ފަލަސްތީނުގެ ބިންތައް ފޭރިގަނެގެން އުޅޭ ޔަހޫދީ އިޒްރޭލުގެ ބޮޑުވަޒީރު ނަފްތާލީ ބެނެޓް ޗުއްޓީ ހޭދަކޮށްލެއްވުމަށް ރާއްޖެ ވަޑައިގެންފިއެވެ.

ޗުއްޓީ ދަތުރެއްގައި އިޒްރޭލުގެ ބޮޑުވަޒީރު ބެނެޓް ރާއްޖެ ވަޑައިގެންނެވީ ރޭގެ ވަގުތެއްގައިކަމަށް މީޑިއާތަކުން ރިޕޯޓްކުރެއެވެ. އަދި އޭނާ ރާއްޖެ ވަޑައިގެންނެވީ އަމިއްލަ ސެކިއުރިޓީ ޓީމަކާއެކު، އާއިލާއާވެސް އެކުގައި ކަމަށް އެނގިފައި ވެއެވެ. ނަމަވެސް އޭނާ ޗުއްޓީ ހޭދަކުރައްވަމުން ގެންދަވަނީ ކޮން ރިސޯޓެއްގައިކަމެއް ނޭނގެއެވެ.

އިސްރާއީލުގެ މީޑިއާތަކަށް އެެގައުމުގެ ބޮޑު ވަޒީރު ވަޑައިގެންނެވި ގައުމު ސާފުނުވާކަމަށް ރިޕޯޓްކޮށްފައިވެއެވެ.



ހައްދުފަހަނައަޅާފައިވާ ހަރުކަށި ޔަހޫދީއެއްކަމަށް ބެލެވޭ ބެނެޓް، އިޒްރޭލުގެ ބޮޑުވަޒީރުކަމަށް ވަޑައިގެންނެވީ މި އަހަރުގެ ޖޫން މަހުގެ 13 ވަނަ ދުވަހުއެވެ.



ކިޔުންތެރިންގެ ހިޔާލު