ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުގެ، ޤުރުއާނުގެ ޢިލްމާބެހޭ ކޯސްތައް ޢިލްމު އިންސްޓިޓިއުޓް ފޯ އިސްލާމިކް ސްޓަޑީސް މެދުވެރިކޮށް ހިންގުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގެ ދަށުން ޤިރާތު ދާއިރާގެ ސެޓްފިކެޓް ލެވަލްތަކުގެ ކޯސްތަކާއި ޤިރާއަތު ދާއިރާއިން ޑިޕްލޮމާ ފެންވަރަށް ޤުރުއާނާ ބެހޭ މަރުކަޒާ އެފިލިއޭޓްވެގެން އިލްމު އިންސްޓިޓިއުޓްގެ ފަރާތުން ކޯސްތައް ހިންގާނެއެވެ. އިލްމު އިންސްޓިޓިއުޓްގެ އަމާޒަކީ ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޤުރުއާނުގެ ޢިލްމު ފެތުރުމަށް މަސައްކަތްކުރުމެވެ.
މި އެއްބަސްވުމުގައި ޤުރުއާނާބެހޭ މަރުކަޒުގެ ފަރާތުން ސޮއިކުރެއްވީ އެމަރުކަޒު ހިންގުމާ ޙަވާލުވެ ހުންނެވި މިނިސްޓަރ އޮފް ސްޓޭޓް ފޯ އިސްލާމިކް އެފެއާޒް ފަޟީލަތުއްޝައިޚު އިލްޔާސް ޖަމާލެވެ. އިލްމު އިންސްޓިޓިއުޓްގެ ފަރާތުން ސޮއިކުރެއްވީ އިލްމުގެ އެސިސްޓެންޓް ޑިރެކްޓަރ ޖެނެރަލް ޢަލީ އަޙުސަނެވެ. އިލްމުން އަމާޒު ހިފާފައިވަނީ ޖެނުއަރީ މަހު ކޯސްތައް ފެށުމަށެވެ.
ޢިލްމު އިންސްޓިޓިއުޓް ފޯ އިސްލާމިކް ސްޓަޑީސުން ދާދިފަހުން ވަނީ ރާއްޖޭގައި 100 ހާފިޒުންގެ ބޮޑު މަޝްރޫޢެއް އިއުލާންކޮށްފައެވެ. އެމަޝްރޫޢުގެ އަމަލީ މަސައްކަތް ޑިސެމްބަރު މަހުގެ ފުރަތަމަ ހަފްތާގައި ފެށޭނެއެވެ. 500 އަށްވުރެ ގިނަ ދަރިވަރުންނާއެކު ފަށާ މިމަޝްރޫޢަށް ވަނީ ވަރަށް ބޮޑު ތަރުހީބެއް ލިބިފައެވެ. އެ އިންސްޓިޓިއުޓުން އަންނަނީ މިފަދަ އެތައް ޕްރޮގްރާމެއް ފެށުމަށް ތައްޔާރުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު