ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު ސްޕެއިންގެ ސީރީޒެއް ކަމުގައިވާ މަނީ ހައިސްޓްގެ ފަސް ވަނަ ސީޒަންގެ ފަހުގެ އެޕިސޯޑްތައް މިއަދު ސްޓްރީމް ކުރަން ހަމަޖެހިފައިވާއިރު، އެ ސީރީޒްގެ ކެރެކްޓާއަކަށް ބިނާކޮށް މުޅިން އާ ސީރީޒެއް ގެނެސްދޭން ނިންމާފައިވާކަމަށް ނެޓްފްލިކްްސުން އިއުލާންކޮށްފިއެވެ.
މި ކެރެކަޓަރ ބިނާކޮށްފައިވަނީ މަނީ ހައިސްޓްގައި ޕެޑްރޯ އެލޮންސޯ ކުޅުނު ކެރެކްޓާ ބާލިންއަށް ކަމަށް ރިޕޯޓްތައް ބުނެއެވެ. "ބާލިން" ގެ ނަން ދެވިފައިވާ މި އާ ސީރީޒް ބެލުންތެރިންނާ ހަމައަށް ގެނެސްދޭން ހަމަޖެހިފައިވަނީ 2023 ވަނަ އަހަރުއެވެ.
މިކަމާ ގުޅޭގޮތުން ނެޓްފްލިކްސުން ބުނީ މަނީ ހައިސްޓް ނިމުން ނަމަވެސް މި ވާހަކައަށް ނިމުމެއް ނާންނާނެކަމަށެވެ.
މަނީ ހައިސްޓްގެ ފަސް ވަނަ ސީޒަނާއެކު އެ ސީރީޒް މި އަހަރު ނިންމާލާނެއެވެ. މި ސީރީޒްގެ ފަހު ސީޒަން ބެލުންތެރިންނާ ހަމައަށް ގެނެސްދޭން ނިންމާފައިވަނީ ދެ ވޮލިއުމަކަށެވެ. ވޮލިއުމް އެކެއްގައި ފަސް އެޕިސޯޑާ އެކު ސެޕްޓެމްބަރ މަހު ސްޓްރީމް ކުރިއިރު، ވޮލިއުމް ދޭއްގެ އެޕިސޯޑްތައް މިއަދު ސްޓްރީމްކުރުމަށް ވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު