އެކުވެރި ސުވަދީބު ޕާޓީގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ނުދިނުމުން ކޯޓަށް މައްސަލަ ހުށަހެޅުމަށް ވިސްނަމުންދާކަމަށް އެކަމުގައި އިސްކޮށް ހަރަކާތްތެރިވާ ޓީމުން ބުނެފިއެވެ.
އެކުވެރި ސުވަދީބު ޕާޓީގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ ޓީމުން މިއަދު ވަނީ އިލެކްޝަންސް ކޮމިޝަންގެ މެންބަރުންނާއި ބައްދަލުކޮށްފައެވެ.
މިއަދު ހެނދުނު 11 ޖެހިއިރު އިލެކްޝަންސް ކޮމިޝަންގެ އިދާރާގައި އޮތް ބައްދަލުވުމުގައި އިލެކްޝަން ކޮމިޝަންގެ މެމްބަރުންނާއި އަދި އެކޮމިޝަންގެ ލީގަލް ޓީމުން ބައިވެރިވެވަޑައިގެންނެވިއެވެ. މިބައްދަލުވުމަކީ "އެކުވެރި ސުވަދީބު ޕާޓީ"ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް އެދި ނޮވެންބަރު މަހުގެ 15 ވަނަ ދުވަހު، ސ. ހުޅުދޫ ރަސްގެދަރު، މުޙައްމަދު ޔާސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި ފޯމަކާއި ގުޅިގެން އޭގެ ޖަވާބުގައި ނޮވެންބަރު މަހުގެ 25ވަނަ ދުވަހު އިލެކްޝަންސް ކޮމިޝަނުން ފޮނުވި ސިޓީގައި "އެކުވެރި ސުވަދީބު ޕާޓީ"ގެ ނަން ފާސްކޮށްދެވެން ނެތްކަމަށް ވިދާޅުވެފައިވާތީވެ މިކާމާއި ގުޅޭގޮތުން ބޭއްވި މަޝްވަރާ ބައްދަލުވުމެކެވެ.
މިއަދު ބޭއްވި ބައްދަލުވުމުގައިވެސް އިލެކްޝަންސް ކޮމިޝަނުން ތަކުރާރުކޮށް ބުނީ އެކޮމިޝަނަށް ލިބިފައިވާ ގާނޫނީ ލަފާގެ މަތިން މިނިންމުން އިތުރަށް މުރާޖަޢާކޮށްދެވެން ނޯންނާނެކަމަށެވެ.
މިބައްދަލުވުމަށްފަހު ޔާސީނު ވިދާޅުވީ "ސުވަދީބު" މިނަމަކީ ކުރީ ޒަމާނުގައި ޖޯގްރަފިކަލީ ދެކުނުގެ 4 އަތޮޅު ހިމެނޭ ސަރަހައްދަށް ނިސްބަތްކޮށް ކިޔުނު ނަމަކަށްވިޔަސް، ދިވެހި ދައުލަތުގެ އެއްވެސް ރަސްމީ ލިޔެކިޔުމަކުން ރާއްޖޭގެ ސަރަހައްދަކަށް ނިސްބަތްކޮށް ކިޔާ ނަމެއްކަން އެގެން ނޯންނަކަމަށެވެ. އަދި އެކުވެރި ސުވަދީބު ޕާޓީ އުފެއްދުމަށް މަސައްކަތް ކުރާ ޓީމަށް މިހާތަނަށް ލިބިފައިވާ ގާނޫނީ ލަފާތަކަށް ބަލާއިރުވެސް މިކަންއޮތީ މިހެންކަމަށާއި އެހެންކަމުން އިލެކްޝަންސް ކޮމިޝަނަށް ގާނޫނީ ހައިސިއްޔަތަކުން މިޖަވާބުދެވެން ނެތްކަމަށެވެ.
ވީމާ މިމައްސަލާގައި އިތުރަށް ގޮތެއް ނިންމައިދިނުމަށްއެދި, ގާނޫނު ނަންބަރު 2013/4 (ސިޔާސީ ޕާޓިގެ ގާނޫނު) ގެ 25 ވަނަ މާއްދާގެ ދަށުން ކޯޓު މަރުހަލާއަކަށް ދިޔުމަށް މަޝްވަރާ ކުރަމުން އަންނަކަމަށްވެސް އޭނާ ވިދާޅުވިއެވެ. ޔާސީނު ވިދާޅުވީ ސުވާދީބަށް ނިސްބަތްކޮށް ޕާޓީއެއް އުފަންކުރުމުގެ މައިގަނޑު މަގުސަދަކީ ވެރިކަންކުރާ މާލޭގެ ސަރަހައްދުން ބޭރުން ރާއްޖޭގެ އަތޮޅުތަކުގެ ތެރޭގައިވެސް ސިޔާސީ ހަރަކާތްތައް ފެށުމަށް ޖާގަހޯދުންކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ ޔާސީނު ހުށަހަޅުއްވާފައިވާ ނަމަކީ ގާނޫނު ނަންބަރު 2013/4 (ސިޔާސީ ޕާޓިގެ ގާނޫނު) ގެ 14 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާފަދައިން ރާއްޖޭގެ ވަކިސަރަހައްދަކަށް ނިސްބަތްވާ ނަމެއް ކަމަށެވެ. އަދި ހަމައެހެންމެ މިނަމަކީ ސިޔާސީ ޕާޓީގެ ގަވާއިދުގެ 6 ވަނަ މާއްދާގެ (ރ) ގައި ބަޔާންކުރާ އިޚްތިޔާރުގެ ދަށުން އިލެކްޝަންސް ކޮމިޝަނަށް ގަބޫލު ނުކުރެވޭ ނަމެއްކަމުގައި ވެސް އެކޮމިޝަނުން ބުނެފައި ވެއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނާ ގޮތަށް ސުވާދީބަކީ އިނގިރޭސީންގެ އެހީތެރިކަމާއެކު ރާއްޖޭގެ އެންމެ ދެކުނުގެ ހަތަރު އަތޮޅު، ރާއްޖޭގެ މައިސަރުކާރާއި ވަކިން ވަކި ދައުލަތެއްގެ ގޮތުގައި ހިންގުމަށް ކުރެވުނު މަސައްކަތް ތަކެއްގެ ތެރޭގައި އުފެދިފައިވާ ނަމެކެވެ.

ކިޔުންތެރިންގެ ހިޔާލު