ސަރުކާރު ކޯލިޝަން ތެރޭގައި އޮތް އަދާލަތު ޕާޓީއަކީ ރިޔާސީ އިންތިހާބަށް ހިސާބުޖަހާއިރު ގުނާވަރު ޕާޓީއެއް ނޫންކަމަށް ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ މެމްބަރު އަދި މަހިބަދޫ ދާއިރާގެ މެމްބަރު ތާރިގް (ޓޮމް) ވިދާޅުވެއްޖެއެވެ.
ހޯމް މިނިސްޓަރ އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲއަށް އަމާޒުކޮށް ތާރިގް ބަހުގެ ހަމަލާތަކެއް ފޮނުވާލާފައި މިވަނީ ކޯލިޝަނާ ނުލައި ވެރިކަމަށް ނާދެވެނޭކަމަށް ބުނެ އިމްރާން ވާހަކަތަކެއް ދައްކާފައިވާ ދަނޑިވަޅެއްގައެވެ. އަދި ސަރުކާރު ކޯލިޝަނުން ވާދަކޮށްފިނަމަ އެއް ބުރުން އިންތިހާބު ކާމިޔާބުކުރާނެކަމަށް އިމްރާން ވަނީ ވިދާޅުވެފައެވެ.
އިމްރާންގެ ވާހަކަފުޅުތަކަށް އިޝާރަތްކުރައްވައި ތާރިގް ވިދާޅުވީ އަދާލަތު ޕާޓީއަކީ ރާއްޖޭގެ ރިޔާސީ އިންތިޚާބަކަށް ހިސާބުޖަހާއިރު، ކޯލިޝަން ހަދަން ގުނާވަރު ޕާޓީއެއް ނޫންކަމަށެވެ. އަދި ރައީސް ޔާމީން 2013 ވަނަ އަހަރު ވެރިކަމަށް ވަޑައިގަތީ އަދާލަތު ޕާޓީއާއި ކޯލިޝަން ހަދައިގެން ނޫންކަމަށްވެސް ތާރީގް ވިދާޅުވިއެވެ.
"ޖުމްހޫރީ ޕާޓީގެ ބަނޑުދަށުން ލެއްގީއެވެ." ތާރިގް ވިދާޅުވިއެވެ.
ތާރީގް ވިދާޅުވީ 2018 ވަނަ އަހަރުގެ އިންތިހާބަށް އެމްޑީޕީން އަދާލަތު ޕާޓީއާއެކު ކޯލިޝަން ހެދީ އެ ނޫން ގޮތެއް ނެތިގެންކަމަށެވެ.
"ރައީސް ސޯލިހުއަށް ޓިކެޓް ލިބުނީ ކަނޑުވެފަވަނިކޮށް ކަމުން ފިރުއައުނު މުދާވެސް އޮޑިއަށް އެރުވީ ހިކިފަސްތަނެއް ފެންނަން ނެތުމުން." ތާރިގް ވިދާޅުވިއެވެ.
ތާރީގް ވިދާޅުވީ މަޑުމޮޅި، ސްލޯ ސަރުކާރު 2023 ގައި، މާޔޫސްވެފައިވާ ރައްޔިތުން ނުކުމެ ބަދަލުކުރާނެކަމިީ ފެންނަން އޮތް ހަގީގަތް ކަމަށެވެ. އަދި ކޯލިޝަންގެ ވާހަކަ އިމްރާން ދައްކަވަނީ މުޅިން އެހެން ބޭނުމެއްގައިކަމަށްވެސް ތާރިގް ވިދާޅުވިއެވެ.
"ފުރުސަތުގެ ބޭނުން ހިފައި ވަޒީރުން ކޮޅެއްގެ ޖާގަ ލިބޭތޯ އުޅުން އެއީ ރައްޔިތުންނާއި ގުޅުމެއްނެތް އެހެން ކަމެއް." ތާރިގް ވިދާޅުވިއެވެ.
މީޑިއާއަކަށް ވަރަށް ފަހުން ދީފައިވާ އިންޓަވިއުއެއްގައި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވީ ކޯލިޝަން އެކުގައި ނުކުމެ އެއްބުރުން އިންތިހާބު ކާމިޔާބު ކުރާނެކަމަށެވެ. އަދި ކޯލިޝަނަކާ ނުލައި ވެރިކަން ނުލިބޭނެކަމަށްވެސް އިމްރާން ވިދާޅުވިއެވެ.
ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް ބާތިލް ކުރުމާއެކު ރާއްޖޭގެ ސިޔާސީ މަސްރަހު ވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ. ތަޖުރިބާކާރުން ބުނާގޮތުން ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ތަފާތު އެތައް ކަމެއް ސިޔާސީ މަސްރަހުން ފެނިގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު