އިންސާނީ ޙައްޤުތަކާއި، ތިމާވެށީގެ ޙައްޤުތަކަކީ ވަރަށް ބޮޑަށް ގުޅި ލާމެހިފައިވާ ދެ ކަންތައްކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ނާއިބު ރައީސް ޑރ. އަޙްމަދު އަދުހަމް ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ނާއިބު ރައީސް ޑރ. އަޙްމަދު އަދުހަމް ވިދާޅުވީ ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްގެންދިއުމުގައި އެންވަޔަރަމަންޓަލް އިމްޕެކްޓް އެސެސްމެންޓް ރިޕޯޓުގެ ކަންކަން މިހާރަށްވުރެވެސް ހަރުދަނާކޮށް، ތިމާވެށީގެ ޙައްޤުތައް ރައްކާތެރިކުރުން މުހިއްމުކަމަށެވެ. އެއީ އިންސާނީ ޙައްޤުތަކާއި، ތިމާވެށީގެ ޙައްޤުތަކަކީ ވަރަށް ބޮޑަށް ގުޅިލާމެހިފައިވާ 2 ކަންތައްކަމަށްވުމުންކަމަށް އަދުހަމް ވިދާޅުވިއެވެ. އަދި ތިމާވެށީގެ ޙައްޤުތައް ރައްކާތެރިކޮށްދީގެން މެނުވީ އެންމެ އަސާސީ އިންސާނީ ހައްޤުތައް ހިމާޔަތްކޮށްދީ ކަށަވަރުކޮށް ނުދެވޭނެކަމަށް ޑރ. އަދުހަމް ވިދާޅުވިއެވެ.
އަދުހަމް ވިދާޅުވީ، ތިމާވެށީގެ ހައްޤުތައް ޙިމާޔަތްކުރުމަށްޓަކާ ރާއްޖޭގައި 1993ވަނަ އަހަރު އެކުލަވާލާފައިވާ ގާނޫނަކީ މިހާރު ހާލަތަށް އެކަށޭނެ ގާނޫނެއް ނޫންކަމަށް 2019 ވަނަ އަހަރު އދ.ގެ ހިއުމަން ރައިޓްސް ކައުންސިލުން ނެރެފައިވާ ރިޕޯޓެއްގައި ބުނެފައިވާކަމަށެވެ. އެހެންކަމުން އެކަން އިސްލާހުކުރުމުގެ މުހިއްމުކަން އޭނާ ފާހަގަކުރެއްވިއެވެ.
އަދުހަމް ވިދާޅުވީ ތަރައްޤީއާއެކު ތިމާވެށީގެ ކަންކަމަށްދެވޭ އަހައްމިއްޔަތުކަން މިހާރަށްވުރެ ބޮޑަށް އިތުރުކުރަންޖެހޭކަމަށެވެ. އަދި ރާއްޖޭގަައިވެސް މިހާރަށްވުރެ ހަރުދަނާކޮށް، މަޝްރޫޢުތައް ނިމުމަށްފަހުވެސް ތިމާވެއްޓަށް ކޮށްފާނެ އަސަރުތަކަކީ ކޮބައިތޯ ބަލައި، ދުރާލާ ފިޔަވަޅުތައް އެޅޭނެ އިންތިޒާމެއް ހަމަޖެހިފައި އޮތުން މުހިއްމު ކަމަށް ޑރ. އަދުހަމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު