފޯސްމެންޓް ރަސްމީކޮށް ހުޅުވުމަށް ހަމަޖެހިފައިވަނީ ފުލުހުންގެ އަހަރީ ދުވަހާއި ދިމާކޮށް އަންނަ އަހަރު މާރިޗުމަހުގެ 29 ވަނަ ދުވަހުއެވެ.

ޅ އަތޮޅު ދިއްފުށިމާދޫގައި އަޅަން ރައީސް މުޙައްމަދު ނަޝީދުގެ ސަރުކާރުގައި 2011 ވަނަ އަހަރު އިންޑިއާއާއެކު އެއްބަސްވި ނޭޝަނަލް ކޮލެޖް ފޯރ ޕޮލިސް އެންޑް ލޯ އެންފޯސްމަންޓް ސްޓަޑީސް އައްޑޫސިޓީގެ މިހާރު ހުރި ސަރަޙައްދަށް ބަދަލުކުރަން ނިންމީ ރައީސް ވަޙީދުގެ ވެރިކަމުގައެވެ. އަދި އެތަނުގައި ޢިމާރާތް ކުރުމުގެ މަސައްކަތް ފެށީ ރައީސް ޔާމީންގެ ވެރިކަމުގައެވެ.

އައްޑޫގައި މިހާރު އިމާރާތް ކުރަމުންދަނީ އެކަޑަމީއެއް ނޫން ކަމަށާއި އެއީ އިންޑިއާ ސިފައިން އައްޑޫ ސިޓީގައި ބޭތިއްބެވުމަށް މިސަރުކާރުން ކުރާ މަސައްކަތެއް ކަމަށާއި މިއީ އައްޑޫ ސިޓީ ރައްޔިތުން ވަރަށް ރަގަޅަށް ވިސްނަންޖެހޭ ކަމެއް ކަމަށް އިދިކޮޅު ފަރާތްތަކުން ވަނީ މީގެ ކުރިން ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު